15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ރިޔާސީ ރޭސް 2018

އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!

  • ކުޅުދުއްފުށީގައި ބަހައްޓާފައި ހުރި 8  ވޯޓު ފޮށީގެ ވެސް ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ އިބޫ
  • ކުޅުދުއްފުށީގައި ރައީސް ޔާމީން ވަނީ ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވާފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 23 ސެޕްޓެންބަރ 2018 | އާދީއްތަ 22:44 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
  4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
  5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
  7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
  8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


ބޯ ވާރެއާއެކު ކުޅުދުއްފުށީގެ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ -- ޓްވިޓަރ

ރިޔާސީ އިންތިޚާބުގެ ވޯޓްލުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް ކުޅުދުއްފުށީގެ އެއާޕޯޓް ނުނިމެނީސް ހުޅުވައި ދެއްވުމުން ވެސް އެރަށުގެ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގައި މިފަހަރު ވާދަކުރެއްވީ ދެ ކެންޑިޑޭޓުންނެވެ. އެއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ. 

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެ (އިބޫ) އެވެ. 

ކުޅުދުއްފުށީގައި ބަހައްޓާފައި ހުރި 8  ވޯޓު ފޮށީގެ ވެސް ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ އިބޫ އެވެ.

އިންތިޚާބާއި ދިމާކޮށް ނިންމާފައި ވާކަމަށް އިޢުލާންކޮށްފައިވާ ކުޅުދުއްފުށީ އެއާޕޯޓު ނިންމާފައި ވަނީ ހަމައެކަނި ރަންވޭ އެވެ. އެއާޕޯޓް އަޅާ ބިމުގައި އެއްވެސް އިމާރާތެއް ނެތެވެ. އަދި އަލިފާނުގެ ޙާދިސާ އެއް ކުރިމަތިވުމުން ނިންވައިލެވޭނޭ ނިޒާމެއް ވެސް ނެތެވެ. އިއިކާއޯގެ މިންގަނޑަށް ނުފެތެއެވެ.

އެއާޕޯޓު ހުޅުވައި ދެއްވުމަށްފަހު ބޯ ވާރޭގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވުމަށާއި ދެރަގޮތެއް ނުހެއްދެވުމަށް ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވާފައެވެ. 

"އަޅުގަނޑު ކައިރީގައި މަސައްކަތް ކުރި މީހުންނާ. އަޅުގަނޑުގެ ގާތް ތިމާގެ މީހުން އަޅުގަނޑުގެ ވެރިކަން ނިންމަން މަސައްކަތް ކޮށްފި. ޚަންޖަރު ހަރަން މަސައްކަތްކޮށްފި. ފިނިފެންމާ ލޯންޗް ގޮއްވާލަން މަސައްކަތްކޮށްފި. ރައްޔިތުން އަޅުގަނޑަށް އެހެން ނުހައްދަވާ" ކުޅުދުއްފުށީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޯ ވާރޭގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް