24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އެފްއޭއެމް

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

  • މިދިޔަ އަހަރު ވަނީ 74 ޓީމެއް ބައިވެރިވެފަ
  • މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނަކީ އޭދަފުށި
  • ވ. އަދި އއ. އަތޮޅުން ބައިވެރިވީ އެންމެ ޓީމެއް
ނާފިއު ރަޝީދު | NaphiuR

| 1 ފެބުރުވަރީ 2017 | ބުދަ 03:39 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  8. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު


މިނިވަން ޗެމްޕިއަންޝިޕް 2016 ވަނަ އަހަރުގެ ޗެމްޕިއަން ޓީމް ބ. އޭދަފުށި -- ގޫގުލް

އަންނަ މާޗު މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ 75 ރަށަކުން ބައިވެރިވެއްޖެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
އެފްއޭއެމް އިން ބުނީ، މިމުބާރާތުގައި ބައިވެރިވާ ހުޅުވާލި ފުރުސަތު މިދިޔަ އާދިއްތަ ދުވަހަށް ހަމަވިއިރު، ރާއްޖޭގެ 20 އަތޮޅަކުން ޖުމްލަ 75 ޓީމް ބައިވެރިވެފައި ވާކަމަށެވެ. އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި މިފަހަރު އެންމެ ގިނައިން ޓީމްތައް ވާދަކުރަނީ ހދ. އަތޮޅުންނާއި ތ. އަތޮޅުންނެވެ. އެއިން ކޮންމެ އަތޮޅަކުން ހަތް ރަށެއް މުބާރާތުގައި ވާދަކުރެ އެވެ. މިމުބާރާތުގައި މިފަހަރު އއ. އަތޮޅުން މާޅޮސް އެކަނި ވާދަކުރާއިރު، ވ. އަތޮޅުން ވެސް ވާދަކުރަނީ ފުލިދޫ އެކަނި ކަމަށް އެފްއޭއެމްއިން މައުލޫމާތު ދެއެވެ. 
މިއަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފޯމެޓަށް އެފްއޭއެމުން ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. އަދި ލީގަށް ގެނައި ބަދަލާއެކު މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފޯމެޓަށް ބަދަލު ގެނެސް މުބާރާތް ފެށުން ވަނީ އަވަސްކޮށްފަ އެވެ.
މި މުބާރާތް މި ފަހަރު ކުރިޔަށްދާނީ ދެ ބުރަކަށެވެ. އެއީ އަތޮޅުތަކުގެ ބުރާއި މާލޭގައި ހުރިހާ ޒޯނެއްގެ ޗެމްޕިއަނެއްގެ މެދުގައި ކުޅޭ ޒޯން ލީގު ބުރެވެ. ޕްރިމިއާ ލީގަށް ހޮވޭނީ ޒޯން ލީގު ބުރުގެ ގަދަ ހަތަރު ޓީމެވެ.
މިފަހަރު ލީގަށް ގެނައި ބަދަލުގެ ސަބަބުން އަތޮޅުތެރޭގެ ޓީމުތައް ހަތަރު މަހެއްހާ ދުވަހު މާލޭގައި ތިބެން ޖެހޭނެ ކަމަށާއި އެ މުއްދަތުގައި އެ ޓީމުތަކަށް މާލީގޮތުން ރަނގަޅު އެހީތެރިކަމެއް ދޭނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ބޭއްވި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށްޓެވެ. އެފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މުޅި ރާއްޖެއިން ޖުމްލަ 74 ރަށަކުން ބައިވެރިވި އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް