22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

  • ގޮނޑި ޖެހުމުން އިތުރަށް ދަނޑު ތަރައްގީ ވެގެންދާނެ
  • މިހާރު ދަނޑަށް ވަދެވެނީ އެއްފަހަރާ 8500 މީހުންނަށް
  • ގޮނޑި ޖެހުމުން 6200 އަށް ޖާގަ ކުޑަވާނެ
ނާފިއު ރަޝީދު | NaphiuR

| 1 ފެބުރުވަރީ 2017 | ބުދަ 02:31 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރާ -- ވީނިއުސް

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ތައްޔާރު ވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ދަނޑަށް ގެންނަ ބަދަލުތަކާއެކު މުޅި ދަނޑުގައި ތިން ވައްތަރެއްގެ ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
އެފްއޭއެމުން ބުނީ ގަލޮޅު ދަނޑަކީ ބެލުންތެރިންނަށް ހިތްހަމަ ޖެހިލައިގެން މެޗުތައް ބެލޭނެ ތަނަކަށް ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން އާ އަހަރުގެ ސީޒަނުގައި ދަނޑު ފެނިގެންދާނީ މުޅިން ތަފާތުކޮށް ކަމަށެވެ. އެގޮތުން މުޅި ދަނޑުގައި ތިން ވައްތަރެއްގެ ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ނިންމާ، އެކަން ކޮށްދޭނެ ރަނގަޅު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަރަށް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެ އެވެ.
ދަނޑުގެ އުތުރާއި ދެކުނު ފަޅީގައި އެއް ވައްތަރުގެ ގޮނޑި ޖަހާއިރު އެކޮމަޑޭޝަން ބްލޮކް ހިމެނޭ ފަޅި އާއި ރޮސްޓޮމްގެ ދެފަޅީގައި ޖަހާނީ އެއްވަރުގެ ގޮނޑި އެވެ. އަދި މީގެ އިތުރުން ވީއައިޕީ އޭރިޔާގައި ވެސް ތަފާތު ހިތް ގައިމު ގޮނޑިއެއް ޖެހުމަށް ވަނީ ނިންމާފަ އެވެ.
ގައުމީ ސްޓޭޑިއަމްއަށް މިހާރު ވަދެވެނީ ގާތްގަޑަކަށް 8500 މީހުންނަށެވެ. އެހެން ކަމުން ދަނޑުގައި މުޅިން އާގޮނޑި ޖެހުމުން ދަނޑުގެ ޖާގައިގެ އަދަދު އުޅޭނީ ގާތް ގަޑަކަށް 6200 ގައެވެ.
ބޮޑު ބަދަލުތަކަކާ އެކު މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗް އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ކުޅުމަށް އެފްއޭއެމްއިން ވަނީ ނިންމާފަ އެވެ. އެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެމެޗުގައި ބައްދަލުކުރާ ދެޓީމަކީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ކްލަބް ވެލެންސިއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް