13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ބީއެމްއެލް

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

  • ފުރަތަމަ ހަރަކާތެއްގެ ގޮތުގައި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް" އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިވަނީ ހުޅުވާލާފަ
ސަހުބާން ފަހުމީ | sahubaan

| 1 ފެބުރުވަރީ 2017 | ބުދަ 03:51 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ބީއެމްއެލްގެ އެމްޑީ އެންޑްރޫ ހީލީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ދިވެހި މުޖުތަމައަށް އެހީތެރިވުމަށްޓަކައި ކުރިޔަށްގެންދާނެ ގިނަ ހަރަކާތްތަކަކާއެކު ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގުރާމެއް ބީއެމްއެލްއިން ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ ޗަންޕާ ސެންޓްރަލް ހޮޓެލްގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން، މި ފެބްރުވަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާ ކުރާނެ ޚިދުމަތަކަށް އަލިއަޅުވާލާ ހަރަކާތެއް ބޭންކުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް" އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިވަނީ ހުޅުވާލާފައެވެ.  ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް މި ގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ތަންފީޒުކުރުމަށް ބޭންކުން ދެ ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ފާއިތުވީ ދެ އަހަރު ބީއެމްއެލްއިން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން އަހަރަކު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަަަމަށެވެ.  ދާދިފަހުން އެއަދަދު ދެގުނަކޮށް 2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، 150 އާ ވަޒީފާ އުފައްދާނެކަން އިއުލާންކޮށްފައިވާ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.

 އެންޑްރޫ ވިދާޅުވީ ބީއެމްއެލްއިން ރާވާފައިވާ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ކުރާ ހޭދަ ދެގުނަކޮށް މުޅިން އަލަށް 10 ސީއެސްއާރު ޕްރޮޖެކްޓް ރާއްޖޭގެ ރަށްތަކުގައި ހިންގޭނެ ކަމަށެވެ. އަދި ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމް އަދި ބިޒްނަސް ސެންޓަރތައް ރާއްޖޭގެ 22 ރަށެއްގައި ގާއިމްކޮށް އިންވެސްޓްމަންޓްތަކުގެ ފައިދާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ލިބިގެންދާނެ.ކަމަށް ވެސް އެންޑްރޫ ހީލީ ވިދާޅުވިއެވެ.

އެންޑްރޫ ވިދާޅުވި ގޮތުގައި " 270،000 ކަސްޓަމަރުންނާއެކު، މިހާރުވެސް ރާއްޖޭގެ ކޮންމެ އާއިލާއެއްގެ ދިރިއުޅުމާއި ބޭންކާއި ވަނީ ގުޅިފައެވެ. އެގޮތުން "އަހަރެންގެ ބޭންކް" ޕްރޮގްރާމް ބުނެދޭނީ ބޭންކުގެ ތަސައްވުރާއި އަދި ބޭންކުން ހާސިލްކުރަން އަޒުމްކަނޑައަޅާފައިވާ ކަންކަމުގެ ވާހަކަ ކަން އެންޑްރޫ ފާހަގަ ކުރެއްވިއެވެ.  އަދި ބީއެމްއލެ އަކީ ހީވާގިކަމާ އެކު މަސައްކަތްކުރާ، އަދި ބީއެމްއެލްގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ކަންކަން ފުއްދައިދީ އިތުރަށް ފެންވަރު ރަގަޅުކުރުމަށް މަސައްކަތްކުރާނެ ބޭންކެއްކަން މި ޕްރޮގްރާމުން ދައްކައިދޭނެ. ކަަމށް އެންޑްރޫ ވިދާޅުވިއެވެ..

މި ރަސްމިއްޔާތުގައި ބޭންކުގެ ބައެއް ކަސްޓަމަރުންނާއި، ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ވަނީ ލައިވް ޕާފޯމަންސެއްވެސް ހުށަހަޅައިދީފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު  20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމް އެ ބޭންކުން ހާމަކުރެއެވެ..

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް