19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

ކާޖޮލް ގެ ފިލްމުގައި އަޖޭގެ ރުކް ރުކް ރުކް

  • މިފިލްމަކީ އެކަނިވެރި މައެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 ސެޕްޓެންބަރ 2018 | ބުރާސްފަތި 12:22 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ކާޖޮލް އާއި ފިރިމީހާ އަޖޭ ދޭވްގަން -- ޑެއިލީ އެކްސްޕްރެސް

މިއަހަރު ރިލީޒް ކުރި ގިނަ ފިލްމްތަކުގައި ކުރީގެ ފިލްމްތަކުގެ ލަވަތަކުގެ މިއުޒިކަށް ބަދަލުގެނެސް އެލަވަތައް ވަނީ ހިމަނާފައެވެ.

އެގޮތުން "އޭކް ދޯ ތީން" ، ސަނު އެކް ޕަލް ޗޭން ނަ އާވޭ"، "ދިލްބަރު ފަދަ ލަވަތައް ފާހަގަ ކޮށްލެވެއެވެ.

މި ފަދައިން އަންނަ މަހު ބާރާގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކާޖޮލްގެ ފިލްމް "ހެލިކޮޕްޓަރ އީލާ" ގައި ވެސް 1994 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ވިޖޭޕަތް" ގައި ހިމެނޭ "ރުކް ރުކް ރުކް" މި ލަވަ ހިމެނުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ބެލުންތެރިންގެ މެދުގައި މަޝްހޫރު ވެގެންދިޔަ "ރުކް ރުކް ރުކް" ގެ އޮރިޖިނަލް ލަވައިގައި ފެނިގެން ގޮސްފައި ވަނީ ކާޖޮލް ގެ ފިރިމީހާ އަޖޭ ދޭވްގަން އާއި ތައްބޫއެވެ.

އީލާގައި ކާޖޮލް ފެންނާނީ ލަވަ ކިޔުންތެރިއެއްގެ ރޯލުންނެވެ. މިފިލްމަކީ އެކަނިވެރި މައެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގައި މަޖުބޫރުން ކުރާ ކައިވެންޏަށް ދަރިއަކު ލިބި އެކައިވެނި ރޫޅެއެވެ. އަދި އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ބޮޑުކުރުމަށް ކާޖޮލް މަސައްކަތް ފަށައެވެ. އަދި އޭނާއަށް ލިބިފައިވާ ލަވަކިޔުމުގެ ހުނަރު ތަރައްގީކޮށް ހުވަފެން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއެވެ.

އީލާ އަކީ ގުޖްރާތީ ޕްލޭއެއް ކަމަށްވާ "ބޭޓާ، ކާގްދޯ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް