17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ިރިޔާސީ އިންތިޚާބު 2018

ފުވައްމުލަކަށް ޚަރަދު ކުރި 1.2 ބިލިއަން ރުފިޔާއެއް ފެންނަން ނެތް: ޝާހު

  • 1 ބިލިއަން ރުފިޔާ ފުވައްމުލަކަށް ޚަރަދުކުރައްވާނެކަމަށް ވިދާޅުވުމުން 3 ފަހަރު ބަޖެޓަށް ވޯޓު ދިނިން
މިއުވާން މުހައްމަދު | Miuvaan

| 19 ސެޕްޓެންބަރ 2018 | ބުދަ 23:30 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޝާހު ވާހަކަ ދައްކަވަނީ -- އެމްޑީޕީ

ފުވައްމުލަކަށް މި ސަރުކާރުގައި 1 ބިލިއަން ރުފިޔާ ޚަރަދުކުރައްވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންނެވިކަމަށާއި، އެ ވަޢުދާއި ގުޅިގެން 3 ފަހަރު ދައުލަތުގެ ބަޖެޓަށް ވޯޓު ދެއްވިކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި އެެރަށަށް ނިސްބަތްވާ އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމާއިއެކު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ އެ 1.2 ބިލިއަން ރުފިޔާ ޚަރަދުކުރިތަން ފެންނަން ނެތްކަމަށެވެ. 

މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ސަރުކާރުން ބުނަމުންދާ ޝާހު ވިދާޅުވީ 3 އަހަރުވީ އިރުވެސް ފުވައްމުލަކަށް ކަމެއް ކޮށްނުދެވުމުން ދެން އިތުރަށް ސަރުކާރުގެ ބަޖެޓަށް ވޯޓު ނުދެވޭނެކަމަށް ސަރުކާރަށް އެންގިކަމަށެވެ. ޝާހު ވިދާޅުވީ ފުވައްމުލަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ނުހޯދުނުއިރު ރަށުގެ ހަލާކުވެފައިވާ މަގުތައް ރަނގަޅު ފެންވަރަކަށް ނުހެދޭކަމަށެވެ. އަދި ޝާހު ނިސްބަތްވާ ދާއިރާގައި ހުރި ސްކޫލްގެ އެންމެ ހޯލެއް ނެހެދިގެން ވިހި ފަންސަވީސް ފަހަރު ރައީސް ޔާމީނަށް މެސެޖް ކުރަން ޖެހުނުކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެރަށަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފިކަމަށް ރައީސް ޔާމީން އެވިދާޅުވަނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ތޮށި ލުމާއި، ހުރިހާ މަގުތަކެއްވެސް ހެދުން ހިމެނޭ ގޮތަށްކަމަށެވެ. އެހެން ނަމަވެސް އެތަންތަން ނެހެދި ހުރިކަން އެނގޭނީ އެތަންތަން ފެންނަ މީހުންނަށްކަމަށާއި، މިސަބަބުތަކާއި ހުރެ، ރައީސް ޔާމީންގެ އަރިހުގައި އެބޭފުޅުން ތިއްބަވަން ޖެހޭ ސަބަބެއް ނެތްކަމަށް ޝާހު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން

އެމްޑީޕީ ސަރުކާރުން ފުވައްމުލަކަށް ކުރެއްވި ޚަރަދުކަމަށް ވިދާޅުވެ، ރައީސް ޔާމީން ކުޑަކުޑަ އަދަދެއް ވިދާޅުވިއިރު، އެހެން ވިދާޅުވާން ރައީސް ޔާމީން އެރަށަށް ވަޑައިގެން، ފައިބާވަޑައިގެންނެވި އެއަރޕޯޓަކީ ރައީސް ނަޝީދުގެ ސަރުކާރުން އެޅި އެއަރޕޯޓެއްކަން ރައީސް ޔާމީން ހަނދުމަފުޅު ނެތްކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އޭނާއަކީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެންނަން އެރަށުގައި އެންމެ ގިނައިން ޕޯޑިއަމްތަކަށް އަރައި، އެންމެ ގިނައިން މެނިފެސްޓޯ ވިއްކި މީހާކަމަށާއި، އެރަށަށް ރައީސް ޔާމީންއަށް ކަމެއް ކޮށްނުދެވޭކަމަށެވެ. އެހެންކަމުން ފުވައްމުލަކު ރައްޔިތުން ރައީސް ޔާމީންއަށް ވޯޓު ދެއްވަން ޖެހޭ ސަބަބެއް ނެތްކަމަށް ޝާހު ވިދާޅުވިއެވެ. ޝާހު ވިދާޅުވީ ފުވައްމުލަކު ރައްޔިތުން ގުނބޯ ނުހެއްދޭނެކަމަށާއި، ރައީސް ޔާމީން ބަލިކުރާނެކަމަށެވެ.

މިސަރުކާރުން އިދިކޮޅު ފަރާތްތަކަށް ތާއިދުކުރާ ސަރުކާރުގެ މުވައްޒަފުންނާއި މެދު އަމަލުކުރަމުންދާ ގޮތަށްވެސް ޝާހު ފާޑުވިދާޅުވިއެވެ. އަދި ސަރުކާރު މުވައްޒަފުންނަށް ޖެއްސުންކުރުން ހުއްޓާލަން ޖެހޭކަމަށް ވިދާޅުވަމުން ޝާހު ވަނީ ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، އިސްލާމިކް ޔުނިވަރސިޓީއިން މުސާރަ ނަންގަވައިގެން ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ކެމްޕެއިން ކުރައްވަން ވަޑައިގަންނަވާތީ، އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އަދި ޝަހީމް މަޤާމުގެ ޒިންމާ އަދާނުކުރައްވާކަމަށް ޝާހު ވިދާޅުވިއެވެ. ރަނިންގމޭޓްކަމަށް ހަމަޖެއްސުމުންވެސް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަމުން ޝަހީމް އިސްތިއުފާ ނުދެއްވާތީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް