15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ރިޔާސީ އިންތިހާބު 2018

ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ

  • އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އަޅުވާ ގޮތަށް ފުލުހުންނަށް ހަމަލާދިނުމަށް ރާވާފައިވާ ކަމަށް އަޑު އިވިފައިވާތީ އެކަމާ އިންތިހާއަށް ކަންބޮޑުވޭ
  • އިބޫ އަށް ތާއީދުކުރާ އެއްވެސް ފަރާތަކުން އެފަދަ އެއްވެސް ކަމެއް ހިންގާ އެފަދަ ކަމަކަށް ހިތްވަރު ނުދޭނެކަމުގެ ޔަޤީންކަން ފުލުހުންނަށް އަރުވަން
ސިމާހާ ނަސީމް | sim_kamana

| 22 ސެޕްޓެންބަރ 2018 | ހޮނިހިރު 17:22 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
  4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
  5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
  7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
  8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ބައެއް ލިޔެކިޔުންތަކާއި ސާމާނު ގެންދަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހިއްސާކުރައްވައިފިއެވެ.

މަހްލޫފް ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލްއާ ނީލަން ފިހާރަ ސަރަހައްދާއި މާލެ އާއި އަތޮޅު ތެރޭގެ ކޯޓުތަކުގައި ވެސް އަލިފާން ރޯކުރަން ރާވާފައިވާ ކަމަށް ކާކުކަން ނޭނގޭ ގޮތަށް އެ މައުލޫމާތު ހިއްސާކޮށްފައި ވާތީ އެކަން ފުލުހުންގެ މުއައްސަސާއާ ހިއްސާ ކުރާ ކަމަށާއި ވޯޓު ލަމުންދާއިރު އަދި ވޯޓު ގުނަމުންދާއިރު އެ ސަރަހައްދުގެ މަސްލަހަތު ގެއްލޭގޮތަށް މަސައްކަތްކޮށް ވޯޓުލުމަށް ހުރަސްއަޅައި ވޯޓު ގުނުމަށް ހުރަސްއަޅައި އަދި އިދިކޮޅު ފަރާތްތަކުގެ ބޮލުގަ، އަޅުވާގޮތަށް ފުލުހުންނަށް ހަމަލާދިނުމަށް ރާވާފައިވާ ކަމަށް އަޑު އިވިފައިވާތީ އެކަމާއި އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެއްވެސް ފަރާތަކުން އެފަދަ އެއްވެސް ކަމެއް ހިންގައި، އެފަދަ ކަމަކަށް ހިތްވަރު ނުދޭނެކަމުގެ ޔަޤީންކަން ފުލުހުންނަށް އަރުވާ ކަމަށާއި އިންތިޚާބުގެ އެންމެހާ ކަންކަން ކުރިއަށްދަނީ ޤާނޫނާއި ގަވައިދާ އެއްގޮތަށްތޯ ކަށަވަރުކޮށް، ފުލުހުންގެ މައްޗަށް އިލެކްޝަންސް ކޮމިޝަނުން އަދި އެހެނިހެން ފަރާތަކުން ވެސް ކުރާ އަމުރުތަކަކީ ޤާނޫނާއި ޤަވައިދާ އެއްގޮތަށް ކުރާ އަމުރުތަކެއްތޯ ކަށަވަރު ކުރުމަށެވެ.

އެ ސިޓީގައި މަހްލޫފް ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާނެ ގޮތަށް ސަލާމަތީ ކަންކަން ކަށަވަރު ކޮށްދޭނެކަމުގެ ޔަޤީންކަން ވޯޓުލުމުގެ ކުރިން ރައްޔިތުންނަށް ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް