16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

ކެމްޕެއިންގެ ފަހު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އިބޫ މާލެއަށް!

  • މި ދަތުރުފުޅު ފެއްޓެވީ ފައިސަލްގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކުން
  • އިބޫ އާއި ފައިސަލް އަރިހުގައި މެޑަމް ނަސްރީނާ ވެސް މާލެ ވަޑައިގަތުމަށް ފުރާވަޑައިގެންނެވި
  • މި އިންތިހާބުގެ ކެމްޕެއިން ފެއްޓެވީ އައްޑޫ ސިޓީ، ކެމްޕެއިން ނިންމެވުމަށް ބޭއްވި ޖަލްސާ ބޭއްވީ ވެސް އައްޑޫގައި
މުހަންމަދު ވިސާމް | sampathmasiw

| 21 ސެޕްޓެންބަރ 2018 | ހުކުރު 10:08 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އިބޫ ފުރާވަޑައިގަންވަމުން މެޑަމް ނަސްރީނާއާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ އަދި ފުވައްމުލަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ފުރާވަޑައިގެންފިއެވެ.

މި އިންތިހާބުގައި ކެމްޕެއިން ކުރުމަށް އަތޮޅުތެރެއަށް ކުރެއްވި ކެމްޕެއިންގެ އެންމެ ފަހު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ އާއި ފައިސަލް ފުރާވަޑައިގެންނެވީ ހުކުރު ދުވަހު ހެނދުނު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އިބޫގެ އަރިހުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް ފުރާވަޑައިގެންނެވިއިރު، ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ބައިވެރި ވަޑައިގަތުމަށް އައްޑޫ ސިޓީއަށް ވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް ވެސް ވަނީ މާލެ އަށް ފުރާވަޑައިގެންފައެވެ.

ފުރާވަޑައިގެންނެވުމުގެ ކުރިން އިބޫ އާއި ފައިސަލް ސަމާލް ކުރައްވަނީ

މިދަތުރުފުޅުގައި އިބޫ ވަޑައިގަންނަވާފައި ވަނީ އެމަނިކުފާންގެ ރަނިންގ މޭޓް ފައިސަލް ނަސީމްގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކު ސިޓީއަށާއި، އެމްޑީޕީއަށް ބޮޑު ތާއިދެއް އަބަދުވެސް އޮންނަ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީގައި ޖުމްލަ 32 ވޯޓް ފޮށި ބަހައްޓާއިރު، އެ ސިޓީގައި ވޯޓް ލުމުގެ ޙައްގު ލިބިފައި ވަނީ 15966 މީހުންނަށެވެ. ފުވައްމުލަކު ސިޓީގައި ޖުމްލަ 10 ވޯޓް ފޮށި ބަހައްޓާއިރު، އެ ސިޓީގައި ވޯޓް ލުމުގެ ޙައްގު ލިބިފައި ވަނީ 5726 މީހުންނެވެ.

މިދަތުރުފުޅުފައި އައްޑޫ އަދި ފުވައްމުލަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީޓަކުން ބޮޑު ޖަލްސާއެއް ބާއްވާފައިވާއިރު، އެ ދެ ސިޓީއަށް ވެސް އިބޫ އާއި ފައިސަލް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. މި އިންތިހާބުގެ އެންމެ ފުރަތަމަ ކެމްޕެއިން ދަތުރުފުޅު ވެސް ކުރެއްވީ އައްޑޫ އަދި ފުވައްމުލަކަށް ކަން ފާހަގަކޮށްލެވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް