15 އޮކްޓޯބަރ 2018 | ހޯމަ | 12 ހިތަ
06 ޞަފަރު 1440
އިޝާ 19:06
މަޣްރިބް 17:55
އަސްރު 15:10
މެންދުރު 11:56
އިރުއަރާ 05:49
ފަތިސް 04:38

ވެށިފަހި ޕްރޮގްރާމު

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ 103 ބިން ވިއްކަން އިއުލާނުކޮށްފި

  • މާފަންނުން 41 ބިމެއް ވިއްކުމަށް އިއުލާނުކޮށްފައިވޭ
  • މައްޗަންގޯޅި 23 ބިމެއް ވިއްކުމަށް ހަމަޖެހިފައިވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 21 ސެޕްޓެންބަރ 2018 | ހުކުރު 10:10 | |

މަގުބޫލް

  1. ކަަމަދޫ ކައުންސިލްގެ ރައީސް ރޭ ޕީޕީއެމްގެ މުޒާހަރާގައި، މިއަދު ފުލުހުންގެ ހައްޔަރުގައި!
  2. ޔަހްޔާ އާއި ޔާމީނާ ތަފާތެއް އެބަ ހުރިތަ؟
  3. އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
  4. ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޚާބީ ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައިފި
  5. ރައްޔިތުންގެ ވޯޓް ފޭރިގެންފި ނަމަ މަޑަކުން ނުތިބޭނެ: ހަސަން ލަތީފް
  6. ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދައިފި
  7. ޕީޕީއެމް ކެމްޕެއިންގ އަށް އެޗްޑީސީން 30 މިލިއަނަށް ވުރެ ގިނަ އިން ހަރަދުކުރިކަން ހާމަވެއްޖެ!
  8. ޮޫވޯޓު އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕީއެމްގެ އެކްޓިވިސްޓުންގެ އަތުގައި މިހާރު ވެސް އެބަހުރި: ސިނާން


މާލޭގެ މަގެއް -- ގޫގުލް

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމަށް އިއުލާނު ކޮށްފިއެވެ.

އެގޮތުން މާލޭގެ ހަތަރު އަވަށާއި، ވިލިމާލެއާ އެކު 103 ބިމެއް ވިއްކާލުމަށް ވަނީ  ނިންމާފައެވެ. އެންމެ ގިނަ ބިން ވިއްކާލުމަށް އިއުލާނު ކޮށްފައި ވަނީ މާފަންނުންނެވެ. އެގޮތުން 41 ބިމެއް ވިއްކުމަށް އިއުލާނުކޮށްފައިވާ އިރު މައްޗަންގޯޅިން 23 ބިމެއް ވިއްކާލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ގަލޮޅާއި ހެންވޭރުން 14 ބިމެއް ވިއްކާލުމަށް އިއުލާނުކޮށްފައިވާއިރު ވިލިމާލެއިން 11 ބިމެއް ވިއްކާލުމަށް ވަނީ އިއުލާނުކޮށްފައެވެ.

މި ބިންތައް ދިނުމުގައި އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް ވެސް ފުރުސަތު ލިބިގެންދާނެއެވެ. ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއާއި، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް 21 އޮކްޓޯބަރުގެ ނިޔަލަށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ބިން ވިއްކުމަށް ކަނޑައަޅާފައިވަނީ އަކަފޫޓެއް 2000ރ. އަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް