23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ގޮންޒާލޯ ހިގުއެން

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

  • އިޓާލިއަން ލީގުގެ އެއްވަނައިގައި ޔުވަންޓަސް އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު
ލީވާން އަލީ | MrLeevaan

| 31 ޖެނުއަރީ 2017 | އަންގާރަ 20:10 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ


ޔުވަންޓަސްގެ ފޯވާޑް ހިގުއައިން -- ޓްވިޓަރ

އިޓާލިއަން ލީގުގައި އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ، ޔުވަންޓަސް އަށް ލީގު ތަށި ހޯދުމަށް ގާތަށް ޖެހިލެވޭނެ ކަމަށް ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ބުނެފި އެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެމުން ހިގުއެން ބުނީ އަންނަ އާދީއްތަ ދުވަހު އިންޓަމިލާނާ ދެކޮޅަށް ޔުވަންޓަސް ކުޅޭ މެޗުން ޔުވަންޓަސް އަށް ތިން ޕޮއިންޓް ލިބިއްޖެ ނަމަ އެ ކްލަބަށް ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ ކަމަށެވެ.

 

ހިގުއައިން ބުނީ އެ މެޗު ވެގެންދާނީ ވަރަށް ވާދަވެރި މެޗަކަށް ކަމަށާއި، މޮޅުވާން އުނދާގޫވާނެ ކަމަށެވެ. އެހެން ނަމަވެސް ރަނގަޅު އަޒުމަކާ އެކު ނިކުމެއްޖެ ނަމަ މޮޅުވެވޭނެ ކަމަށް ވެސް ހިގުއައިން ވަނީ ބުނެފައެވެ.

 

އިންޓަ އަށް އިހުތިރާމްކުރަންޖެހޭ ކަމަށް ފާހަގަކުރަމުން ހިގުއައިން ބުނީ އެޓީމުގެ ދިގު ތާރީހުގައި އިޓަލީ ލީގުގައި އަދި އެހެނިހެން މުބާރާތްތަކުގައި ވެސް ގިނަ ތަށިތަކެއް ކާމިޔާބުކޮށްފައިވާ ކަމަށެވެ.

 

މި ސީޒަނުގައި ޔުވަންޓަސް އަށް ހިގުއައިން މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އޭނާ ވަނީ 21 މެޗު ކުޅެ 15 ލަނޑު މިހާތަށް އެޓީމަށް މި ސީޒަނުގައި ކާމިޔާބުކޮށްފައެވެ. އޭނާ މި ސީޒަނުގައި ޔުވަންޓަސްއާ ގުޅުނީ 90 މިލިއަން ޔޫރޯގެ އަގަކަށެވެ.

 

އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ޔުވަންޓަސް އޮތީ ކުޅުނު 21 މެޗުން ލިބުނު 51 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. ޔުވަންޓަސްގެ ފަހަތުން ދެވަނައިގައި އޮތީ 22 މެޗުން 47 ޕޮއިންޓް ހޯދާފައިވާ ރޯމާ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް