23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!

  • ރައީސް ޔާމިނަށް ވޯޓު ދިނުމަށް އެދޭ ކަމަށް ޝެއިޚް އިމްރާންގެ ނަންފުޅުގައި ގިނަ ބައެއްގެ ފޯނުތަކަށް މި މެސެޖް ވަނީ ފޮނުވާފައި
އަމްނާ އިމާދު | @amnabinthimad

| 23 ސެޕްޓެންބަރ 2018 | އާދީއްތަ 03:49 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ޝައިޚް އިމްރާން އަނބިކަބަލުންނާއެކު -- ފޮޓޯ: ރާއްޖެ އެމްވީ

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ އަނބިކަނބަލުން މަރިޔަމް ރީމްގެ ފޯނު ނަންބަރު ކަމަށް ބުނާ ނަންބަރަކުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް ކަމަށް އެނާ ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް ވޯޓު ދިނުމަށް އެދޭ ކަމަށް ޝައިޚް އިމްރާންގެ ނަންފުޅުގައި އާންމުންގެ ގިނަ ފޯނުތަކަށް މިމެސެޖް ވަނީ ފޮނުވާފައެވެ. މިކަމާއި ގުޅިގެން ރީމް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެފަދަ މެސެޖްއެއް ނުކުރާ ކަމަށާއި، އެއީ ގޮތް ނޭނގޭ ބަޔަކު ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

މިމައްސަލައާ ގުޅިގެން އަދާލަތު ޕާޓީން ބުނީ އެޕާޓީގެ ރައީސް ޝައިޚް އިމްރާނުގެ ނަންފުޅުގައި އެމަނިކުފާނުގެ އަނބިކަބަލުންގެ ފޯނު ނަންބަރު ބޭނުންކޮށްގެން ފޮނުވަމުންދާ މެސެޖަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު މެސެޖެއް ކަމަށެވެ. އަދި މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ޝައިޚް އިމްރާނު ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޖަލު ހުކުމް އިއްވާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރި ކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކޮޓުން ނިންމުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް