21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސީ އިންތިހާބު 2018

އިބޫއަށް މަރުހަބާ ދައްނަވައި، ރައްޔިތުން އިބޫއަށް އެއްބާރުލުން ދިނުމަށް ޑރ. ޝަހީމް އެދިވަޑައިގަންނަވައިފި

  • ޝަހީމް ނިސްބަތްވާ ރަށުން ވެސް ކާމިޔާބު ހޯއްދެވީ އިބޫ
  • ކެމްޕެއިންގައި އިބޫއަށާއި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި
  • ކެމްޕެެއިން ކުރެއްވިއިރު ވެސް ހުންނެވީ އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލާރގެ މަގާމުގައި
މުހައްމަދު ފަޒީން | phaxyn

| 24 ސެޕްޓެންބަރ 2018 | ހޯމަ 11:37 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ޑރ. ޝަހީމް ރާއްޖެޓީވީގައި -- ރާއްޖެއެމްވީ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާއި އިބޫއަށް އެއްބާރުލުން ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން ވާދަވެރި ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންގ މޭޓް ޑރ. މުހައްމަދު އަލީ ސައީދު އެދިވަޑައިގަންނަވައިފިއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިބޫގެ ލީޑަރޝިޕްގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި ގައުމު ހިންގުމުގައި އިބޫއަށް އެހީތެރިވެ، އެއްބައިވަންތަވުމަށް ލޮބުވެތި ދިވެހި ރައްޔިތުންގެ އަރިހުން އެދޭ ކަމަށެވެ. 

 

 

ސަރުކާރު ހިންގާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންގ މޭޓްގެ ގޮތުގައި ޝަހީމް ކަނޑައެޅުނު ހިސާބުން ޝަހީމް ވަނީ ކެމްޕެއިންގެ ހަރަކާތްތައް ހިންގަވައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫއަށާއި ހާއްސަކޮށް، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޝަހީމް ކެމްޕެެއިން ކުރައްވަމުން ގެންދެވިއިރު ވެސް ހުންނެވީ އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލާރގެ މަގާމުގައެވެ. 

އާދިއްތަ ދުވަހު (އިއްޔެ) ބޭއްވި ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވީ 58 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވައިގެންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސަތީިހު

2 މަސް ކުރިން

ކަލޭނުބުންޏަސް އިބޫއައް އެއްބާރުލުންދީފައޮތީ މޮޔަޔާ

0
0