19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

 • ޗެލްސީ އޮތީ ކުޅުނު 23 މެޗުން ލިބުނު 56 ޕޮއިންޓާއެކީ ޕޮއިންޓް ތާވަލުގެ އެއްވަނައިގަ
 • އާސެނަލް އޮތީ ކުޅުނު 23 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ
 • ލިވަޕޫލް އޮތީ ކުޅުނު 23 މެޗުން ލިބުނު 46 ޕޮއިންޓާއެކީ ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ
ލީވާން އަލީ | MrLeevaan

| 1 ފެބުރުވަރީ 2017 | ބުދަ 13:20 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
 5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
 7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
 8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށްފަހު ޑޭވިޑް ލުއިޒް އުފާފާޅުކުރަނީ -- ގޫގުލް

ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، ވަޓްފޯޑް އަތުން އާސެނަލް ބަލިވެއްޖެ އެވެ.

 

އަންގާރަ ދުވަހުގެ ރޭ ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

 

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން ލަނޑު ޖަހަން ދެ ޓީމަށް ވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

 

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޑޭވިޑް ލުއިޒް އެވެ. މި ލަނޑަށް ފަހު ވެސް ޗެލްސީ އަށް ވަނީ ލީޑު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

 

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ޗެލްސީ ކުރިހޯދައިގެންނެވެ.

 

ދެވަނަ ހާފް ފެށިގެން ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 57 ވަނަ މިނެޓުގައި ވައިނަލްޑަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަށް ފަހު ވެސް ލިވަޕޫލަށް ވަނީ ލީޑު ނެގުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

 

މެޗުގެ 76 ވަނަ މިނެޓުގައި ޗެލްސީ އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. ޑިއެގޯ ކޯސްޓާ ފޮނުވާލި މި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ސައިމޮން މިނޮލެޓް ވަނީ ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.

 

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 23 މެޗުން ލިބުނު 56 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. ލިވަޕޫލް އޮތީ ކުޅުނު 23 މެޗުން ލިބުނު 46 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ އެވެ.

އާސެނަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ވަޓްފޯޑް ކުޅުންތެރިން އުފާފާޅުކުރަނީ

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ ވަޓްފޯޑްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

 

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ވަޓްފޯޑް އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

 

މެޗު ފެށިގެން 10 ވަނަ މިނެޓުގައި ވަޓްފޯޑް އިން ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮމް ކްލެވެލީ އެވެ. މި ލަނޑަށް ފަހު ވެސް ވަޓްފޯޑް އިން ދިޔައީ އާސެނަލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 13 ވަނަ މިނެޓުގައި ޓްރޯއި ޑީނީ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

 

މި ލަނޑުތަކާއެކު ފުރަތަމަ ހާފް 0-2 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ވަޓްފޯޑް ކުރީގައި އޮވެގެން ނިމުނުއިރު، އާސެނަލް އަށް ވެސް ވަނީ ފަރަގު ކުޑަކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

 

ދެވަނަ ހާފް ފެށިގެން އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ދެވަނަ ހާފްގައި އެޓީމުން ވަނީ ވަޓްފޯޑްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

 

އާސެނަލް އިން ނަތީޖާގެ ފަރަގު ކުޑަކުރީ 58 ވަނަ މިނިޓުގައި އެލެކްސަސް ސަންޗޭޒްގެ އެހީތެރިކަމާ އެކު އެލެކްސް އިވޯބީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަށް ފަހު ވެސް އާސެނަލް އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

 

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 23 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. މެޗުން މޮޅުވި ވަޓްފޯޑް އޮތީ ކުޅުނު 23 މެޗުން ލިބުނު 27 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް