19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

އިބޫ އާއި ފައިސަލްގެ ކެމްޕެއިންގެ ފަހު ދަތުރުފުޅު އައްޑޫ އާއި ފުވައްމުލަކަށް!

  • އިބޫ އާއި ފައިސަލް ފުވައްމުކަލަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު
  • މިރޭ ފުވައްމުލަކުގައި ޖަލްސާ ބާއްވާއިރު، ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ހިތަދޫގައި ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައި
  • އިބޫ އާއި ފައިސަލް ފުވައްމުލަކުން އައްޑޫ ސިޓީއަށް ފުރާވާޑައިގަންނަވާނީ ބުރާސްފަތި ދުވަހު ހެނދުނު
މުހަންމަދު ވިސާމް | sampathmasiw

| 19 ސެޕްޓެންބަރ 2018 | ބުދަ 10:25 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ފުވައްމުލަކަށް މީގެ ކުރިން ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމްގެ އެންމެ ފަހު ކެންޕެއިން ދަތުރުފުޅެއްގެ ގޮތުގައި އައްޑޫ އަދި ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ކެމްޕެއިންގެ އެންމެ ފަހު ދަތުރުފުޅުގައި އިބޫ އާއި ފައިސަލް، އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ފައިސަލްގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކު ސިޓީއަށެވެ. ފުވައްމުލަކަށް އިބޫ އާއި ފައިސަލް ވަޑައިގަތުމަށް ހަމަޖެހިފައިވާ ވަނީ ބުދަ ދުވަހު ހަވީރު 6:00 ގައެވެ. އާބާދީގައި ގާތްގަނޑަކަށް 13000 މީހުން ދިރިއުޅޭ ފުވައްމުލަކު ސިޓީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.

އިބޫ އާއި ފައިސަލް ބައިވެރިވަޑައިގަންނަވާ މި ޖަލްސާ އޮންނާނީ ފުވައްމުލަކު ސްޓޭޑިއަމް (މައިލޯ ދަނޑު) ގައެވެ. މި ޖަލްސާ ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެއެވެ.

މި އިންތިހާބުގައި ފުވައްމުލަކުގައި ވޯޓްލުމުގެ ހައްގު ލިބިފައި ވަނީ 5726 މީހުންނަށެވެ. ފުވައްމުލަކުގައި ޖުމްލަ 10 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އިންތިހާބަށް ތިން ދުވަސްވެފައި ވަނީ މި ދަތުރުފުޅުގައި ފައިސަލް އާއި އިބޫ ބުރާސްފަތި ދުވަހުގެ ހެނދުނު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު އިބޫ އާއި ފައިސަލް އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހުޅުމީދޫއަށެވެ. އެ އަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަހައްދުގައި ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ވެގެންދާނީ މި އިންތިހާބުގައި އަތޮޅުތެރޭ ރަށެއްގައި އިބޫ އާއި ފައިސަލް ބައިވެރިވަޑައިގަންނަވާ އެންމެ ފަހު ޖަލްސާއަށެވެ.

އިބޫ އާއި ފައިސަލް ވަނީ މި އިންތިހާބުގައި ކެމްޕެއިން ކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ 187 އަށް ރަށަށް ވަޑައިގެންފައެވެ. އިބޫ 153 ރަށަށް ވަޑައިގެންނެވިރު، މި އިންތިހާބުގެ ކެމްޕެއިން ދެ ބޭފުޅުން ފެއްޓެވީ ވެސް އައްޑޫ ފުވައްމުލަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް