15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ޕީޕީއެމް ކޮންގްރެސް

ޕީޕީއެމްގެ އިންތިޚާބީ ލީޑަރޝިޕަށް ނޭނގި ކޮންގްރެސް ނުބޭއްވޭނެ: ވައްޑެ

  • ލީޑަރޝިޕް ނޫން ފަރާތަކަށް ޕީޕީއެމް ހަވަލުކޮށް ހިންގުމަށް އެެއްވެސް ކޯޓަކުން ހުކުމެއްކޮށްފައެއް ނުވޭ
އާމިނަތު ނުޒުހާ | nuzu8121

| 25 ސެޕްޓެންބަރ 2018 | އަންގާރަ 22:52 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
  4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
  5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
  7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
  8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


ޕީޕީއެމްގެ ކުރީގެ ނައިބު ލީޑަރު އިބުރާހިމް ވަހީދު (ވައްޑެ) -- ފޮޓޯ: މުހައްމަދު ޝަރުހާން

ޕީޕީއެމްގެ އިންތިޚާބީ ލީޑަރޝިޕަށް ނޭނގި އެޕާޓީގެ ކޮންގްރެސް ނުބޭއްވޭނެ ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ލީޑަރު އަދި މިހާރު މައުމޫނު ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ މެމްބަރު އިބުރާހިމް ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެޕާޓީގެ ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފައިވާކަމަށް އިއުލާންކޮށްފައި ވާތީ، ޕީޕީއެމްއިން ފިޔަވަޅު އަޅައި ވަކިކޮށްފައިވާ، އެޕާޓީގެ ނައިބު ލީޑަރު ވައްޑެ އަންގާރަ ދުވަހު ވިދާޅުވީ، ޕީޕީއެމްގެ އިންތިޚާބީ، ލީޑަރޝިޕް ނޫން ފަރާތަކަށް ޕީޕީއެމް ހަވަލުކޮށް ހިންގުމަށް އެެއްވެސް ކޯޓަކުން ހުކުމެއްކޮށްފައި ނުވާކަމަށެވެ.

ވައްޑެ ވިދާޅުވީ، ޕިޕީއެމްގެ އިންތިޚާބީ ލީޑަރޝިޕަށް ނޭނގި އެއްވެސް ފަރާތަކުން ޕީޕީއެމްގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރާނަމަ އެ ފަރާތްތަކާއިމެދު މަދަނީ އަދި ޖިނާއީ، މައްސަލަ ހުށަހަޅާނެކަމަށެެެވެ.

ޕީޕީއެމްއިން އަންގާރަދުވަހު ނެރެެފައިވާ ބަޔާނެެއްގައި ބުނެފައިވަނީ، ޕީޕީއެމްގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތީން، ޚާއްސަ ގޮތުން ބާއްވާ ޕާޓީގެ ޤައުމީ ޖަލްސާއެއް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޔަސް

3 މަސް ކުރިން

އަދި އަންނާނެ ހަތާ ތަޅާޅީމަ

0
0