
| 21 ސެޕްޓެންބަރ 2018 | ހުކުރު 12:18 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރިޔާސީ އިންތިޚާބު އޮންނަ ދުވަހު ފުލުހުންނާއި ސިފައިން ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ސްރީލަންކާގައި ހުކުރު ދުވަހު ބައިނަލްއަޤްވާމީ މީޑިޔާތަކާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ މިހާތަނަށް ރައީސް ޔާމީންގެ އަމަލުތައް ހުރި ގޮތުން 23 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބު އޮޅުވާލަން މަސައްކަތްކޮށްފާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެ ކަމުގައި ފުލުހުންނާއި، ސިފައިން އެއްބާރުލުން ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިހާތަނަށް ހޯދުނު ހޯދުންތަކުން ގުޅިފައިވާ ޕާޓީތަކަށް 170،000 ވޯޓް ކަށަވަރުވެފައިވާ ކަމަށާއި، ނަމަވެސް އިންތިޚާބުގެ ނަތީޖާއިން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް މޮޅުވިޔަސް ރައީސް ޔާމީން އެކަން ޤަބޫލުނުކުރައްވަފާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މި ހާތަނަށް ރައީސްގެ ޚިޔާލާއި ވިސްނުންފުޅު ތަފާތުވާ ކަންތައްތައް އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް އަނބުރާލަން މަސައްކަތްކޮށްފައިވާ މަންޒަރު ފެނިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމާއި، މަޖިލިސް ހިސޯރުކުރުމާއި، އެ މަނިކުފާނުގެ އެއްބަފާ ބޮޑުބޭބޭ ޖަލުގެ ތޭރިތަކުގެ ތެރޭގައި ބެހެއްޓުން ފަދަ ކަންތައްތަކަށް އެ މަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ.
އެހެންކަމުން ވޯޓުގެ ނަތީޖާ ވަކި ކޮޅަކަށް އަނބުރާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދީ، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާއި އެކުގައި ފުލުހުންނާއި ސިފައިން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް އިތުބާރުނުކުރައްވާ ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބުގައި ބައިވެރިވާން ނިންމީ ކޮމިޝަނަށް އިތުބާރު ކުރައްވާތީ ނޫން ކަމަށާއި، ވޯޓު އޮޅުވާލަން ކުރެވޭ މަސައްކަތުގައި ރައްޔިތުން އެކަމަށް އެއްބާރުލުން ނުދޭނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށެވެ.
އިންތިޚާބުގެ މިނިވަންކަމާ މެދު ބައިނަލްއަޤްވާމީ މުޖްތަމައުގެ ކަންބޮޑުވުން އޮތް ކަމަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމައުން އިންތިޚާބުގެ ކަންތައްތައް ބެލުމުގައި ހަރަކާތްތެރިނުވާ މައިގަނޑު ސަބަބީ މި އިންތިޚާބު އިންތިޒާމް ކުރުގައި ހަމަހަމަކަން ނެތުމާއި، ޝައްކު އުފެދޭ ފަދަ ބޮޑެތި މައްސަލަތަކެއް ހުރުން ކަމަށެވެ.
އެހެންކަމުން އިންތިޚާބު އޮންނަ ދުވަހު ބައިނަލްއަޤްވާމީ މުޖްތައުން އެކަން ބަލަން ރާއްޖެ އައިސްފި ނަމަ، އިންތިޚާބުގެ ކަންތައްތައް ބެލުމުގައި އެ މީހުންގެ އެއްބާރުލުން އޮތް ކަމަށް ދައްކަން އިލެކްޝަން ކޮމިޝަނުން މަސައްކަތްކޮށްފާނެތީ އެ ފަރާތްތަކުން ބައިވެރިނުވަނީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މި އިންތިޚާބު ކަވަރ ކުރުމުގައި ހަރަކާތްތެރި ވަނީ އިގިލިން ގުނާލެވޭ ވަރުގެ މަދު ނޫސްވެރިންތަކެއް ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކަވަރުކުރުމަށް މޮނީޓަރުންގެ ފާސް ދޫކޮށްފައިވީ ނަމަވެސް، ރާއްޖެއަށް އައުމުގެ ވިސާ ބޭރު ގައުމުތަކުގެ ނޫސްވެރިންނާއި އޮބަޒރވަރުންނަށް އިމިގްރޭޝަނުން ނުދޭ މައްސަލަ ވަނީ ފެންމަތިވެފައެވެ.
ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން އަންނަ ގޮތުން ރައްޔިތުންގެ އިތުބާރު އެ ކޮމިޝަނަށް ގެއްލިފައިވާކަން ފާހަގަކޮށްލެވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
5 މަސް ކުރިން
ސަރުކާރުގެ ހުރިހާ މިއައްސަސާ ތަކެއް ޕެރަލައިޒް ވެގެން ތިބެގެން ގައުމުގެ ކަންކަން ހަމަޖެހުމުގެ ތެރޭގައި އޮންނާނެ ކަމަށް ދެކުމީ ވެވޭ ބޮޑު ހިޔާނާތެއް. ސިފައިންނާ ފުލުހުންގެ އިސްވެރިންގެ ތެރެއިން ބައެއް އަދި ކުރިން ސަލާމަތީ ބާރުތަކުގެ އެންމެ މަތީ ފަންތިތަކުގައި މަސައްކަތްކުރި އަމިއްލަ އެދުމުން ފޯވެފާތިބި ބަޔަކު ގޭންގް ފަންނާނުންނާ ގުޅިގެން ގައުމު ހަލާކުކޮށް ނަޖިސް ވަޅުގަނޑަކަށް ވައްޓާލުމުގެ މަސައްކަތް ޕީޕީއެމް ތެރެއަށް ގޮސް ތިބެ ދަނީ ކުރަމުން. ފާޅުގައި ބިޔަބޮޑު ޖަރީމާތައް ހިންގާއިރު ބޮލަށް ބަރުކޮށްގެން ތިބެން ހެޔޮ ނުވާނެ. އިލެކްޝަން ކޮމިޝަނާ ޒިންމާ ނަގާ އެންޓީ ކެންޕެއިން ކުރުމާޢި ފާޅުކަން ބޮޑުކޮށް ހިންގާ ކާޑު ގަތުމާއި ވޯޓް އޮޅުވާލުމަށް ހިންގޭ ހުރިހާ ކަމެއް ހުއްޓުވެންވާނެ. ކާޑު ވިއްކާ މީހުންނާ އައިޑީ ކާޑް ޑިޕާރޓްމަންޓާ ސަލާމަތީ ބާރުތަކަށް ކޮންއިތުބާރެއްތޯ އޮތީ މިއަދު ވިއްކަމުންދާ ކާޑްތައް ބޭނުންކޮށް ޓެރަރިޒަމް ނޫނީ އެހެން ޖަރީމާއެއްގައި ރާއްޖޭގައި ނޫނީ ބޭރުގައި އެކާޑުތައް ބޭނުން ނުކުރާނެ ކަމުގެ. އެފަދަ ކަމެއް އެންމެ މީހަކަށް ދިމާވިޔަސް ގައުމާ އެމީހަކަށާ މިގައުމަށް އިއާދަ ނުކުރެވޭ ބޮޑު ގެއްްލުމެއް ލިބިދާނެ. ރާއްޖޭގައި ޖަރީމާ ހިންގަން އިޒްރާޢީލް އިން އެމެރިކާ އިންޑިޔާ ނެދަލަންޑްސް ޑެންމާކް ކެނެޑާ ބަލަންނުތިބޭނެބާ
5 މަސް ކުރިން
ރައީސް މައުމޫން ހައްޔަރުކުރުމުން ނަޝީދުއަށް ވުރެއް ބޮޑަށް ރައީސް އަބްދުﷲ ޔާމީން އަސަރުކުރައްވާ ކަމަށެވެ. އަދި ރައީސް މައުމޫނަށް ހެޔޮ އެދޭ ބޭފުޅަކީ އެމަނިކުފާނުގެ ބޭބޭފުޅު ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. "އަޅުގަނޑު މިދަންނަވަނީ ރައީސް މައުމޫނަށް އެންމެ ހެޔޮ އެދެނީ ރައީސް ޔާމީނޭ. ރައީސް ޔާމީން ވެރިކަމަށް އައިސްގެނޭ ރައީސް މައުމޫނު ސަލާމަތް ކުރެވޭނީ. އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައިސްގެން ނުވާނޭ،"
5 މަސް ކުރިން
ކާފަރުންނާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ އާޔަތްތައް މުސްލިމުންގެ ވަކިވަކި ފަރުދުންނަށް ނިސްބަތްވާގޮތަށް ތަރުޖަމާކޮށް، ފެއްތުމަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާޢަތްތަކުގެ ޢަޤީދާކަމަށް؟