19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

މާލޭ ވިޔަފާރި ބަނދަރު

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

  • އަލަށް ގެނައި ވެހިކަލްތަކުގެ ސަބަބުން ޚިދުމަތް އެތައް ގުނައެއް އަވަސްވެއްޖެ
  • މިހާރު އަމާޒު ހުރީ ބަނދަރު ބޮޑުކުރުމަށް
  • ފަހުގެ ތާރީކުގައި ބޯޓެއް ހުސްކުރަންނުޖެހޭ ދުވަހެއް ނެތް
އަޒުމޫން އަހުމަދު | azmoon_ahmed

| 31 ޖެނުއަރީ 2017 | އަންގާރަ 20:45 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


މާލޭ ވިޔަފާރި ބަނދަރު: އަލަށް ގެނައި ވެހިކަލްތަކާއެކު ޚިދުމަތް އެތައް ގުނައެއް އަވަސް ވެފައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވެ، ތޮއްޖެހުމާ ގުޅިގެން މުދާ ބޭލުމުގައި ލަސްތަކެއް ކުރިމަތިވެ، މުދާ އުފުލާ ކުންފުނިތަކަށް ބޮޑެތި މާލީ ގެއްކުންތައް ކުރަމަތިވަމުންދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މީޑިއާތަކުގެ ފަލަސުރުޚީ އިންނާއި ވިޔަފާރިވެރިންގެ ފަރާތުން އަޑުއިވެމުން އައި ވާހަކަ އެކެވެ. މުދާ ނުބޭލި ތަރުކާރީތަކާއި ބިސްތައް ހަލާކުވެ ގެއްލުންވާ ކަމުގެ ޝަކުވާ އަބަދު ވެސް އިވެއެވެ. ނަމަވެސް، މިއަދު މާލޭ ވިޔަފާރި ބަނދަރު މިވަނީ ފަހުގެ ތާރީޚުގައި ނުހޯދޭވަރުގެ ކާމިޔާބީއެއް ހޯދާފަ އެވެ.

 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން މިވަނީ ބަނދަރު ތޮއްޖެހުމުގެ ސަބަބުން ވިޔަފާރިވެރިންނާއި މުދާ އުފުލާ ކުންފުނިތަކަށް ގެއްލުންތަކާ ކުރިމަތިލާންޖެހުނު ދުވަސް މާޒީގެ ތެރެއަށް ދޫކޮށްލާފަ އެވެ. ކާރޫބާރޫ ބޮނޑު މާލޭ ވިޔަފާރި ބަނދަރު އަންގާރަ ދުވަހު ހޭލީ މުޅިން އެހެން ޒަމާނަކަށެވެ. ފަހުގެ ތާރީޚުގައި ހުސް ކުރާނެ ބޯޓެއް ނެތް ދުވަހަކަށެވެ. ލޭބަރުންތަކަށް ހަމަނޭވާއެއް ލާން ލިބުނު ދުވަހަކަށެވެ.

 

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް އަބަދު ދައްކަމުން ދިޔަ ވާހަކައަކީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ކަމަށެވެ. އަދި ބަނދަރު ބޮޑުނުކޮށް ތޮއްޖެހުމާއި މުދާ ނުބޭލި ލަސްވުމުގެ މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ހަރުއަޑުން ވަކާލާތު ކުރަމުން ދިޔަ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

 

"މިއަދު ބަނދަރު ހުސްވެފައި އެއޮތީ، އަޅުގަނޑުމެންގެ ލޭބަރުން ކުރާނެ މަސައްކަތެއް ނެތިފަ އެތިބީ، އެއީ ބޯޓެއް ނެތް ބަނދަރުގައި،" ޖުނައިދު ވިދާޅުވި އެވެ.

 

ނަމަވެސް، މާލޭ ވިޔަފާރި ބަނދަރަށް ބަދަލުތަކެއް ނުގެނެސް އެމްޕީއެލް އިން މިވަނީ ހައްލެއް ހޯދާފަ އެވެ. ޖުނައިދު ވިދާޅުވީ 140 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަލަށް ގެނައި 22 އުޅަނދާއެކު މުދާ ބޭލުމުގެ މަސައްކަތް އަވަސްވެ އެތައް ތަނަކުން ލުއިފަސޭހަ ވެފައިވާ ކަމަށެވެ.

 

އެމްޕީއެލް އިން ގެނައި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ހަ ރީސްޓިކާ އާއި 10 ޓްރެއިން ކްރޭނާއި ދެ ފޯކްލިފްޓް ޓްރަކާއި ހަތަރު އެމްޓީ ކޮންޓެއިނާ ހޭންޑްލާ އެވެ. މި އުޅަނދުތައް ބޭނުންކުރަން ފަށާފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

 

"މި އެއްޗެހިތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޓީމު ވަރަށް ހުނަރުވެރި. ސަބަބަކީ އެންމެ އުޅަނދެއް ބޭނުންކޮށްގެން ކުރި ދުވަސްވަރު ރަނގަޅު ތަމްރީނެއް ލިބިފައި މިއޮތީ. އެހެންވީމަ އަޅުގަނޑުމެންނަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔައީ ފަހުން ލިބުނު އުޅަނދުތަކާއެކު،" ޖުނައިދު ވިދާޅުވި އެވެ.

 

ޖުނައިދު ވިދާޅުވީ މި އުޅަނދުތަކާ އެކު ވެސް ބަނދަރުގައި ހުރި މައްސަލަތަކަށް ހައްލެއް ލިބުނީ ނޫން ކަމަށެވެ. ނަމަވެސް، އެމްޕީއެލް އިން ދައްކުވައިދެނީ މުވައްޒަފުންނަކީ ގާބިލު ޓީމެއް އޮތް ތަނެއްކަން ޖުނައިދު ފާހަގަކުރެއްވި އެވެ.

 

ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެއުމަށް ވެސް އެމްޕީއެލް އިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 100 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ބަނދަރުގެ މަގަތު ފާލަން 600 މީޓަރަށް ދިގުކުރަން މަޝްރޫއެއްގެ ފެށުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

 

ޖުނައިދު ވިދާޅުވީ އެ މަޝްރޫއާ ގުޅޭ ގޮތުން އެމްޓީސީސީއާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި އެއްބަސްވުމަކަށް އާދެވުނުހާ އަވަހަކަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ޖުނައިދު ވިދާޅުވީ 600 މީޓަރަށް ބަނދަރު ދިގުކޮށްލުމުން އިތުރަށް މަސައްކަތް ލުއިވެ އަވަސްވެގެންދާނެ ކަމަށެވެ.

 

"އަޅުގަނޑު މިހާރު އެމްޓީސީސީއާ ވާހަކަ ދައްކަމުން މިދަނީ އެއީ އަޅުގަނޑަށް އެނގޭ އޭތި އިއުލާނުކޮށްފިއްޔާ މީގަ އެންމެން ބަނގުޑި ބައްދައިގަންނާނެކަން. އެހެންވީމަ އަޅުގަނޑު ބޭނުންވީ އެންމެ ފަސޭހައިން އެކަން ކުރަން،" ޖުނައިދު ވިދާޅުވި އެވެ.

 

މާލޭ ވިޔަފާރި ބަނދަރުގެ ޖެޓީއަށް މިހާރު ކައިރި ކުރެވެނީ އެންމެ ބޯޓެކެވެ. އަދި އެބޯޓް އެތަނުގައި ބާއްވައިގެން ލޯޑު ވެސް ކުރަންޖެހޭއިރު، އެހެން ބޯޓްތައް ތިބެންޖެހެނީ ކިއުގަ އެވެ. ބަނދަރު ބޮޑުކުރުމުން އެއްފަހަރާ ދެ ބޯޓަށް ޚިދުމަތް ދިނުމަކީ އެމްޕީއެލްގެ އަމާޒެވެ. ނަމަވެސް ބަނދަރު ބޮނުކުރަނީސް ވެސް މާލޭ ވިޔަފާރި ބަނދަރު ފުރަތަމަ ފަހަރަށް މިއަދު ވަނީ ހުސްވެފައެވެ. ކިޔުގައި ބޯޓެއް ވެސް ނެތެވެ. މާލޭ ކައިރި ބަނދަރުގައި ވެސް ހުސްނުވެ އޮތް ބޯޓެއް ނެތެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް