21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ރިޔާސީ އިންތިޚާބު 2018

އިބޫ އާއި ފައިސަލް ބައިވެރިވަޑައިގަންނަވާ ޖަލްސާ މިރޭ ފުވައްމުލަކުގައި!

  • އިބޫ އާއި ފައިސަލް ފުވައްމުކަލަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު
  • މިރޭ ފުވައްމުލަކުގައި ޖަލްސާ ބާއްވާއިރު، ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ހިތަދޫގައި ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައި
  • އިބޫ އާއި ފައިސަލް ފުވައްމުލަކުން އައްޑޫ ސިޓީއަށް ފުރާވާޑައިގަންނަވާނީ ބުރާސްފަތި ދުވަހު ހެނދުނު
މުހަންމަދު ވިސާމް | sampathmasiw

| 19 ސެޕްޓެންބަރ 2018 | ބުދަ 17:17 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


މިރޭގެ ޖަލްސާއަށް ފުވައްމުލަކު މައިލޯ ދަނޑު ތައްޔާޜުކުރަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ބައިވެރިވަޑައިގަންނަވާ ޖަލްސާއެއް މިރޭ ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މި ކެމްޕެއިންގެ އެންމެ ފަހު ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ފުރަތަ ޖަލްސާއެވެ. ފައިސަލްގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކުގައި މި ޖަލްސާ ބާއްވަނީ އެރަށު މިސްކިތް މަގު މައިލޯ ދަނޑުގައެވެ. އާބާދީގައި ގާތްގަނޑަކަށް 13000 މީހުން ދިރިއުޅޭ ފުވައްމުލަކު ސިޓީގައި މިރޭ 9:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިޖަލްސާގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ ހާމަކުރިފަހުން ކެނޑިޑޭޓާއި ރަނިންގމޭޓް ބައިވެރިވަޑައިގަންނަވާ މި ޖަލްސާގައި، ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން މެނިފެސްޓޯއާއި ގުޅޭގޮތުން ވާހަކަ ދައްކާނެއެވެ. ކެމްޕޭނުގެ އެއްމެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީގައެވެ. މިޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ގައެވެ.

 

މިރޭގެ ޖަލްސާއަށް ފުވައްމުލަކު މައިލޯ ދަނޑު ތައްޔާރުކުރަނީ

މި އިންތިހާބުގައި ފުވައްމުލަކުގައި ވޯޓްލުމުގެ ހައްގު ލިބިފައި ވަނީ 5726 މީހުންނަށެވެ. ފުވައްމުލަކުގައި ޖުމްލަ 10 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ފައިސަލް އާއި އިބޫ ބުރާސްފަތި ދުވަހުގެ ހެނދުނު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު އިބޫ އާއި ފައިސަލް އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހުޅުމީދޫއަށެވެ. އެ އަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަހައްދުގައި ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ވެގެންދާނީ މި އިންތިހާބުގައި އަތޮޅުތެރޭ ރަށެއްގައި އިބޫ އާއި ފައިސަލް ބައިވެރިވަޑައިގަންނަވާ އެންމެ ފަހު ޖަލްސާއަށެވެ.

އިބޫ އާއި ފައިސަލް ވަނީ މި އިންތިހާބުގައި ކެމްޕެއިން ކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ 187 އަށް ރަށަށް ވަޑައިގެންފައެވެ. އިބޫ 153 ރަށަށް ވަޑައިގެންނެވިރު، މި އިންތިހާބުގެ ކެމްޕެއިން ދެ ބޭފުޅުން ފެއްޓެވީ ވެސް އައްޑޫ ފުވައްމުލަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް