23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

އައިސީޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ހަދާނަން: އިބޫ

 • 25 އަހަރު ވެސް ދެއްކީ އަސްލު ސޫރަ: އިބޫ
 • ރައްޔިތުންގެ ނިންމުން ބަދަލު ކުރާނެ މުއައްސަސާއެއް ނުހުންނާނެ ކަމަށް ވިދާޅުވި
 • ވޯޓަކީ ނޫޓަށް ގަނެވޭނެ އެއްޗެއް ނޫން
ޙުސައިން ޙަސަން | hucenhassan

| 20 ސެޕްޓެންބަރ 2018 | ބުރާސްފަތި 00:14 | |

މަގުބޫލް

 1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އައިސީޓީ)ގެ ދާއިރާއިން ގައުމީ ޔުނިވާސިޓީގައި ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ސިޓީ ހައްދަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ ސިޓީއަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް އިއުލާން ކުރައްވާފައެވެ.

ފުވައްމުލަކުގެ ހުރިހާ ބޮޑު މަގެއްގައި ތާރު އަޅައި، ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފަތާ ފެންގަނޑެއް ހަދާނެ ކަަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ރަށުގައި ސިޓީ ހޮޓަލެއް ގާއިމުކޮށް، އެ ރަށުގައި 1000 ޓޫރިސްޓު އެނދު ތަރައްގީ ކުރައްވާނެ ކަމަށެވެ.

ފުވައްމުލަކަކީ ތައުލީމީ ގިނަ ބަޔަކު އުފެއްދި ރަށެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސީޓީގައި އައިސީޓީއަށް ހާއްސަ ފެކަލްޓީއެއް ހައްދަވާނެ ކަމަށާއި އެ ފެކަލްޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ހައްދަވާނެ ކަމަށެވެ. ތާރީހީ މުހިއްމު ބިނާތަކެއް ހުރި ފުވައްމުލަކުގައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އޯޕަން މިއުޒިއަމެއް ތަރައްގީ ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އިބޫ ވިދާޅުވީ ވޭތުވެދިޔަ 25 އަހަރު އެމަނިކުފާނު ދެއްކެވީ އަސްލު ސޫރަ ކަމަށާއި ދައުލަތުގެ ލޯ ލާރިއެއްގައި ވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތަކަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ ވޯޓަކީ، ފައިސާގެ ނޫޓަށް ގަނެވޭނެ އެއްޗެއް ނޫންކަން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ނިންމުން ބަދަލު ކުރާނެ މުއައްސަސާއެއް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެޑަމް

7 މަސް ކުރިން

މިކަންކަމުން ތައުލީމް ހާޞިލްކުރަން މާލެއަށް ބަރީސާވާ މިންވަރު ކުޑަވެގެންދާނެ. އަދި މާލޭ މީހުނަށްވެސް އެއިރުން ގެ ކުއްޔަށްދީފަ އައިސް ރާއްޖެތެރޭ ރަށްރަށުގަ ކުދިންނަށް ތަޢުލީމްދޭން ތިބެވޭނެ...

0
0