17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިިޔާސީ އިންތިޚާބު 2018

އެންމެން އެކީ އަތުގުޅާލުމަށްފަހު، އައްޑޫ ސިޓީގެ ކެމްޕެއިން ނިންމާލާއިފި

 • ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތަށް ނިންމާލީ ބޮޑު ވެހިކަލް ބުރަކުން
 • އައްޑޫ ސިޓީގެ މެޖޯރިޓީ އިބޫ އަށް ލިބޭނެކަމަށް ސޯބެ ވިދާޅުވި
 • އައްޑޫ ސިޓީގެ ރައްޔިތުން ވޯޓް ލުމަށް 39 ވޯޓް ފޮށި ބަހައްޓާއިރު، 21309 މީހުންނަން ވޯޓްލުމުގެ ޙައްގު ލިބިފައިވޭ
މުހަންމަދު ވިސާމް | sampathmasiw

| 21 ސެޕްޓެންބަރ 2018 | ހުކުރު 19:38 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ވެހިކަލް ބުރު ނިންމާލުމަށްފަހު ފޭދޫގެ ހިއްކި ބިމުގައި ބައެއް މީހުން ޝުއޫރު ފާޅުކުރަން މަޑުކޮށްލައިގެން -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތަށް ނިންމާލާއިފިއެވެ.

އެމްޑީޕީއަށް އަބަދު ވެސް ބޮޑު މެޖޯރިޓީއެއް އޮންނަ އައްޑޫ ސިޓީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތައް ނިންމާލާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ ވެހިކަލް ބުރުންނެވެ. ގިނަ އަދަދެއްގެ ސައިކަލް ތަކުގައި އާންމު ރައްޔިތުން ބައިވެރިވި މި ވެހިކަލް ބުރު ފަށާފައި ވަނީ ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. ލިންކް ރޯޑުން މި ވެހިކަލް ބުރު ކުރިއަށް ގޮސް ނިންމާލާފައި ވަނީ ފޭދޫ އެމްޑީޕީގެ އޮފީސް ކުރިމަތީގައި އޮންނަ ހިއްކާފައިވާ ފަސް ގަނޑުންނެވެ.

ވެހިކަލް ބުރު ކުރިއަށް ދިޔަ އިރު، އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ ރައްޔިތުން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ. ގާތްގަނޑަކަށް 700 އެއްހާ ސައިކަލް މި ވެހިކަލް ބުރުގައި ބައިވެރިވިއިރު، 200 އެއްހާ ކާރު ބައިވެރިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޕިކަޕުތަކުގައި ބައެއް ރައްޔިތުން ވަނީ ވެހިކަލް ބުރުގައި ބައިވެރިވެފައެވެ. މި ވެހިކަލް ބުރުގެ ޖަޑިބަކަށް ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީ އަހުމަދު އަބްދުﷲ އެވެ.

ހިތަދޫ ހަރުގެއިން ފެށި ވެހިކަލް ބުރު ނިންމާލީ ފޭދޫއަށް

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ތިބި ގޮތް މި ވެހިކަލް ބުރުން ވެސް ސާފުވާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމިފައިވާކަން އައްޑޫ ސިޓީގެ ރައްޔިތުން ތިބި ގޮތުން ހާމަވާ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް ރީތިކޮށް ފެންނަން އޮންނަ މަންޒަރެއް މިއީ، މިކަން މިއޮތީ ނިމިފަ، މި ހުރިހާ ރައްޔިތުން މި ހުރިހާ ރައްޔިތުން ސެޕްޓެމްބަރ 23 ވަނަ ދުވަހު ނުކުމެ އިބޫ އަށް ވޯޓް އަޅާ ފުރާލާނެ" ސޯބެ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މި އިންތިހާބު އޮޅުވާލަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. ދިވެހި ރާއްޖޭގެ އެއްވެސް ރަށަކުން ވޯޓު އޮޅުވާލުމަށް ފުރުސަތު ނުލިބޭނެ ކަމަށާއި، ފުލުހުންނާއި ސިފައިން އެފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވެހިކަލް ބުރު ނިންމާލުމަށްފަހު ފޭދޫގެ ހިއްކި ބިމުގައި ބައެއް މީހުން ޝުއޫރު ފާޅުކުރަން މަޑުކޮށްލައިގެން

އައްޑޫ ސިޓީގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ވެހިކަލް ބުރުގައި ބައިވެރިވި އެންމެން ވަނީ ފޭދޫ ހިއްކި ބިމުގައި ތިބެ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަތުމަށް އަތުގުލާފައެވެ. މި ވެހިކަލް ބުރު ބާއްވާފައި މި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުމަށްފަހުއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ދަތުރުފުޅުތައް ނިންމާލުމުގެ ގޮތުން އިބޫ އާއި ފައިސަލް އައްޑޫ ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް