17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!

  • އަދާވާތްތެރިން ވެސް އިބޫއަށް ތެދުވެރި އަމާނާތްތެރި ރަނގަޅު މީހެއްގެ ލަގަބު ދިނުމުން އިބޫއަކީ ރަނގަޅު ބޭފުޅެއް ކަމަށް ނިންމެވި
  • ކޯލިޝަނުން ނެރުނު މެނިފެސްޓޯއަކީ އޭނާގެ ހަޔާތުގައި ރާއްޖޭގައި ނެރުނު އެންމެ ކަމުދާ މެނިފެސްޓޯ
  • ބޭނުން ވަގުތަކު ބުނި ތަނަކަށް ދާން ހުންނެވީ ތައްޔާރަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 21 ސެޕްޓެންބަރ 2018 | ހުކުރު 01:25 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ހިތަދޫގައި ބޭއްވި ޖަލްސާގައި އިބޫ އަދި އިލްޔާސް -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިޚްތިޔާރު ކުރެވުނީ ހިކުމަތަކަށް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްުޔާސް މިގޮތަށް ވިދާޅުވީ ކޯލިޝަންގެ ކެމްޕެއިން ނިންމުމަށް އައްޑޫ ސިޓީ ހިތަދޫގައި އިބޫއާއެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މެލޭޝިއާގައި އަމިއްލަ ދަތުރުފުޅެއްގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން އިއުލާންކުރުމާއެކު އެއީ ކޮން ބޭފުޅެއްތޯ ހިތަށް އަރާވަޑައިގެންނެވި ކަމަށެވެ. އަދި މިހާރު ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅުން އެ މަގާމު ހައްގުވަނީ އިބޫއަށް ކަމަށް ވިދާޅުވުމާއެކު އެކަމުގައި ޙިކުމަތެއް އޮންނާނެކަމަށް ހިތަށް އަރާވަޑައިގެންނެވި ކަމަށެވެ. އަދި ކީރީތި ރަސޫލާއަށް ވެސް އަދާވާތްތެރި މައްކާގެ މުޝްރިކުން އެކަލޭގެފާނަށް ތެދުވެރި އަމާނާތްތެރިޔެއްގެ ލަގަބު އަރުވާފައިވާ ކަމަށާއި އެހެންކަމުން އަދާވާތްތެރިން ވެސް އިބޫއަށް ތެދުވެރި އަމާނާތްތެރި ރަނގަޅު މީހެއްގެ ލަގަބު ދިނުމުން އިބޫއަކީ ރަނގަޅު ބޭފުޅެއް ކަމަށް ނިންމެވި ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ. 

"ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރޭނަމޭ ބުނީމަ އަޅުގަނޑު ހިތަށް އެރި ކާކުބާ އަންނަނީ. ކާކުތޯ ވަަޑައިގަންނަވަނީ އަޅުގަނޑުމެންގެ މައްޗަށް ކުރިޔަށް އޮތް ފަސް އަހަރު ވެރިކަން ކުރައްވަން. އަޅުގަނޑު ވިސްނަ ވިސްނާ ހުއްޓާ، އަޑުއިވުނީ އިދިކޮޅު މީހުން، މިހާރު ވެރިކަން ކުރާ އަނިޔާވެރި ޕާޓީގެ އިސް ބޭފުޅުން ވިދާޅުވަނީ ކޯލިޝަންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ އިބްރާހިމް މުހައްމަދު ސާލިހުއޭ. މިވާހަކަ އަޑުއިވުނީމަ ހިތަށް އެރި މިއީ ހެޔޮ ފާލެކޭ. ކޮންމެވެސް ހިކްމަތެއް އޮންނާނޭ. އެހާ ހިސާބުން އަޅުގަނޑު ހަނދާނަށް އައީ ރަސޫލާ صلى الله عليه وسلم ދެކެ ނުރުހުން ވެގެންވާ ހާލުގައި ވެސް މައްކާގެ މުޝްރިކުން ވިދާޅުވީ ކަލޭގެފާނަކީ ތެދުވެރި އަމާނާތްތެރިޔެކޭ. އެހެންވީމާ އަދާވާތްތެރިން އެމީހަކަށް ތެދުވެރި އަމާނާތްތެރި ރަނގަޅު މީހެއް ކަމުގެ ލަގަބު ދިނީމާ އޭގެ މާނައަކީ އަޅުގަނޑު އެހާ ހިސާބުން ނިންމިން. އާނ! މިއީ ރަނގަޅު ބޭފުޅެކޭ އަޅުގަނޑުގެ ހަޔާތުގަ މިރޭ ފުރަތަމަ ބައްދަލުވި،" މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިހު އިލްޔާސް ވިދާޅުވިއެވެ. 

ޝެއިހް އިލްޔާސް ވިދާޅުވީ ކޯލިޝަނުން ނެރުނު މެނިފެސްޓޯއަކީ އޭނާގެ ހަޔާތުގައި ރާއްޖޭގައި ނެރުނު އެންމެ ކަމުދާ މެނިފެސްޓޯ ކަމަށާއި އަދި އެއަށްފަހު ފެނިގެންދިޔައީ އޯގާތެރިކަމާއި މަޑުމައިތިރިކަން ކަމަށެވެ. އަދި އެހާ ހިސާބުން އިބޫއަކީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ގާބިލު ބޭފުޅެއް ކަމަށާއި ކުރިޔަށް އޮތް ފަސް އަހަރު އެމަނިކުފާނަށް ވޯޓު ދެއްވަން ނިންމެވި ކަމަށް ޝެއިހް ވިދާޅުވިއެވެ. 

"މި ނެރުނު މެނިފެސްޓޯއަށް ބަލާލިއިރު އަޅުގަނޑުގެ ހަޔާތުގައި ދިވެހިރާއްޖޭގެ މިހާ ހިސާބަށް އަޅުގަނޑަށް ފެނުނު މެނިފެސްޓޯތަކުގެ ތެރެއިން އެންމެ ކަމުދާ އަޅުގަނޑަށް އެންމެ ހިތްގައިމު މެނިފެސްޓޯއަކަށް ވެގެން ދިޔައީ ކޯލިޝަންގެ މެނިފެސްޓޯ ކަމަށްވާތީ. އެހާ ހިސާބުން އަޅުގަނޑު ނިންމީ. ދެން އަޅުގަނޑަށް ފެނުނީ މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި މި ކަންތައްތަށް ފެނުނީމާ އަޅުގަނޑު ހިތަށް އެރީ މިއީ އަޅުގަނޑުމެންގެ މައްޗަށް ވެރިކަން ކުރަން ގާބިލު ބޭފުޅެކޭ ކުރިޔަށް އޮތް ފަސް އަހަރަށް މިބޭފޫޅާއަށޭ ވޯޓު ދޭނީ. އެއަށްފަހު އަޅުގަނޑު ނިންމީ އެއަށްފަހު އަޅުގަނޑަށްވުރެ ނުބައި ނުލަފާ ޖައްބާރު މީހަކު ދުނިޔެ މަތީގައި ނެތްކަމަށް އިއުލާން ކުރެވުނީ. މައްސަލައެއް ނޫން. ﷲ (ސ.ވ.އ) ވޮޑިގެންވާތީ މައްސަލައެއް ނެތް އެއީ ސަބަބަކީ އެ ހުރިހާ ތަފްސީލެއް އަޅުގަނޑު މީގެކުރިން ބަޔާން ކޮށްދީފައިވާތީ،" ޝެއިހް އިލްޔާސް ވިދާޅުވިއެވެ. 

ދޮގު ވާހަކަތަކާއި ފިތުނަ އުފައްދާ ކަމަށް ބުނެ، ޝެއިހް އިލްޔާސް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ވަނިކޮށް މެލޭޝިއާއަށް ވަޑައިގަތުމާއެކު ފިއްލެވީ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވާ ވިދާޅުވީ ފިއްލަވާފައިވާ ކަމަށް ވިދާޅުވުމާއެކު ވަރަށް ދެރަވި ކަމަށާއި އެހާ ހިސާބުން ރާއްޖެ އައުމަށް ނިންމެވި ކަމަށެވެ. އަދި ބޭނުން ވަގުތަކު ބުނި ތަނަކަށް ދާން ހުންނެވީ ތައްޔާރަށް ކަމަށާއި މަރުވާނަމަ މަރުވާނީ ހައްގު ބަސް ބުނެގެން ކަމަށް ޝެއިހް ވިދާޅުވިއެވެ. 

"އަޅުގަނޑު މިހުރީ ތައްޔާރަށް ބޭނުން ތަނަކަށް ބޭނުން ވަގުތެއްގެ ދާން. إِنْ شَاءَ اَللَّه މަރުވާ ކަމަށް ވަނީނަމަ މަރުވާނީ ހައްގު ބަސް ބުނެގެން. މައްސަލައެއް ނޫން. ނަމަވެސް ﷲ ގެ ދަނޑިބުރީގައި ހުރި ބާރު ނޭނގެނީ،" ޝެއިހް އިލްޔާސް ވިދާޅުވިއެވެ. 

މި ޖަލްސާގައި ޝެއިހް އިލްޔާސް ވަނީ އިބޫ އަދި ފައިސަލްއަށް ކާމިޔަބު ދެއްވުމަށް އެދި ހާއްސަ ދުއާއެއް ވެސް ކުރައްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް