19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި

  • ސަލާމަތީ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް އެދިވަޑައިގެންނެވި
ޙުސައިން ޙަސަން | hucenhassan

| 21 ސެޕްޓެންބަރ 2018 | ހުކުރު 19:28 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ކުރީގެ ސީޕީ އަހުމަދު އަރީފު: -- ފޮޓޯ: މުހައްމަދު ޝަރުހާން

ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުން، ތަންފީޒު ކުރުމުގައި ފުލުހުން ފަސް ނުޖެހުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އިލްތިމާސް ކުރައްވައިފިއެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަރީފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިންތިހާބުގައި އެއްވެސް ހަމަނުޖެހުމަކަށް ފުލުހުން ޖާގަ ނުދިނުމަށާއި ވޯޓުލުން ހުއްޓުމެއް ނެތި ކުރިއަށް ގޮސް، އޮމާންކަމާއެކު ނިންމާލެވި، ނަތީޖާ އިޢުލާނު ކުރެވުމާ ހަމައަށް ސަލާމަތީކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބު ކަމުގައި ހެދުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކަން ހިނގަމުންދިޔަ ގޮތް އެނގި، ފެންނާނީ ވެސް ފުލުހުންނަށްކަން ފާހަގަ ކުރައްވައި އަރީފު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާއަކީ ފުލުހުންގެ ވާޖިބު އަދާ ކުރެވޭނޭ މާޙައުލެއް އުފެއްދުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

"ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ބޭއްވޭ ދުވަހު ފުލުހުންގެ ދުސްތޫރީ ވާޖިބު އަދާކުރުމަށާއި، އެއްވެސް ހަމަނުޖެހުމަކަށް ޖާގަ ނުދިނުމަށާއި، ވޯޓުލުން ހުއްޓުމެއްނެތި ކުރިއަށް ގޮސް، އޮމާންކަމާއެކު ނިންމާލެވި، ނަތީޖާ އިޢުލާނު ކުރެވުމާ ހަމައަށް ސަލާމަތީކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބު ކަމުގައި ހެދުމަށް އިލްތިމާސްކުރަމެވެ. އަދި ހަމަ އެއާއެކު، އެ ދުވަހު ރައްޔިތުން ނިންމާ ނިންމުން، ތަންފީޛުކުރުމުގައި ފަސްނުޖެހުމަށް ވެސް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރަމެވެ," އަރީފު ނެރުއްވި ބަޔާނުގައިވެއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މައްޗަށް ކުރާ ޣައިރު ޤާނޫނީ އަމުރުތަކާއި ފުލުހުންނަށް ދައްކާ ވަޒީފާގެ ބިރަށް ނިމުން ގެނެސް ފުލުހުންގެ މުއައްސަސާއަކީ ހަމައެކަނި ރައްޔިތުންނަށް ޚިދުމަތް ކުރާ މުއައްސަސާއަކަށް ވާންޖެހެއެވެ. 

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން އުޅުމުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވާތީ، އަރީފު ވިދާޅުވީ އެ އަމުރު ތަންފީޒު ކުރަން ނިންމީ ފުލުހުންގެ އިސްވެރިންނާ މަޝްވަރާ ކުރުމަށްފަހު، އެ ބޭފުޅުންގެ ތާއީދާއެކުގައިކަމަށެވެ. 

"އަޅުގަނޑުގެ ޤާނޫނީ ވާޖިބު އަދާކުރުމަކީ ކުށަކަށް ހައްދަވައި، މަޤާމުން ވަކިކޮށް އަޅުގަނޑުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާފައި މިވަނީ އެއްވެސް ޤާނޫނީ ޙުއްޖަތެއްނެތި، ކަނޑައެޅިގެން ނުޙައްޤުންނެވެ. އަޅުގަނޑުގެ އިތުރުން، ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، އެސްއޯ. ފުލުހުންގެ މައްޗަށް އުފުލި ދަޢުވާއަކީ ވެސް އެއްވެސް އަސާސެއްނެތި އުފުލާފައިވާ ދަޢުވާއެކެވެ،" ކުރީގެ ސީޕީ ނެރުއްވި ބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މެޑަމް އައިޝާ

5 މަސް ކުރިން

އިންޑިޔާ ދަށަށް

0
0