15 އޮކްޓޯބަރ 2018 | ހޯމަ | 12 ހިތަ
06 ޞަފަރު 1440
އިޝާ 19:06
މަޣްރިބް 17:55
އަސްރު 15:10
މެންދުރު 11:56
އިރުއަރާ 05:49
ފަތިސް 04:38

މެމްބަރު އަބްދުﷲ ރިޔާޒު

އަބްދުﷲ ރިޔާޒު ކޯޓުން މިނިވަންކޮށްފި

  • ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެ ވެސް މިހާރު އިތުރުވެއްޖެ
  • ހައިކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުން އެމައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައި ވަނިކޮށް
މުހައްމަދު ފަޒީން | phaxyn

| 24 ސެޕްޓެންބަރ 2018 | ހޯމަ 18:06 | |

މަގުބޫލް

  1. ކަަމަދޫ ކައުންސިލްގެ ރައީސް ރޭ ޕީޕީއެމްގެ މުޒާހަރާގައި، މިއަދު ފުލުހުންގެ ހައްޔަރުގައި!
  2. ޔަހްޔާ އާއި ޔާމީނާ ތަފާތެއް އެބަ ހުރިތަ؟
  3. އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
  4. ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޚާބީ ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައިފި
  5. ރައްޔިތުންގެ ވޯޓް ފޭރިގެންފި ނަމަ މަޑަކުން ނުތިބޭނެ: ހަސަން ލަތީފް
  6. ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދައިފި
  7. ޕީޕީއެމް ކެމްޕެއިންގ އަށް އެޗްޑީސީން 30 މިލިއަނަށް ވުރެ ގިނަ އިން ހަރަދުކުރިކަން ހާމަވެއްޖެ!
  8. ޮޫވޯޓު އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕީއެމްގެ އެކްޓިވިސްޓުންގެ އަތުގައި މިހާރު ވެސް އެބަހުރި: ސިނާން


މެމްބަރު އަބްދުﷲ ރިޔާޒު -- ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކްރިމިނަކް ކޯޓުން މިނިވަންކޮށްފިއެވެ.

އަބްދުﷲ ރިޔާޒު މިނިވަންކުރަން ނިންމީ ހޯމަ ދުވަހު ކްރިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. އަބްދުﷲ ރިޔާޒު ދޫކޮށްލީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާކުރެއްވުމާ ގުޅިގެން ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވާފައި ވަނިކޮށެވެ. ސިޔާސީ ބޭފުޅުން މިނިވަންކުރުމަކީ އިބޫގެ ވައުދެކެވެ.

އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުން 2018 މާރޗު 2 ވަނަ ދުވަހުގެ ހަވީރު ޞުލްހަވެރިކަމާ އެކު މާލޭގައި ބޭއްވި އެއްވުމެއްގައި ރިޔާޒު، އެއްވެ އުޅުމުގެ ޙައްޤުގެ ބޭނުން ކުރަމުންދަނިކޮށް ހައްޔަރުކުރުމަށް ފަހު ޖަލުގައި ބަންދުކޮށްފައިވާތާ މިއަދަށް ހަ މަސްދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ދުވަހު ބަންދުކުރުމަށް ފަހު އޭގެ 12 ދުވަސް ފަހުން އިއްވި ތުހުމަތުތަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާކަން 14 އޮގަސްޓް 2018 ވަނަ ދުވަހު ރިޔާޒަށް ވަނީ ލިޔުމުން އަންގާފަ ކަމަށެވެ.

ރިޔާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެ އިތުރަށް ވެސް ރިޔާޒު މިހާރު އެވަނީ ޖަލު ބަންދުގައި ހޭދަކުރައްވާފައި ކަމަށެވެ. ވުމާ އެކު މިހާރުން މިހާރަށް ރިޔާޒުގެ ޙުކުމް ތަންފީޒުވެ ނިމިއްޖެކަމުގައި ކަނޑައަޅައި ރިޔާޒު ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށް ވެސް ރިޔާޒުގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ. 

ހައިކޯޓުން ރިޔާޒުގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ، ފުލުހުންނަށް ރިޔާޒުގެ ފޯނުގެ ޕިންކޯޑު ދީފައި ނުވާތީ ކަމަށް ކަނޑައަޅުއްވައެވެ. ނަމަވެސް އެމައްސަލަ ދަށު ކޯޓުން ސާބިތުނުވާ ކަމަށް ކަނޑައެޅުއްވި އެއް ސަބަބަކީ ވެސް ދަށު ކޯޓުގެ ޝަރީޢަތުގައި ރިޔާޒު ފުލުހުންނާ ހިއްސާކުރި ކޯޑުން ފުލުހުން ބޭނުންވި ފޯނު ހުޅުވިފައިވުމެވެ.

އެފަދައިން އޮތް މައްސަލައެއްގައި 4 މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށްލުމަށް ޙުކުމްކޮށްފައިވާއިރު، ރިޔާޒު ހައްޔަރުކުރި ފަހުން މިއަދަށް 6 މަސް ދުވަސް ފާއިތުވީ އިރު ވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިލްތިމާސްއާ މެދު އެކޯޓުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ރިޔާޒަށް ލިބިވަޑައިގަންނަވަންޖެހޭ ޙައްޤުތައް ލިބިވަޑައިގަންނަވަމުން ނުދާކަމުގައި ރިޔާޒު ދެކެވަޑައިގަންނަވާ ކަމަށްވެސް ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ. 

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރިޔާޒާ ދެކޮޅަށް ހިންގޭ ޝަރީޢަތްތައް ހިންގުމުގަޔާއި މައްސަލަ ބައްލަވާ ފަނޑިޔާރުން ބަދަލުކުރުމަށް ފަހު ވަކި ނަތީޖާއެއް ނެރެވިގެންދިޔައީ އެއުސޫލުގެމަތީންކަމަށް ދޭހަވާގޮތަށް ކަންކަން ހިނގާފައިވުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ އިސްތިއުނާފުގެ މައްސަލަތައް ކޯޓުތަކުގައި ނުހިނގައި ލަސްވަމުން ދިޔުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ ޝަކުވާގެ ސިޓީތަކާއި ގުޅިގެން ކޯޓުތަކުން ޖަވާބު ނުދިނުންފަދަ ކަންކަމަކީ ދިވެހި އެއްވެސް ރައްޔިތަކާ މެދު ޢަމަލުކުރެވިގެންވާނެ ގޮތެއް ކަމުގައި ރިޔާޒު ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ވުމާއެކު، ޖަލުން މިނިވަންވުމާ އެކު ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނުކުންނަވާނެ ކަމާއި ދައުލަތުގެ މުއައްސަސާތައް ޑިމޮކްރަސީގެ ހަމަތަކުގެ މައްޗަށް އިޢާދަކުރުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން މިއަދުވެސް ޢަބްދުﷲ ރިޔާޒު ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެއެވެ. އޯގާތެރި ސަރުކާރަކާއި ނުފޫޒުން އެއްކިބާވެފައިވާ ޖުޑީޝަރީއަކާއި މިނިވަން ރައްޔިތުންގެ މަޖިލީހެއް ރައްޔިތުންނަށް ލިބުމުގެ ކުރިން ރިޔާޒުގެ ސިޔާސީ ޙަޔާތަށް ކުޑަނަމަވެސް ހުއްޓުމެއް ނާންނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ރިޔާޒުގެ ފަރާތުން ގާނޫނީ ވަކީލުން ނެރެފައިވާ އެ ބަޔާނުގައި ވެއެވެ.

ރިޔާޒްގެ އިތުރުން ޖަލުގައި ތިއްބެވި ސިޔާސީ އިތުރު ބޭފުޅުން ވެސް މިއަދުގެ ވަގުތެއްގައި ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް