19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ހޭންޑްބޯލް

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

  • މިއަހަރު ޖުމްލަ ބާރަ އޮފީހަކުން 14 ޓީމު ވަނީ ބައިވެރިވެފަ
  • މި މުބާރާތުގައި އަންހެން 10 ޓީމާއި ފިރިހެން 4 ޓީމު ވާދަކުރޭ
  • ކޮންމެ ޓީމަކަށް ވެސް ކުޅެވޭނީ ގައުމީ ޓީމުގެ ދެ ކުޅުންތެރިންނަށް
ނާފިއު ރަޝީދު | NaphiuR

| 1 ފެބުރުވަރީ 2017 | ބުދަ 03:45 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު މޫމިނާ އާދަމް (މޫންޓީ) -- ރާއްޖެއެމްވީ

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ދެވަނަ ހޭންޑްބޯޅަ މުބާރާތުގެ އޯޕަނިންގް މެޗުގައި އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިންގެ ޓީމަކާއި ހޭންޑްބޯޅަ މޯލްޑިވްސް އިން ހޮވާލެވޭ ޓީމެއް ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ގިނަ ޓީމު ތަކަކާއެކު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ ބާރަ އޮފީހަކުން 14 ޓީމު ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އަންހެން 10 ޓީމާއި ފިރިހެން 4 ޓީމު ހިމެނެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު މޫމިނާ އާދަމް (މޫންޓީ) ވިދާޅުވީ މިއަހަރުގެ މުބާރާތަކީ ފާއިތުވި އަހަރުތަކުގެ މުބާރާތްތަކަށްވުރެ އެތަށް ގޮތަކުން ތަފާތުތަކެއް ފެނިގެންދާނެ މުބާރާތެއް ކަމަށާއި އެގޮތުން މުބާރާތުގެ އޯޕަނިންގް މެޗު ވެސް ތަފާތު ވާނެ ކަމަށެވެ.

މޫމިނާ ވިދާޅުވީ މި މުބާރާތުގެ ފޯރި އިތުރު ކުރުމަށްޓަކައި މުބާރާތް ފަށާ ދުވަހު އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިންނާއި ހޭންޑްބޯލް މޯލްޑިވްސްގެ ޓީމު ބައްދަލުކުރާ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މި މެޗަށް ނުކުންނަ އިރު، އެކުދިންނަށް އިޝާރާތުން ކުޅުމުގެ ގަވައިދުތައް ދަސްކޮށްދެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މެޗުގައި ހަރަކާތްތެރިވާ އޮފިޝަލުން ވެސް އިޝާރާތުން އެ ކުދިންނަށް ވާހަކަ ދައްކަން ދަސްކޮށްދެމުން އަންނަ ކަމަށް ވެސް މޫމިނާ ވިދާޅުވި އެވެ.

މޫމިނާ ވިދާޅުވީ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތަކީ މި ކުޅިވަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާ މުބާރާތެއް ކަމަށާއި އެގޮތުން އެ މުބާރާތްތަކުން ގައުމީ ލެވެލްގައި ކުޅެވޭ ފެންވަރުގެ ކުޅުންތެރިންތަކެއް އުފެދެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރުގެ މުބާރާތުން ވެސް ހޮވާލެވޭ މޮޅު ކުޅުންތެރިންނަށް ގައުމީ ޓީމުތަކުން ފުރުސަތު ތަނަވަސްކޮށްދެވޭނެ ކަމަށެވެ.

މި މުބާރާތުގައި އޮފީސްތަކަށް ކުޅޭވޭނީ ހޭންޑްބޯލް މޯލްޑިވްސް އިން އެންމެ ފަހުން ސެލެކްޝަން ހަދާފައިވާ ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކަށެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމުތަކަކީ ޕޮލިސް ކްލަބު، އެމްޕީއެލް، ސްޓެލްކޯ އަދި ޓޫރިޒަމް މިނިސްޓްރީ އެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާ އަންހެން ޓީމުތަކަކީ އައިޖީއެމްއެޗް، އިމިގްރޭޝަން، ޕޮލިސް ކްލަބު، ޓޫރިޒަމް މިނިސްޓްރީ، ކަސްޓަމްސް، ވިލާ، އެޑިއުކޭޝަން، ޔޫތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އެސްޓީއޯ އެވެ.

މި މުބާރާތުގެ މިދިޔަ އަހަރުގެ އަންހެން ޗެމްޕިއަންކަން ހޯދީ ކްލަބު އިމިގްރޭޝަނެވެ. އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފެވެ.

މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު ހަވީރު 16:00 ގައި މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް