19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

އަރުޖުން ކަޕޫރު ކައިވެނި ކުރާނެ މީހަކު މާމަ ދައްކައިފި

  • ޕަރިނީތީ ޗޯޕްޅާއަކީ އެންމެ ގުޅޭ މީހާ ކަމަށް ވަނީ ބުނެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 19 ސެޕްޓެންބަރ 2018 | ބުދަ 11:26 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އަރުޖުން ކަޕޫރު -- ގޫގުލް

ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރު ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވާ ކަމަށް އޭނާގެ އުފަންދުވަހު އޭނާގެ މާމަ ވަނީ ބުނެފައެވެ.

އަރުޖުން ވެސް ވަނީ އޭނާގެ އުފަންދުވަހު މާމަ ލިޔެފައިވާ ނޯޓް ސޯޝަލް މީޑިއާގައި ޝެއަރ ކޮށްފައެވެ.

ބޮމްބޭޓައިމްސް އަށް ދިން އިންޓްވިއު އެއްގައި އަރުޖުން ބުނެފައި ވަނީ އޭނާގެ މާމަ ގަބޫލުކުރާ ގޮތުގައި އޭނާގެ ދެން އެންމެ އަވަހަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ނަމަސްތޭ އިންގްލެޑް" ގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަކީ ކައިވެނި ކުރުމަށް އެންމެ ގުޅޭ މީހާ ކަމަށެވެ.

އަރުޖުން ކުރިން ބުނެފައިވަނީ އޭނާގެ 33 ވަނަ އުފަންދުވަހު އޭނާގެ މާމަ "އިންޒާރެއް" ދީފައިވާ ކަމަށެވެ. އަރުޖުން ބުނެފައި ވަނީ މާމަގެ އިހުސާސްތައް މީގެ ކުރިން އެހާ ސީދާ ގޮތެއްގައި ހާމަނުކުރާ ކަމަށާއި ކައިވެނީގެ ވާހަކަ މީގެ ކުރިން ދައްކަނީ މަޖަލަށް ކަމަށެވެ.

މާމަ އޭނާގެ ކިބައިން އެދިފައި ވަނީ ވަރަށް މަދު ކަމަކު ކަމަށާއި މާމަގެ އެ އެދުން އެންމެ ރަނގަޅު ވަގުތު ފުއްދައި ދޭނެ ކަމަށް އަރުޖުން ވަނީ ބުނެފައެވެ.

އަރުޖުންގެ ކައިވެންޏާ ގުޅޭ ގޮތުން އޭނާ ކުރިން ބުނެފައި ވަނީ ކައިވެނީގެ މުހިއްމުކަން އޭނާ ގަބޫލު ކުރާ ކަމަށާއި ކައިވެނި ކަންކަން ހަމަޖެހުމުން އެކަން ހާމަކުރާނެ ކަމަށެވެ. އަރުޖުން ބުނެފައި ވަނީ އޭނާ ކައިވެނި ކުރުމުގެ ކުރިން އޭނާގެ ކޮއްކޮމެން، އަންޝުލާ ކަޕޫރާއި، ޖާންވީ ކަޕޫރު އަދި ހުޝީ ކަޕޫރުގެ ކައިވެނި ކުރަން ބޭނުންވާ ކަމަށެވެ.

އޭނާގެ ކައިވެނި ކުރަން ވަގުތު އެބަ އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ. ދާދި ފަހުން ކަޕޫރު އާއިލާއިން ވަނީ ދެ ކައިވެންޏެއް ކޮށްފައި ކަމަށާއި (މޮހިތު މަރްވާ އަދި ސޯނަމް ކަޕޫރު) އެހެންކަމުން އާއިލާގެ މެންބަރުން ތިބޭނީ ވަރުބަލިވެފައި ކަމަށާއި އިތުރު ކައިވެންޏަކަށް ތައްޔަރުވާން އާއިލާއަށް ވަގުތު ދޭން ޖެހޭނެ ކަމަށް އަރުޖުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް