21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

އިންތިޚާބުގެ ކާމިޔާބީ

އިބޫގެ ތާރީޚީ ކާމިޔާބާއެކު މުޅި ގައުމުގައި އުފާ ފާޅުކުރަނީ!

  • ތިން އަހަރަށްފަހު މިއަދު ވަނީ ރާއްޖެއާއި މާލޭގެ އަތޮޅު ތަކުގެ މަގުތައް ފުރާލާފައި
އާމިނަތު ނުޒުހާ | nuzu8121

| 24 ސެޕްޓެންބަރ 2018 | ހޯމަ 19:32 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  4. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


އެމްޑީޕީ ހަރުގެ ސަރަހައްދުގައި މިއަދު އޮތް އުފާފާޅުކުރުމުގެ އެއްވުން -- ފޮޓޯ: މުހައްމަދު ޝަރުހާން

އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިިޚާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވުމާއެކު މުޅި ރާއްޖޭގައި އުފާ ފާޅުކުރުން ހުއްޓުމެއްނެތި ކުރިއަށް އެބަދެ އެވެ.

އިންތިޚާބު ކާމިޔާބު ކުރައްވައި، އިންތިޚާބީ ރައީސް އަކަށް ވެވަޑައިގެންފައިވާ އިބޫ އަށް ލިބިވަޑައިގަތީ 134،146 ވޯޓެވެ. އެއީ 58.4 ޕަސެންޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަށް 95،623 ވޯޓް ލިބިވަޑައިގެންނެވިއިރު، އެއީ 41.6 ޕަސެންޓް ވޯޓެވެ.

އިބޫގެ މި ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އާދީއްތަ ދުވަހުގެ ރެއިން ފެށިގެން މާލެ އާއި ރަށްރަށުގައި އުފާ ފާޅުކުރަން ފަށާފައިވާއިރު، މިއަދު ހަވީރު ވެސް މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ތަފާތު ހަރަކާތްތައް ވަނީ ބާއްވާފަ އެވެ.

އުފާ ފާޅުކުރުމަށް އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުމުގައި އިބޫ އާއި އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ބައިވެރިވެވަޑައިގެންނެވިއިރު، ހޯމަ ދުވަހު ހަވީރު ބޭއްވި އެއްވުމުގައިވެސް އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގެން، ސަޕޯޓަރުންނާއެކު ސެލްފީ ނެންގެވި އެވެ.

މީގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ވެސް ވަނީ ހިނގާލުންތަކާއި އެއްވުންތަކާއި ސައިކަލް ބުރުތައް ވެސް ބާއްވައިފަ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ މެމްބަރުންނަށް އެ ޕާޓީގެ ސްޓައިލްގައި އެއްވުންތަކާއި ސައިކަލް ބުރުތައް ބޭއްވުމަށް ރައީސް ޔާމީންގެ ސަރުކާރުން ހުރަސް އަޅާފައި އޮންނަތާ ތިން އަހަރުވެފައިވާއިރު، އިންތިޚާބީ ރައީސްގެ ކާމިޔާބީއެކު ރާއްޖޭގެ ރައްޔިތުންނަށް ވަނީ އުފާވެރި ކަމާއި ހިތްހަމަޖެހުން ގެނެސްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް