12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ނާޒިމްގެ މައްސަލަ

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

  • އދ. އިން ނާޒިމް ދޫކޮށްލުމަށް ގޮވާލުމުން ވެސް ސަރުކާރުން ހަދަނީ ދެކޮޅު
  • ގޯހެއް ރަނގަޅު ކުރުމަކީ ބަލިވުމެއް ނޫން
އަޒުމޫން އަހުމަދު | azmoon_ahmed

| 31 ޖެނުއަރީ 2017 | އަންގާރަ 21:50 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


ނާޒިމް: ނާޒިމް ބަންދުކޮށްފައި ހުންނަތާ މާޗް މަހު ދެ އަހަރު ވާނެ -- ރާއްޖެއެމްވީ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އުފުލި ދައުވާއާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ހޯދުމަށް ހިންގި އޮޕަރޭޝަނާއި، ހިންގި ޝަރީއަތްތަކުގައި ހުރި ފުށުއަރާ ކަންތައްތަކާއި ފުރިހަމަނުވާ އިޖުރާއަތްތަކުގެ ވާހަކަތައް މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތަފާތު އެކި ބޭފުޅުން ދައްކައިފި އެވެ. އެންމެ ފަހުން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވެސް މިވަނީ ހަމަ އެ ކަންތައްތައް ފާހަގަކޮށް ނާޒިމް މިނިވަންކުރުމަށް ގޮވާލާފަ އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުތަކުގެ ތަހުގީގު ނިންމާލީ އެއް މަސް ދުވަހުގެ ތެރޭގަ އެވެ. ކްރިމިނަލް ކޯޓުން ނާޒިމްގެ މައްޗަށް ހުކުމްކުރީ ވެސް މަސް ދުވަހުގެ ޝަރީއަތަކުންނެވެ. ހަވާ ފަޓާސްބަރިއެއް ހެން ތަހުގީގު ހިންގައި، ހަމަ އެ ބާރުމިނުގައި ޝަރީއަތް ވެސް ނިންމާލިއިރު، ނާޒިމްގެ ފަރާތުން އަބަދުވެސް ބުނަމުން ދިޔައީ މިއީ ބަޔަކު ދީގެން އުޅޭ ލަނޑެއް ކަމަށެވެ. ނަމަވެސް ތަހުގީގުކުރި ފަރާތުން ވެސް، އަދި ޝަރީއަތުން ވެސް އެކަމަށް ރިއާޔަތްކުރަން ދެކޮޅު ހެދި އެވެ.

ނާޒިމްގެ މައްޗަށް ކުރި ދައުވާއިން ދިފާއުވުމަށް 50 ހެކިން ހުށަހެޅި އެވެ. ނަމަވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އެންމެ ދިފާއީ ތިން ހެކިންނެވެ. ނާޒިމް އަށް މައްސަލައާ ގުޅޭ 26 ލިޔެކިޔުމެއް ދީފައެއް ނުވެ އެވެ. ދިފާއުވުމަށް އެކަށީގެންވާ މިންވަރަށް ވަގުތާއި ވަސީލަތްތައް ފޯރުކޮށްދީފައެއް ނުވެ އެވެ. މިއީ ކުރު ގޮތަކަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތެވެ. އެއަށް ފަހު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ހިންގި ޝަރީއަތަށް އިތުރު 11 ހެއްކަކު ހާޒިރުކޮށްދީފައިވެ އެވެ. ނަމަވެސް، ކުރި ހުކުމުގައި ހެކިންގެ ހެކި ބަހަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ އިލްތިމާސް ކުރުމުން އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް ފަހު މައްސަލަ ބޭރުކޮށްލީ ހައި ކޯޓުގެ ހުކުމަށް ތާއީދުކުރުމަށް ފަހު އެވެ. ނާޒިމްގެ މައްޗަށް ދަށު ކޯޓުންނާއި ހައި ކޯޓުން ކުރި ހުކުމްތަކުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ، ފިސްތޯލަ އާއި ވަޒަނަކީ ނާޒިމްގެ އެއްޗެއް ނޫން ނަމަ އެ ހަތިޔާރަށް ޒިންމާވާންޖެހޭ އެހެން ފަރާތެއް ދެއްކިފައިނުވާ ކަމަށެވެ. ނާޒިމްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ފެންނަ އެއްޗަކަށް ނާޒިމް ޒިންމާވާންޖެހޭ ކަމަށެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގައި އެ މައްސަލަ އޮއްވާ ހަތިޔާރަށް ޒިންމާވާންޖެހޭ ފަރާތް ހޯދުނެވެ. ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުން ނާޒިމާއި އާއިލީ ބޭފުޅެއްގެ ފިންގާޕްރިންޓެއް ވެސް ފެނިފައިނުވާއިރު، އެ ފިސްތޯލައިން އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްކަމުގެ މަގާމު އަދާކުރެއްވި އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނެވެ. އެކަން ހޯދީ ނާޒިމްގެ އާއިލާއަކުންނެއް ނޫނެވެ. ފުލުހުން އަމިއްލައަށް ކުރި ތަހުލީލުތަކުން ޑީއެންއޭ ފެނުނު ވާހަކަ ފުލުހުން ހާމަވެސް ކުރި އެވެ. ޑީއެންއޭ ރިޕޯޓް ޕްރޮސެކިއުޓާ ޖެނެރަލްއާ ވެސް ހިއްސާކުރި އެވެ. ސުޕްރީމް ކޯޓުން އަވަސް އަރުވާލައިގެން މައްސަލަ ބޭރުކޮށްލީ ޑީއެންއޭ ރިޕޯޓް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅުއްވާފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުން ޑީއޭންއޭ ރިޕޯޓަށް ރިއާޔަތްނުކޮށް މައްސަލަ ބޭރުކޮށްލުމުން ނާޒިމަށް އިންސާފު ލިބެން ހުރި ހުރިހާ މަގެއް މިވަނީ ބަންދުވެފަ އެވެ. އެއާއެކު ރާއްޖެއިން ލިބެން ހުރި ފަރުވާތައް ހުސްވި ކަމަށް ބަލައި، އެ މައްސަލަ ހުށަހެޅީ އދ. އަށެވެ. ސަރުކާރަށް ބާރުނުފޯރުވޭ ވަރުގެ ތަނަކުން އެ މައްސަލަ ބެލުމުން ފާހަގަވީ ނާޒިމް ފްރޭމް ކޮށްފައިވާކަމެވެ. ނުހައްގުން ބޮޑު އަދަބެއްދީ އަނިޔާކުރަމުންދާ ކަމެވެ. ގޮވާލީ އަވަހަށް ދޫކޮށްލާ ނާޒިމަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށެވެ.

ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ބޯލެނބުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލާޒިމްކުރާ ކަމެކެެވެ. ނާޒިމްގެ ދޫކޮށްލުމަށް އދ. އިން ގޮވާލާފައިވަނީ ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ (އައިސީސީޕީއާރް) އާއި ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއާ ހަވާލާދީ އެވެ. ނާޒިމްގެ މައްސަލައިގައި އެ މުއާހަދާތަކުން ކަށަވަރުކޮށްދޭ އަދި ގާނޫނު އަސާސީއާއި ގާނޫނުތަކުން ވެސް ކަށަވަރުކޮށްދޭ އެތައް ހައްގުތަކެއް ނިގުޅައިގަނެފައިވާތީ އެވެ. ނަމަވެސް، މި ހުރިހާ ކަމެއް މިހެން ހިނގައި ގޮސް، ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ އިތުރު ހުއްޖަތެއް ނެތް ހިސާބަށް ދިޔައިރު ވެސް ސަރުކާރާއި ޖުޑިޝަރީ އިން އަމިއްލަ ހެދި ގޯސް ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ.

އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ ފުރިހަމަ މީހަކަށް ނުވާތީ އަޅުގަނޑުމެން އެންމެންްނަށް ވެސް ގޯސް ހެދެ އެވެ. ދުނިޔެ ހިނގާ މި އުސޫލުން އަޅުގަނޑުމެންގެ ތަހުގީގީ އިދާރާތަކުގައި ތިއްބަވާ ބޭބޭފުޅުންނާއި، ދައުވާ އުފުލުމުގެ މަސްއޫލިއްޔަތު އުފުއްލަވާ ބޭބޭފުޅުންނާއި އަދި އަޅުގަނޑުމެންގެ ފަނޑިޔާރުން ވެސް އިސްތިސްނާއެއް ނުވެ އެވެ. އަޅުގަނޑުމެންނަށް އޮތީ ހެދޭ ގޯސްތައް އިސްލާހުކޮށް، ތައުބާވެ، އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަނެ ދުނިޔޭގައި ދުވަސްތައް ފާއިތުކުރުމެވެ. މިއީ އިސްލާމްދީން އުނގަންނައިދޭ ގޮތެވެ.

ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ފާޅުގައި ބޮޑެތި ހެއްކާއެކު ނާޒިމް ފްރޭމްކޮށްފައިވާކަން ފެންނަން އޮތް އިރު ވެސް، އެ ހެދުުނު ގޯސް ދިފާއު ކުރައްވަނީ އެވެ. ސިޔާސީ އައްޑަނައާއެކު ނިކުމެވަޑައިގެން، ގައުމުގެ ސިޔާދަތު ގެއްލިދާނޭ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ފަނޑިޔާރުގެތަކާ ނުބެހެވޭނެއޭ ވިދާޅުވަނީ އެވެ. ދިވެހިންގެ ކަންކަމާ ބޭރުގެ ބަޔަކަށް ނުބެހެވޭޔޭ ގޮވަނީ އެވެ. އަމިއްލަ އަށް ހެދޭ ގޯސް ރަނގަޅުކުރުމަކީ ތިމާމެން މާކަޓު ބަޔަކަށްވެ، ބަލި ބަޔަކަށް ވެދާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ. ނަމަވެސް، އެއީ އަސްލު ގަޓު މީހުންގެ ސިފައެވެ. އަމިއްލަ އަށް ހެދޭ ގޯހެއް ރަނގަޅުކޮށް މައާފަށް އެދުމަކީ ހަގީގީ މޮޅުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް