19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މެންބަރު އަބްދުﷲ ސިނާން

ރައީސް ޔާމީނަށް ވޯޓް ހޯދަން މަސައްކަތްކުރުމަކީ ހެދުނު ގޯހެއް، ކައްފާރާ މި ދައްކަނީ ފުރާނައިން: ސިނާނު

  • މިއަދު ތަޖުރިބާ ކުރަނީ ފަސް އަހަރު ކުރިން އަމިއްލަ އަތުން ހެދުނު ގޯހުގެ ހިތި ރަހަ
  • އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ ކަނދުރާ ތިރި ނުކުރާނަން
އަޒުމޫން އަހުމަދު | azmoon_ahmed

| 19 ސެޕްޓެންބަރ 2018 | ބުދަ 17:26 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް އަބްދުﷲ ޔާމީނު އިންތިހާބު ކުރުމަށް މަސައްކަތް ކުރުމަކީ ހެއްދެވުނު ބޮޑު ގޯހެއް ކަމަށް ފާހަގަކުރައްވައި، މައްޗަންގޯޅި ދެކުނު ރައްޔިތުންގެ ކިބައިން އެ ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު މައާފަށް އެދިވަޑައިގެންފިއެވެ.

ޖަލު ބަންދުގައި ހުންނެވި ސިނާނު ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއަދު ތަޖުރިބާ ކުރަންޖެހިފައި ވަނީ މީގެ ފަސް އަހަރު ކުރިން ލީ ވޯޓުގެ ހިތި ރަހަ ކަމަށާއި ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް މައްޗަންގޯޅި ދެކުނަށް ނިސްބަތްވާ ރައްޔިތުން ކައިރިއަށް ވަޑައިގަތީ އޭނާ ކަމަށެވެ. 

"އެ ދުވަހު މައްޗަންގޯޅި ދެކުނު ރައްޔިތުންނަށް ސިޔާސީ ހެޔޮ މަގު ދެއްކުމުގެ ބިޔަ، އަދި ބޮޑު ޒިންމާ ކޮނޑުއަޅައިގެން ނިކުމެ ހުރި މީހަކީ ނިކަމެތި އަޅުގަނޑެވެ. އެ ދުވަހު ވެސް އަޅުގަނޑުގެ ނިޔަތް ރަނގަޅެވެ. އަދި އަޅުގަނޑުގެ މަގްސަދުވެސް މަތިވެރިއެވެ." ސިނާނު ވިދާޅުވެފައިވެއެވެ.

މައްޗަންގޯޅި ދެކުނަށް ނިސްބަތްވާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަމުން ސިނާނު ވިދާޅުވީ މާފުށީ ކުޑަގޮޅީގައި ބޭއިންސާފާއި އަނިޔާވެރިކަމުގެ ދުވަސްތައް ފާއިތުކުރައްވަމުން ގެންދަވާއިރު، ހިތާމަކުރައްވަނީ އެންމެ ކަމަކާ ގުޅިގެން ކަމަށެވެ. އެއީ "ރަހުމެއް ނެތް ސަރުކާރުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް" ރައްޔިތުން ވުމަށް މެދުވެރި ސަބަބަކީ އޭނާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"މިއަދު މި އަނިޔާވެރިކަމުގައި މި ހަމަހިމޭން މާފުށީ ކުޑަގޮޅީގައި، އަނިޔާވެރިކަމާއި ބޭއިންސާފުގެ ދުވަސްތައް ފާއިތުވަމުންދާއިރު، އަޅުގަނޑުގެ ސިންގާއެއް ފަދަ ވަރުގަދަ ހިތަށް ދަތިކުރުވާ އޮތީ ހަމަ އެންމެ ކަމެކެވެ. އަޅުގަނޑުގެ ދެރަވަނީވެސް ހަމަ އެންމެ ކަމެއް އަޅުގަނޑަށް އިހުސާސް ކުރެވޭ ހިނދުގައެވެ،" ސިނާނު ވިދާޅުވެފައި ވެއެވެ.

މިއަދު އޭނާގެ ހާލު ހުރި ގޮތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތްތޯ ސުވާލު ކުރައްވަމުން ސިނާނު ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މެދު އަމަލުކުރަމުންދާ ގޮތް ވަޒަން ކޮށްލުމުން އޭނާއާ މެދު ކަންހިނގާނެ ގޮތް ތަސައްވަރުކުރަން ފަސޭހަވާނެ ކަމަށެވެ. އެހެން ނަމަވެސް އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީގައި ހިތްވަރު ކުރައްވާނެ ކަމަށް ސިނާނު ވިދާޅުވެފައި ވެއެވެ.

"އެހެން ކަން އޮތް ނަމަވެސް މި އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ އަޅުގަނޑު ހިތްވަރު ކުރާނަމެވެ. ތިޔަލޮބުވެތި ރައްޔިތުންގެ ހައްގު ހޯދުމަށް އަޅުގަނޑު މިކުރާ މަސައްކަތުގައި ދެގޮތެއްނުވެ ސާބިތުވެ ހުންނާނަމެވެ. އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ ދުވަހަކު ވެސް ކަނދުރާ ތިރި ނުކުރާނަމެވެ،" ސިނާނު ވިދާޅުވެފައި ވެއެވެ.

ސިނާނު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވައި ހެއްދެވުނު ގޯހުގެ ކައްފާރާ ދައްކަމުން ގެންދަނީ އޭނާގެ ފުރާނައިން ކަމަށާއި އެހެން ނަމަވެސް މި ގޯހުގެ ސަބަބުން އުފަންވި ސަރުކާރުގެ ޝިކާރައަކަށް އެއްވެސް ރައްޔިތަކު ވުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.

"... މި ގޯހުގެ ބަނޑުން އުފަންކުރުވި ރައީސް ޔާމީނުގެ އަނިޔާވެރި ސަރުކާރުގެ ޝިކާރައަކަށް، މައްޗަންގޯޅި ދެކުނުގެ ހަމަ އެއްވެސް ރައްޔިތަކު ވުމަކީ އަޅުގަނޑުގެ ހިތްތަކަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑަށް އެކަމަށް ރުހި ގަބޫލެއް ނުވެވޭނެއެވެ." ސިނާނު ވިދާޅުވެފައި ވެއެވެ.

މިއަދު އަނިޔާއާ ކުރިމަތިލައްވަމުން ގެންދަވަނީ އޭނާ ކަމަށް ފާހަގަކުރައްވައި ސިނާނު ވަނީ އޭނާގެ އަޑު އަބަދަށް ކަނޑުވާލުމަށް ފަހު ދެން އަނިޔާވެރިކަމުގެ ޝިކާރައަކަށް ވާނީ ކާކުތޯ ސުވާލު ކުރައްވާފައެވެ.

"އެކަމުގެ ޝިކާރައަކަށް ވާނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ލޯބިވާ ބައްޕައިންނާއި ބޭބެއިންނެވެ. ލޯބިވާ ކޮއްކޮ އިންނާއި ދައްތައިންނެވެ. ލޯބިވާ ފިރިންނާއި ދެލޯ ފަދަ ދަރީންނެވެ." ސިނާނު ވިދާޅުވެފައިވެއެވެ.

ސިނާނު ވިދާޅުވީ މި އަނިޔާވެރިކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށާއި 2013 ވަނަ އަހަރު ހެދުނު ބޮޑު ގޯސް އިސްހާލުކުރަން ތަނަވަސް ފުރުސަތެއް މިއަދު ފަހިވެފައިވާ ކަމަށެވެ. ބުއްދިވެރިންނަކީ މާޒީން އިބްރަތް ހާސިލްކޮށް މުސްތަގުބަލް ބިނާކުރާ މީހުން ކަމަށް ފާހަގަކުރައްވަމުން ސިނާނު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް އަޅައިދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ސިނާނުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް