19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ހަސަން ލަތީފު

ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!

  • ޖިނާއީ މައްސަލައެއްގެ ގޮތުގައި ދައުވާކޮށްދިނުމަށް އެދިފައި ވަނީ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން
އާމިނަތު ނުޒުހާ | nuzu8121

| 21 ސެޕްޓެންބަރ 2018 | ހުކުރު 19:39 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފު މިއަދު ޕޮލިހަށް ހާޒިރުވަނީ -- ރާއްޖެއެމްވީ

"ވަގުތެޔޮ ސްޕެޝަލް" ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯއިން ކަމަށް އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފު (ހަސަންކޮ) ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ހުކުރު ދުވަހުގެ ހަވީރު ފުލުހަށް ހާޒިރުވެ ވަޑައިގެންނެވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަންކޮ ވިދާޅުވީ، މި މައްސަލައިގައި އޭނާގެމައްޗަށް އުފުލާފައި ވަނީ ޖިނާއީ ދައުވާއެއް ކަމަށެވެ. އަދި އެގޮތަށް ޖިނާއީ މައްސަލައެއްގެ ގޮތުގައި ދައުވާކޮށްދިނުމަށް އެދިފައި ވަނީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއިންކަމަށް ވެސް ވިދާޅުވިއެވެ.

" ރައީސް އަބުދުﷲ ޔާމީންގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނަ ކަމެއްކަމަށް ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ފާހަގަކުރެވިގެން އެ ބިއުރޯއިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައެޅި މައްސަލައެއްކަމަށް" ހަސަންކޮ ވިދާޅުވިއެވެ.

ހަސަންކޮ ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް އޮންނަ މިނިވަން މުއައްސަސާ އެކި އެކި ސިޔާސީ ފަރާތްތަކުން ދޭ މައުލޫމާތު، ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށައެޅުމުން ޖިނާއީ ދައުވާއެއް ކުރެވޭގޮތަށް ފުލުހުން މައްސަލަ ތަހުގީގުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

ހަސަންކޮ ވިދާޅުވީ، އެ މައްސަލަ ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ، މިނިވަން މުއައްސަސާތަކުން އެ މައްސަލަތައް ބެލުވުންކަމަށާއި، އެމްޑީޕީން އެ މަގްސަދުގައި ތަފްސީލީ މައްސަލައެއް ހުށައެޅުމުން އެ މައްސަލަ އުފުލި މުއައްސަސާކަމުގައިވާ އެމްޑީޕީއާއި މެދު ޖިނާއީ ދައުވާ ކުރާ ހިސާބަށް ދިއުމުން ވެސް އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ.

ހަސަން ވިދާޅުވީ، އެމްޑީޕީން ގާނޫނާއި ޚިލާފްކަމެއް ނުކުރާކަމަށާއި އެތައް ހާސް ރައްޔިތުން ތިބި ޕާޓީއެއްގެ ގުނަނަކުން ނިންމާ ކަމެއް އެ ނިންމި ގޮތަކަށް ކަމާބެހޭ މުއައްސަސާއަކަށް މައްސަލައެއް ހުށައެޅުމަކީ، ކުރަން ޖެހޭނެކަމެއްކަމަށް ދެކޭކަމަށެވެ.

އަދި ރައްޔިތުންނަށް ކަންކަން ސާފުވާން ޖެހޭއިރު، އެފަދަ މައްސަލަ އެއް މިނިވަން މުއައްސަސާއަކަށް ތަފްސިލީ ގޮތެއްގައި ހުށައެޅުމުން އޭގެ އެންމެ ރަނގަޅުގޮތަކަށް ވާނީ އެ މައްސަލައެއް ބެލުން ކަމަށާއި، އަދި ދައުވާ ކުރެވެން އޮތްނަމަ ދައުވާކޮށް ނުވަތަ މައްސަލަބެލުމަށްފަހު އެބޭފުޅަކީ ސާފު ބޭފުޅެއްކަން ރައްޔިތުންނަށް ހާމަކޮށްދެއްވުންކަމަށެވެ.

މިމައްސަލައިގައި ހުކުރު ދުވަހު ހަސަން ފުލުހަށް ހާޒިރުވުމުން ވަނީ ވަކީލަކާއި އެކު ހޮނިހިރު ދުވަހު އަނެއްކާވެސް ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް