18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ފުޓުބޯޅަ

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

  • ޓީސީ ވަނީ ފުރަތަމަ މެޗުގައި ނިއު އަތުންވެސް މޮޅުވެފައި
  • ޓީސީ އާއި އީގަލްސްގެ ކޯޗުން ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީފައި
  • ޓީސީ ތައްޔާރުވަމުންދަނީ އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ މުބާރާތުގައި ވާދަކުރަން
ނާފިއު ރަޝީދު | NaphiuR

| 1 ފެބުރުވަރީ 2017 | ބުދަ 02:44 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ޓީސީ އާއި އީގަލްސް ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން -- ގޫގުލް

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބުން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

މާފަންނު ސްޓޭޑިއަމްގެ އެއް ނަމްބަރު ދަނޑުގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ ކްލަބު އީގަލްސްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

މެޗގެ ފުރަތަމަ ހާފުގައި ދެޓީމުގެ ވެސް ފުރަތަމަ އެގާރާގައި މުހިންމު ކުޅުންތެރިންތަކެއް ކުޅެފައިވާ އިރު، މި ހާފުގައި ދެޓީމުގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.

އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި އީގަލްސް އިން ނުކުތީ އެޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނާއެކު އެވެ. އެގޮތުން ފުރަތަމަ ހާފުގައި ކުޅުނު ހުރިހާ ކުޅުންތެރިން ބޭލުމަށްފަހު ދެވަނަ ހާފުގައި އީގަލްސް ފެނުނީ ޒުވާން ޓީމަކާއެކު އެވެ.

ހަމަ އެއާއެކު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ދެވަނަ ހާފުގައި އެޓީމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

މިމެޗުގައި ޓީސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އުޝާން އިބްރާހިމް އެވެ.

މެޗުގެ ފަހު ހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

ޓީސީ ވަނީ މި މަހުގެ 28 ވަނަ ދުވަހު ވެސް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ ދުވަހު ކުޅުނު މެޗުން ޓީސީ ކުރި ހޯދީ މިއަހަރުގެ ސީޒަނަށް ރެކޯޑް ބަޖެޓަކާއެކު ނުކުންނަން ތައްޔާރުވެފައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ޓީސީ މިހާރު ތައްޔާރުވަމުންދަނީ އަންނަ މަހުގެ 18 ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް