17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ކުރީގެ ރައީސް ނަޝީދު

ހުރިހާ މެމްބަރުންނާ އެކު މަޖިލީސް ޖަލްސާ ބާއްވަން ރައީސް ނަޝީދު ގޮވާލައްވައިފި

  • ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިއްމު ކަމެއް
  • ދިވެހިން ރިޔާސީ އިންތިޚާބުގައި ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުން ކޮންމެހެން ވެސް ބޭނުންތެރި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 26 ސެޕްޓެންބަރ 2018 | ބުދަ 12:46 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ދަ ވަޔަރ އިންޑިއާ

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާ އެކު މަޖިލީސް ޖަލްސާ ބާއްވަން ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ހުރިހާ މެމްބަރުންނާ އެކު މަޖިލިސް ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި ރިޔާސީ އިންތިޚާބުގައި ދިވެހިން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުމަށް ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ވަނީ ހުއްޓިފައެވެ. އެހެން ނަމަވެސް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ޖަލްސާތައް ފެށޭނެ ކަމަށް މެމްބަރުން ވިދާޅުވެއެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށާއި ވީހާ ވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުވަނީ އަންގާރަ ދުވަހު މަޖިލިސް މެމްބަރުންނާއި ބައްދަލު ވެސް ކުރައްވާފައެވެ. މ. ކުނޫޒުގައި ބައްދަލުކުރެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީ، ޖުމްހުރީ ޕާޓީ އަދި އަދާލަތު ޕާޓީގެ މެމްބަރުންގެ އިތުރުން ގޮޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާ 12 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް