19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިޚާބު 2018

ނިހާނު ވިދާޅުވި 98 ޕަސެންޓް ދީނީ އިލްމުވެރިންނެއް ނުފެނުނު!

  • ހަފްލާގައި ބައިވެރިވެ ވަޑައިނުގަންނަވާ ކިތަންމެ އިލްމުވެރިންނެއް އެބަތިބި ކަމަށް ވިދާޅުވި
  • "މިހާ ގިނަ އަދަދެއްގެ އިލްމުވެރިންނެއް" މިސަރުކާރު ނޫން ސަރުކާރެއް ދެމެހެއްޓުމަށް ވަޑައިގެންފައި ނުވާކަމަށް ވިދާޅުވި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 20 ސެޕްޓެންބަރ 2018 | ބުރާސްފަތި 02:09 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ރޭގެ ޖަލްސާއަށް ވަޑައިގެންނެވި އިލްމުވެރިން -- ޓްވިޓަރ

ރާއްޖޭގެ ދީނީ އިލްމުވެރިންގެ 98 ޕަސެންޓް ތާއިދު ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ލީޑަރު އަހުމަދު ނިހާން ޙުސައިން މަނިކު ވިދާޅުުވެފައި ވަނިކޮށް، ދީނީ އިލްމުވެރިންގެ މަދު ބަޔަކާއެކު ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް ޖަލްސާއެއް ބާއްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރާއި ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން މިސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ދީނީ އިލްމުވެރިންނެވެ.

ރިޔާސީ އިންތިޚާބަށް ތިން ދުވަހަށް ވެފައިވާއިރު، ދީނީ އިލްމުވެރިންގެ ތާއިދު އޮތްކަން ދައްކަން ބޭއްވި ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުންގެ އަދަދު މަދުކަންް ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ހަމައެކަނި ދައުވަތު ދެއްވާފައިވާ އިލްމުވެރިން ކަމަށެވެ. އެކި އުޒުރުތަކާއި ހެދި މާލެއާއި ރާއްޖޭގެ ރަށްތަކުގައި އިލްމުވެރިން އެބަ ތިއްބެވި ކަމަށާއި "މިހާ ގިނަ އަދަދެއްގެ އިލްމުވެރިންނެއް" މިސަރުކާރު ނޫން ސަރުކާރެއް ދެމެހެއްޓުމަށް ވަޑައިގެންފައި ނުވާކަމަށެވެ.  

"މިތަނަށް ވަޑައިގެން ތިއްބެވީ ވަރަށް މަދު ދީނީ އިލްމުވެރިންނެއް. އަޅުގަނޑުމެން ދައުވަތު ދީގެން  ވާހަކަ ދައްކަން ދައުވަތު ދިން ދީނީ އިލްމުވެރިން އެކަނި. އަދި އޭގެ އިތުރުން ބައެއް ދައުވަތު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން އެކަނި. އެކިއެކި އުޒުރުތަކާއި ވިދިގެން ރާއްޖެތެރެއިންނާއި އަދި މާލެއިން މިރޭ މި ހަފްލާގައި ބައިވެރިވެ ވަޑައިނުގަންނަވާ ކިތަންމެ އިލްމުވެރިންނެއް އެބަތިބި އަޅުގަނޑަށް އެބޭފުޅުންގެ މެސެޖް ކޮންމެ ދުވަހަކުމެ ލިބޭ. މިހާ ގިނަ އިލްމުވެރިންނެއް އެސަރުކާރެއް ދަމަހައްޓަން ބޭނުންވާ ސަރުކާރެއް ނާދޭ ރައީސް ޔާމީންގެ ސަރުކާރު ފިޔަވާ. އެއީ ކީއްވެގެންތޯ. އޭގައި އޮންނާނެ ސަބަބު ތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދެންނެވި ސަބަބުތަކާއި ހުރެ އަޅުގަނޑަށް ރައީސް ޔާމީނަށް ތާއީދު ކުރެވެނީ އެމަނިކުފާނުގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރަނީ އަޅުގަނޑުގެ ނަފްސް އަޅުގަނޑަށް އެބަ ގޮވާލާ،" ޝަހީމް ވިދާޅުވިއެވެ.

މި ސަރުކާރަށް ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން 98 ޕަސެންޓް އިލްމުވެރިން ތިއްބެވި ކަމަށް ވިދާޅުވެ ނިހާނު ކުރެއްވި ޓްވީޓްގައި ވަނީ 66 ދީނީ އިލްމުވެރިން ފޮޓޯއެއް ހިމަނުއްވާފައެވެ. އެހެން ބައެއް ބޭފުޅުންގެ ފޮޓޯ ހިމަނައި އެއީ އިސްލާމްދީނުގެ އަދުއްވުންގެ ގޮތުގައި ސިފަ ކުރައްވާފައި ވެއެވެ. އެ މީހުންނާ އެއް ކަނެއްގައި ބައެއް ދީނީ އިލްމުވެރިންގެ ފޮޓޯ ހިމަނައި، އެ އިލްމުވެރިން ވިސްނަން ނުވޭތޯ ސުވާލު ކުރައްވާފައި ވެއެވެ. ދީނުގެ ޢަދާވާތްތެރިން ކަމަށް ބުނެ ޝައިޚުންގެ ފޮޓޯ ހިމެނި މައްސަލައިގައި ޝެއިހް މުހައްމަދު އަނީލް ވަނީ ނިހާނާ ދެކޮޅަށް އަބުރުގެ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައެވެ.

ފަހުން ނިހާން ވަނީ އެޓްވީޓު ޑިލީޓް ކުރައްވާފައެވެ. ނިހާން ކުރެއްވި ޓްވީޓް ޑިލީޓު ކުރެއްވީ އެ ޕޯސްޓުގައި ފޮޓޯ ޖަހާފައިވާ ބައެއް ދީނީ އިލްމުވެރިން އެކަމާއި ނުރުހުން ފާޅުކޮށް އެމައްސަލަ ހޫނު ވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެޑަމް

5 މަސް ކުރިން

ދީނީ އިލްމްވެރިންގެ ކިބައިގައި އިޙްލާސްތެރިކަމެއް ހުރިނަމަ ވަކި ކޮޅަކަށް ނުޖެހި ވަކި ބައެއްގެ ކޮޅަށް ނާރާ މިނިވަންކަންމަތީ ކަން އޮތްގޮތް ރައްޔިތުންނަށް ސާފުކޮށްދީ އެބޭފުޅުންނަށް ރަނގަޅުގޮތް ހިއްސާކުރަން... ވަކި ބައެއްގެ ތައްޕާހުގަ ތިބެގެން އިލްމްވެރިންވިޔަސް ދައްކާ ވާހަކައަށް އިތުބާރު ކުޑަވާނެ...

0
0