19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ވޯޓުލުމުގެ އިންތިޒާމްތަކާމެދު ހުރި ބައެއް ކަންތައްތަކަށް ހައްލު ހޯދައިދޭނެ ކަމަށް އީސީން ބުނި : ހިސާން

  • ޓްރޭނިންގައި ކިޔާދިން ގޮތަށް ބައެއް ކަންކަން ނުކުރާނެ ކަމަށް ބުނި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 20 ސެޕްޓެންބަރ 2018 | ބުރާސްފަތި 00:56 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް ހިސާން ހުސެއިން -- ޓްވިޓަރ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ މެދު ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތައް އިލެކްޝަނަށް ހުށައެޅުމުން އެޝަކުވާތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީކަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވަނީ އީސީއަށް ހުށައެޅި ކަންބޮޑުވުންތަކާ އަދި އެކަންކަމާމެދު އެ ފަރާތުން ދީފައިވާ ޖަވާބު މީޑިޔާއާ ހިއްސާ ކުރައްވާފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށްފަހު ނަތީޖާ ޝީޓް ޓެބްލެޓަށް އެންޓަކުރުމަށް ފަހު ޕްރިންޓް ކުރުމެވެ. ކުރިން މިހެން އޮތް ނަމަވެސް ހިސާން ވިދާޅުވީ އެކަން އެގޮތަށް ނުކުރުމަށް އީސީއިން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި މިހާރު އިލެކްޝަނުން ޔަގީންކަން ދީފައި ވަނީ ކުރިއެކޭ އެއްގޮތަށް ނަތީޖާ ޝީޓްގައި ވަގުތީ ނަތީޖާ އަތުން ލިޔެ ވޯޓުލާ މަރުކަޒުގައި ހިއްޕުމަށް ފަހު ޓެބްލެޓް މެދުވެރިކޮށް ފަހުން އީސީއަށް ނަތީޖާ ފޮނުވުން ކަމަށެވެ.  

"އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މިއަދު ޔަގީންކަން ދެއްވި، ވިދާޅުވީ ކުރިން މި ފޮތުގައި (ވޯޓުލާ ދުވަހު އަމަލުކުރާނެ ގޮތް ބަޔާންކުރާ ފޮތުގައި) ލިޔެފައި އޮތީ ކުރިން އެގޮތައް އަމަލު ކުރަން ނިންމާފައި އޮތީމާ ކަމަށް. ނަމަވެސް އެ ގޮތަށް ބަދަލު ކޮށްފީމޭ،" ހިސާން ވިދާޅުވި އެވެ.

އަނެއް ކަމަކީ ވޯޓު ކަރުދާސް ބަންޑެލް ކުރުމަށްފަހު ރައްޔިތުނަށް ވޯޓު ކަރުދާސް ދެއްކުމަށް އޮންނަ އޮތުމާ ގުޅޭ ކަންބޮޑުވުމެވެ. ހިސާން ވިދާޅުވީ އެއީ ވެސް ވޯޓުލުމުގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާން ކުރާ ފޮތުގައި ބަލަންވާ ވަރަށް ނުބަލާ ލިޔެފައިވާ އެއްޗެއް ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށެވެ. އަދި ވޯޓުގުނާއިރު ވަކި ވަކިން ގުނަމުންދާ ވަރަކުން ކަރުދާސްކޮޅު ދައްކަމުންދާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ މިހާ ލަސް ދަނޑިވަޅެއްގައި އެ ބޭފުޅުން ޓްރޭނިން ދިން ފޮތުގައި މިހެން ލިޔެފައި އޮތީމަ. އެވަރަށް ބެލެން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ،" ހިސާން ވިދާޅުވި އެވެ.  

ދެ ވޯޓް ފޮށި ފޮނުވާފައިވާ މަރުކަޒުތަކުގައި ދެ ވޯޓްފޮށި އަބަދުވެސް ފެންނާނެހެން ބެހެއްޓުމަށާއި އަދި އެ ބަންދުކުރުމާއި ހުޅުވުން އެންމެން ކުރިމަތީ ގައި ކުރިއަށް ގެންދިއުމަށް އިލެކްޝަނުގައި އެދުމުން އެކަން އެގޮތަށް ކޮށްދޭނެ ކަމުގެ ޔަގީންކަން އިލެކްޝަނުން ދީފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އަދި އެއްވެސް ސަބަބަކާހުރެ ވޯޓުލުން ހުއްޓާލަން ޖެހުނު ނަމަވެސް އަދި ފުލުހުން އެތަނަށް ވަންނަން ޖެހުނު ނަމަވެސް އެތަނުން އޮބްޒާވަރުންނާއި މޮނިޓަރުން ނު ނެރޭނެ ކަމުގެ ޔަގީކަން ވެސް އިލެކްޝަނުން ހޯދާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގެ ސެކިއުރިޓީ ސިފަތަކަކީ ކޮބައިކަން ބުނެދިނުމަށާއި އަދި ވޯޓުލާން އަންނަ މީހާއަށް އެ ވޯޓުކަރުދާހަކީ ސައްހަ ކަރުދާހެއްކަން ބުނެދިނުމަށް އެދުމުން އެކަމާމެދު ފަހުން ގޮތެއް ނިންމާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އަދި ވޯޓު ގުނަމުންދާއިރު ބާރަށް ގުނަމުން ނުގޮސްދާނެތީ ކަންބޮޑުވުން އޮތް ކަމަށާއި އެހެން ނަމަވެސް ވޯޓު ގުނަމުންދާއިރު ބާރަށް ގުނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ވޯޓުލެވޭ މީހުންގެ ލިސްޓްގައި ނެތް މީހަކަށް ވެސް ވަކި މައްސަލަތަކެއްގައި އިލެކްޝަންސް ކޮމިޝަނުން ނިންމައިފި ނަމަ ވޯޓުލުމުގެ ފުރުސަތު ދޭ ގޮތައް އިލެކްޝަނުން ނިންމާފައިވީ ނަމަވެސް އެކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ. ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކޮށްފައިވާ ވޯޓާސްލިސްޓް އަދިވެސް އަތަށް ލިބިފައި ނުވާ މައްސަލައިގައި އިލެކްޝަނުން ދީފައިވާ ޖަވާބަކީ ވޯޓުލާ މަރުކަޒުގައި ސޮއިކޮށްފައިވާ ލިސްޓް އެންމެނަށް ފެންނާނެހެން ހަރުކޮށްފައި ހުންނާނެ ކަމުގެ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމައެހެންމެ ވޯޓުލާ ދުވަހު އަމަލު ކުރަން ޖެހޭ ގޮތް އެންމެނަށް ފެންނާނެހެން ވޯޓްލާ މަރުކަޒުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް އެދުނު ނަމަވެސް އެކަމާމެދު ގޮތެއް ނުނިންމާ ކަމަށް ހިސާން ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް