15 އޮކްޓޯބަރ 2018 | ހޯމަ | 12 ހިތަ
06 ޞަފަރު 1440
އިޝާ 19:06
މަޣްރިބް 17:55
އަސްރު 15:10
މެންދުރު 11:56
އިރުއަރާ 05:49
ފަތިސް 04:38

އަލިފާން ރޯވުން

ރ. ރަސްމާދޫ ރައްޔިތުންގެ ތެޔޮ ފިހާރައިގައި އަލިފާން ރޯވެއްޖެ

  • ކައުންސިލްގެ ރައީސް ވިދާޅުވީ ރޯވި ޚަބަރު ލިބުނީ ދަންވަރު 3:15 ގައި ކަމަށް
  • މިހާރު އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 21 ސެޕްޓެންބަރ 2018 | ހުކުރު 04:02 | |

މަގުބޫލް

  1. ކަަމަދޫ ކައުންސިލްގެ ރައީސް ރޭ ޕީޕީއެމްގެ މުޒާހަރާގައި، މިއަދު ފުލުހުންގެ ހައްޔަރުގައި!
  2. ޔަހްޔާ އާއި ޔާމީނާ ތަފާތެއް އެބަ ހުރިތަ؟
  3. އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
  4. ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޚާބީ ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައިފި
  5. ރައްޔިތުންގެ ވޯޓް ފޭރިގެންފި ނަމަ މަޑަކުން ނުތިބޭނެ: ހަސަން ލަތީފް
  6. ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދައިފި
  7. ޕީޕީއެމް ކެމްޕެއިންގ އަށް އެޗްޑީސީން 30 މިލިއަނަށް ވުރެ ގިނަ އިން ހަރަދުކުރިކަން ހާމަވެއްޖެ!
  8. ޮޫވޯޓު އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕީއެމްގެ އެކްޓިވިސްޓުންގެ އަތުގައި މިހާރު ވެސް އެބަހުރި: ސިނާން


ރަސްމާދޫގެ ބަދަރުން ފާބައިރު ފުރަތަމަ މޫނު ޖެހޭ ތަނަކީ ތެޔޮ ފިހާރަ -- ހަސަން ޚަލީލް

ރ. ރަސްމާދޫގެ ރައްޔިތުންގެ ތެޔޮ ފިހާރާގައި އަލިފާން ރޯވެއްޖެއެވެ.

އެ ރަށުގެ ކައުންސިލުގެ ރައީސް ތާހާ މުހައްމަދު ވިދާޅުވީ އެތަނުގައި ރޯވި ޚަބަރު ލިބުނީ ދަންވަރު 3:15 ގައިކަމަށެވެ. އެ ފިހާރައަކީ ރަސްމާދޫގެ ބަދަރުން ފައިބާއިރު ފުރަތަމަ މޫނު ޖެހޭ ތަން ކަމަށާއި އަލިފާނުގެ ހާދިސާގައި އެތަން އެއްކޮށް އަދާ ހުލިވެފައި ކަމަށެވެ. އެތަން ހުންނަނީ އެއްވެސް އިމާރާތެއްގެ ކައިރީގައި ނޫން ކަމުން އަލިފާނުގެ އަސަރު އިތުރު ތަނަކަށް ކޮށްފައި ނުވާކަމަށް ތާހާ ވިދާޅުވިއެވެ. މިހާރު އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި 95 އިންސައްތަ ނިއްވާލެވިފައިވާކަމަށް ވެސް ތާހާ ވިދާޅުވިއެވެ.

އެތާ އެތެރޭގައި ހުންނާނީ ގާތްގަޑަކަށް 2000 އަކަށް ލީޓަރު ޑީސެލްއާއި 1500-2000 އަދަދަކަށް ލީޓަރު ޕެޓްރޯލްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަލިފާން ނިއްވާލާފައިވަނީ އެމްއެންޑީއެފްއާއި ރަށުގެ ރައްޔިތުން ނިކުމެއެވެ. އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު 3:40 ހާއްކައިރު ލިބުމާއެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

1234

3 ހަފްތާކުރިން

mndf in ai alifaan nihvaali fahun kamah vany.

0
0
Fairooz

3 ހަފްތާކުރިން

...Konthaakun mndf aii

0
0