21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ރިޔާސީ އިންތިޚާބު 2018

ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް

  • ދީނީ އިލްމުވެރިންނަށް މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނުދޭހާ މިނިވަންކަން މިސަރުކާރުން ދީފައިވާކަމަށް ވިދާޅުވި
  • ޝެއިޚް އިލްޔާސް ދަރުސް ދެއްވުމުގެ ހުއްދަ މި ސަރުކާރުން ބާތިލްކުރި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 20 ސެޕްޓެންބަރ 2018 | ބުރާސްފަތި 00:18 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: ރާއްޖެ އެމްވީ

ކޮރަޕްޝަން އަކީ ނަސޭހަތް ދީގެން ރަނގަޅުކުރެވޭނެ ކަންތައްތައް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ބާއްވާ ރިޔާސީ އިންތިހާބުގައި، ރައީސް ޔާމީނަށް ތާއީދު ކުރައްވާ މަދު އިލްމުވެރިންތަކާއެކު ދަރުބާރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ކޮރަޕްޝަނާއި އަނިޔާވެރިވުން އެއީ ނަސޭހަތްދީގެން ގައުމުގައި ރަނގަޅުކުރެވޭނެ ކަންކަންކަމަށެވެ.

"އަޅުގަނޑުމެންނަށް މި ޝަކުވާ މިއިވެނީ އެކިއެކި މުއައްސަސާތަކުގެ ކޮރަޕްޝަން ހުންނަނީއޭ ނުވަތަ ބައެއްމީހުން އަނިޔާވެރިވަނީއޭ. މިކަންކަމަކީ ނަސޭހަތްދީގެން ރަނގަޅު ކުރެވޭނެ ކަންތައްތައް. އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެގެން ރަނގަޅުކުރެވޭނެ ކަންތައްތައް. އެކަމަކު އެގައުމެއްގެ ހަމަޖެހުމާއި އެގައުމެއްގެ އެގައުމެއްގެ ސުލްހަވެރިކަމާއި އެގައުމެއްގެ ދީނީ ވަހުދަތަށް ހުރަސް އެޅިއްޖެކަމުގައިވާނަމަ މި ދެންނެވި އަސާސްތައް ހަލާކުވެއްޖެ ކަމުގައިވާނަމަ ދެން އެގައުމެއް ރަނގަޅު ގޮތުގައި ދެމިއެއް ނޯންނާނެ."ޝަހީމް ވިދާޅުވިއެވެ.

ދިވެހި ތާރީޚުގައި ވެސް އެންމެ ބޮޑު ޚިޔާނާތް ހިންގާފައިވަނީ މި ސަރުކާރުން ކަމަށް ރައީސް އަބްދުﷲ ޔާމީން އިއުތިރާފުވެވަޑައިގެންފައިވާއިރު، އެ މަނިކުފާނުގެ މި ވެރިކަމުގައި އަނިޔާވެރިކަން ވެސް އިންތިޚާއަށް ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އާ ގާނޫނު އަސާސީ އުފަންވެ، ސިޔާސީ ޕާޓީތައް އުފެދުމަށް ފަހު އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުން ޖަލަށްލީ މި ސަރުކާރުންނެވެ. 

ދީނީ އިލްމުވެރިންނަށް މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނުދޭހާ މިނިވަންކަން މިސަރުކާރުން ދީފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. މިސަރުކާރުން އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށާއި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުގެ ދީނީ ދަރުސް ދެއްވުން މިސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. 

"ރާއްޖޭގައި އެއްވެސް ސަރުކާރެއް ނާދޭ އިސްލާމީ ދައުވަތަށް މިހާ މިނިވަންކަން ދީފައި އޮތް ސަރުކާރެއް. އެއްވެސް ސަރުކާރެއް ނާދެ ރައީސް ޔާމީންގެ ސަރުކާރު ފިޔަވައި އިސްލާމީ ދައުވަތަށް މިހާ މިނިވަންކަން ދީފައި އޮތް ސަރުކާރެއް. ނިކަން ބައްލަވާ އަޅުގަނޑުމެންގެ އެއް އަޚް ޑރ. އިޔާޒު އަބްދުލް ލަތީފު. އަޅުގަނޑުގެ ވަރަށް ގާތް އަޚެއް ރަހުމަތްތެރިއެއް. އެބޭފުޅާއަކީ ސަރުކާރާއި އިދިކޮޅު ވަރަށް ވަރުގަދަ ފަހުލަވާނެއް. އެކަމަކު އެބޭފުޅާގެ އިސްލާމީ ދައުވަތަށް ސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތި ކުރައްވައިފިތޯ. އެއް ދުވަހު ފުރުޣާން މިސްކިތުގައި. އަނެއް ދުވަހު ހުޅުމާލެ މިސްކިތުގައި. ބަރާބަރަށް ތަރުތީބުކޮށް ދެ މިސްކިތުގައި އިމާމުކަން ކުރުމާއި ނޫނީ ދަރުސް ދެއްވުން. އެއް މިސާލު އަޅުގަނޑު މިދެންނެވީ،"ޝަހީމް ވިދާޅުވިއެވެ.

ދީނީ ފަތުވާއެއް ދީގެން މިސަރުކާރު އެއްވެސް ދީނީ ޢިލްމުވެރިއަކަށް ގޯނާއެއް ކޮށްފައި ނުވާ ކަމަށް ޝަހީމް މީގެ ކުރިންވެސް ވިދާޅުވެފައެވެ.  ނަމަވެސް ޝެއިޚް އިލްޔާސް ހުސައިން ދީނީ ފަތުވާ ދެއްވުމުގެ ހުއްދަ 2016 ގައި މިސަރުކާރުން ބާތިލް ކުރިއެވެ.

ޝެއިޚް އިލްޔާސްގެ ދީނީ ދަރުސް ދެއްވުމުގެ ހުއްދަ ބާތިލުކުރީ އައްޑޫސިޓީ ފޭދޫ މިސްކިތުގައި، ނުބައްލަވައި ހުކުރު ހުތުބާ ވިދާޅުވުމުންނެވެ. ނަމަވެސް އޭނާއަކީ އޭރު ނުބައްލަވައި ޚުތުބާ ވިދާޅުވުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Suda

4 މަސް ކުރިން

Hajam nuviyas bodu varu. Gina ilmuverin thibi

0
0
ރާފަޅާ

4 މަސް ކުރިން

ނަޞޭޙަތްދޭމީހުން ވައްދަމުންދަނީ ޖަލަށްކަން ބޭފުޅާއަށް ހަމަ ނުފެންނަނީތޯ

0
0
އލއ

4 މަސް ކުރިން

ޝަހީމް އަށް އެނގިލައްވާނެ ކޮރަޕްޝަނާ އަނިޔާވެރިކަން ނަސޭހަތް ދީގެން ރަނގަޅުވާ ފަދައިން އެބޭފުޅުން އެ ވިދާޅުވަާ ލާދީނީކަން ވެސް ނަސޭހަތް ދީގެން ރަނގަޅު ވާނެކަން, * އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް, ހަނގުރާމަ ކުރި ކިތައް ކިތައް މީހުން ތޯ އަސްލާމް ވެ ދީނަށް ނަޞްރު ދިނީ؟

0
0