21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސީ އިންތިހާބު 2018

ޝާހިދުގެ އިލްތިމާސް: އައިޑީ ކާޑަށް ސަމާލުވެ ތިބޭ، ވިއްކާނުލާތި!

  • ފުވައްމުލަކަށް ގެންނެވިކަމަށް ސަރުކާރުން ބުނާ ތަރައްޤީ ފެންނާން ނެތްކަމަށް ވިދާޅުވެ ޝާހިދު ފާޑުވިދާޅުވި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 19 ސެޕްޓެންބަރ 2018 | ބުދަ 23:39 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ވޯޓުލުމަށް ބޭނުންކުރާ އައިޑީ ކާޑާއި، ޕާސްޕޯޓް ފަދަ ތަކެއްޗަށް ރަނގަޅަށް ސަމާލުވެ، އެ ތަކެތި ރައްކާކޮށްގެން ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ފުވައްމުލަކުގައި އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ މޮޑަރން ސިޓީއަށް ވެފައިއޮތީ ކިހިނެއްތޯ ސުވާލު އުފެދޭކަމަށާއި، މޮޑަރން ސިޓީގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ފުވައްމުލަކަށް ފޮނުވީ ސިޓީ އުރައެއް ކަމަށެވެ. އަދި އެ ސިޓީގައި އޮތީ 500 ރުފިޔާގެ އެންމެ ނޫޓެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެން އެ ސިޓީ އުރައަށް 1.2 ބިލިއަން ލެއްވިކަމަށް ވިދާޅުވިކަން ޝާހިދު ފަހަގަކުރެއްވި އެވެ. 

ޝާހިދު ފާހަގަކުރައްވާފައިއެވަނީ މި ސަރުކާރުގައި ފުވައްމުލަކުގެ ތަރައްޤީއަށް 1.2 ބިލިއަން ރުފިޔާ ހަރަދުކުރެއްވިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަފުޅަށެވެ. 

ޝާހިދު ވިދާޅުވީ ފުވައްމުލަކަކީ ފަލަ މަޑީގެ ބާވަތްތައް އުފައްދާ ރަށެއްކަން އެނގޭކަމަށާއި، ނަމަވެސް 1.2 ބިލިއަން ރުފިޔާ މި ބިމުގެ އަޑިއަށް ދަމައިގަތްގޮތެއް ނުވަތަ އޭތި ހެދިފައި ހުރިތަނެއް އެނގެންޖެހޭ ކަމަށެވެ. އަދި ފުވައްމުލަކުގެ ބިމުގެ އަޑިއަށް އަބްދުﷲ ޔާމީން ފޮނުއްވި 1.2 ބިލިއަން ރުފިޔާއަކީ ދެ ލައްކައަށްވުރެ ގިނަ އުމުރުން ދޮށީ މީހުންނަށް އިނާޔަތްދެވޭ އަދަދުގެ ފައިސާކަމަށް ޝާހިދު ވިދާޅުވި އެވެ. 

"މި ފުވައްމުލަކަށް ވަޑައިގެން އިފްތިތާހްކޮށްދެއްވައިފި މި ރަށުގެ ފެނާއި ނަރުދަމާ ނިޒާމް. ހަމަ ގައިމުވެސް ފުވައްމުލަކުގެ ރައްޔިތުން މި ތަނުގައި މި ތިބީ، އެއްވެސް ގެޔަކަށް ތިޔަ ހޮޅި ފެނެއް ނުދޭ. ގުޅިފައި ހުރި ތަނެއް ނެތް، ވަންނަ ފެނެއް ނެތް ދަމާ ނަރަކު ނެތް، ނަރުދަމާގައި ހިނގާ ނަޖިހެއް ނެތް، މިއީ މިއަދުގެ ހާލަތު، މި ފުވައްމުލަކު ސިޓީއަށް ފޮނުވި އުރައިގައި ހުރި ހާލަތު" ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ އިބޫ އާއި ފައިސަލްގެ ވެރިކަމެއްގައި ފުވައްމުލަކު ސިޓީއަކީ ހަޤީޤީ ސިޓީއަކަށް ހައްދަވާނެ ކަމަށެވެ. 

ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން  -- ފޮޓޯ: ރާއްޖެ.އެމްވީ

އިތުރަށް ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ވޯޓަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، ވޯޓުލާން ދާއިރު ބޭނުންވާނެ އައިޑީ ކާޑާއި، ޕާސްޕޯޓް އަދި ލައިސެންސް ކާޑަށް ރަނގަޅަށް ބަލަންޖެހޭކަމަށެވެ. އަދި ރަށުތެރެ ވަރަށް ބޮޑަށް ނާމާންވެފައިވާ ކަމަށާއި، ކުދިންގެ އައިޑީ ކާލަމުން ރަށު ތެރޭގައި ދުވާކަމަށް ޝާހިދު ވިދާޅުވި އެވެ. 

"ގޭގޭގައި ބާރަށް ކިޔަމުންގެންދާންވީ، ދެ ނަމާދު ދޭތެރޭގައި ކުދިން ނިންދަވަން އަރާއިރު ކިޔަންވީ ވަގު ބުޅަލާ ނާދޭ، މިގޭ ދޮށަށް ނާދޭ، މި ގެޔަކު ނެތޭ ވިއްކާ އައިޑީ ކާޑެއް، ކަލޯ މިގޭ ދަށަށް ނާދޭ" ޝާހިދު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް