19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ސްކޫލްތަކުގެ ކިޔެވުން

ހޯމަ ދުވަހު ސްކޫލްތައް ބަންދު، އެކަމަކު ސަރުކާރު ބަންދެއް ނޫން

  • ވޯޓު ލާ ދުވަސް ކަމަށްވާ އާދީއްތަ ދުވަހު ސަރުކާރު ބަންދު
މުހައްމަދު ފަޒީން | phaxyn

| 20 ސެޕްޓެންބަރ 2018 | ބުރާސްފަތި 14:38 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީން ވޯޓު ލައްވަނީ: އާދިއްތަ އަދި ހޯމަ ދުވަސް ސްކޫލްތައް ބަންދު -- އާކައިވް

އަންނަ ހޯމަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ބަންދުކުރާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ "ރާއްޖެއެމްވީ" އަށް ވިދާޅުވީ ސްކޫލްތައް ބަންދުކުރުމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށާއި ނަމަވެސް ހޯމަ ދުވަހު ސްކޫލްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މުއާޒު ވިދާޅުވީ ހޯމަ ދުވަހު ސްކޫލްތަކުގައި ދަރިވަރުންގެ ކިޔެވުން ބަންދު ކުރި ނަމަވެސް ސަރުކާރު ބަންދު ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އޮފީސްތަކަށް ހޯމަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ. 

މުއާޒު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެކަން އަންގާފައިވާ ކަމަށެވެ.

މުއާޒު ވިދާޅުވީ ހޯމަ ދުވަހު ސްކޫލުތައް ބަންދު ކުރަން ނިންމީ، އާދިއްތަ ދުވަހު ރިޔާސީ އިންތިހާބު އޮންނާތީ، ގިނަ ރަށްތަކުގަ އާއި މާލޭގައި ވޯޓު ފޮށިތައް ބަހައްޓައި، ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ސްކޫލުތަކުގައި ކަމަށް ވާތީ ކަމަށެވެ.

އަންނަ ހޯމަ ދުވަސް އެއީ ސަރުކާރު ބަންދު ދުވަހެއް ނޫން ނަމަވެސް ވޯޓުލާ ދުވަސް ކަމަށްވާ އަންނަ އަދިއްތަ ދުވަސް އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. 

އަންނަ އާދިއްތަ ދުވަހު ރިޔާސީ އިންތިހާބު އޮންނައިރު، ރިޔާސީ އިންތިހާބުގައި 472 ވޯޓު ފޮށި ބަހައްޓަ އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 262,135 މީހުން ތިބިއިރު، ވާދަ ކުރައްވަނީ ސަރުކާރު ހިންގާ ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް