23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

އިބޫ އާއި ފައިސަލްގެ ފުވައްމުލަކު ދަތުރާ އެކު، ސަރުކާރުގެ ގިނަ ވައުދުތަކެއް ފުވައްމުލަކަށް!

  • ފުވައްމުލަކީ ސިޓީއަކުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބޭ ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 19 ސެޕްޓެންބަރ 2018 | ބުދަ 17:42 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު: ފުވައްމުލަކުގައި ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައި -- ފޮޓޯ: މުހައްމަދު ޝަރުހާން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ރަނިންގމޭޓް ފައިސަލް ނަސީމް ފުވައްމުލަކު އަދި އައްޑޫ ސިޓީއަށް ކެމްޕޭން ދަތުރުފުޅެއް ފެއްޓެވުމާއެކު ފުވައްމުލަކަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ސަރުކާރުން ވައުދުވެއްޖެއެވެ. 

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިތުރު ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ފުވައްމުލަކީ ސިޓީއަކުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބޭ ތަނަކަށް ހައްދަވާނެ ކަމަށެވެ. އެގޮތުން، ފުވައްމުލަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ކުނީގެ މައްސަލަތައް ފަދަ ނާޒުކު އަދި ގޮންޖެހުންތައް ބޮޑު މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ފުވައްމުލަކުގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން 500 ކޮޓަރިއާ އެކު ކޮންފަރެންސް ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކާށިދޫގައި ކުރިއަށްގެންދާ ޕްރޮޖެެކްޓް ނިމުމާ އެކު ފުވައްމުލަކުގައި ޓޫރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 20 ބްލޮކް ހިމެނޭ ގޮތަށް ހަދާ 500 ކޮޓަރީގެ ގެސްޓް ހައުސް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބޭރުގެ ލޯނުގެ އެހީއާ އެކު 400 މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ. 

"މި މަސައްކަތް ފަށާތާ ފަސް މަސް ތެރޭގައި ނިންމާލެވޭނެ. މިއާ އެކު މަސައްކަތް ފެށުމުން އިމާރާތް ކުރުމުގެ ދާއިރާގެ ތެރެއިން ވެސް ވަޒީފާތަކެއް އުފެދިގެންދާނެ. ކުރިން މި ހަދާ ގޮތަކީ ބޮޑު އިންވެސްޓަރެއް ގޮސް ގިނަ ވަސީލަތްތައް މި ހަދަނީ،"

ޓޫރިޒަމް ފުޅާކުރައްވާނެކަމުގެ ވައުދާ އެކު ސަރުކާރުގެ ގިިނަ ވައުދުތަކެއް މިނިސްޓަރު ޒަމީރު ހާމަކުރެއްވިއިރު، އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓާއި، ރަނިންގ މޭޓް ފައިސަލް ނަސީމް ވަނީ ފުވައްމުލަކަށް ދަތުރުފުޅު ފައްޓަވާފައެވެ. އަދި އެ ބޭފުޅުންގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޓޫރިޒަމް ފުޅާކުރެއްވުމުގެ ވައުދު ހިމެނެއެވެ. 

އޭގެ އިތުރުން ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ފަހު، ސިޓީއަކުން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް އަދިވެސް އޮތީ ފުވަމުލަކުން ނުލިބިއެވެ. އެއީ އެ ސިޓީގެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުމަކަށް ވާއިރު، އިދިކޮޅު އިއްތިހާދުން ވަނީ އެކަން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހާމިދު

7 މަސް ކުރިން

ނޫސްވެރި ކަމުގައި އުޅޭ ހުރިހާ ކުދިންނަށް ސާބަހޭ

0
0