19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ކްލަބު ވެލެންސިޔާ

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

  • މާލޭގައި ކުޅޭ މެޗު ކާމިޔާބުކޮށް ޕްލޭއޮފް ބުރަށް ދިޔުމުގެ ފުރުސަތު ވެލެންސިޔާއަށް އެބައޮތް
  • ކޮލޮމްބޯ އެފްސީއާއި މޯހަންބަގާން ބައްދަލުކުރި މެޗް ކާމިޔާބު ކުރީ މޯހަން ބަގާން
  • ވެލެންސިޔާގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވޭ
ނާފިއު ރަޝީދު | NaphiuR

| 1 ފެބުރުވަރީ 2017 | ބުދަ 02:40 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ކްލަބު ވެލެންސިޔާ އަދި ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ރާއްޖެއެމްވީ

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި އަންގާރަ ދުވަހު ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާއި އެއްވަރުކޮށް ޕްލޭއޮފް ބުރުން ޖާގަ ހޯދުމަށް ރާއްޖޭގެ ވެލެންސިޔާ އިން އުއްމީދު އާކޮށްފި އެވެ.

ބޫޓާންގައި ކުޅުނު މިމެޗް އެއްވަރުވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިޔާ އަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބުނު އިރު، އޮމަދޫ ގޮޑްފްރޭ ވެސްޓް ފޮނުވާލި މިހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އަދި ރިލްވާން ހުސްކޮށްލާފައި ނެގި ހުރަހެއް އޮމަދޫ ބޮލުން ޖަހަން އެރި ނަމަވެސް މިފަހަރުވެސް ތިމްޕޫގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ތިމްޕޫ އިން ވެލެންސިޔާގެ ހާފަށް ބާރުބޮޑުކުރި އިރު، މިހާފުގައި ވެލެންސިޔާގެ ޑިފެންޑަރު ޝާފީ އަދި ޝިފާންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީމް އެކުލަވާލައި މިމެޗަށް ނިކުތް ވެލެންސިޔާ އާއި ތިމްޕޫ ކުޅޭ ދެވަނަ މެޗް އޮންނާނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު މާލޭގަ އެވެ. މާލޭގައި ކުޅޭ މެޗުން މޮޅުވެގެން ޕްލޭއޮފް ބުރަށް ދިޔުމުގެ ފުރުސަތު ވެލެންސިޔާއަށް އެބައޮތެވެ.

މިއަދު ކުޅުނު ޕްރިލިމިނަރީގެ ދެވަނަ މެޗްގައި ސްރީލަންކާގެ ކޮލޮމްބޯ އެފްސީއާއި އިންޑިޔާގެ މޯހަންބާގަން ބައްދަލުކުރި މެޗް ކާމިޔާބު ކުރީ މޯހަން ބާގަންއެވެ. އެޓީމުން ރަށުން ބޭރުގައި ކުޅެ މެޗް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ޕްލޭއޮފްގައި ބައްދަލު ކުރާނީ ޕްރިލިމިނަރީ ބުރުގެ މިދެމެޗުން ކާމިޔާބު ހޯދާ ދެޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް