19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެމެރިކާގެ ސުޕްރީމް ކޯޓު

ކެވަނައުގެ މައްޗަށް ތުހުމަތުކުރި މީހާއަށް މަރުގެ އިންޒާރު

  • ބްލޭސީ ތުހުމަތުކުރަނީ 1982ގައި ހިނގިކަމެއްކަމަށްބުނެ
އަބުދުﷲ މުހައްމަދު | 8Abbo

| 19 ސެޕްޓެންބަރ 2018 | ބުދަ 08:49 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ބްލޭސީއަށް މަރުގެ އިންޒާރުދީ ފުރައްސާރަ ކުރަމުންދާކަމަށް އޭނާ ބުނޭ -- ގެޓީ އިމޭޖާސް

އެމެރިކާގެ ސުޕްރީމް ކޯޓަށް ޢައްްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި ފަނޑިޔާރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރި އަންހެން މީހާއަށް މަރުގެ އިންޒާރު ދީފިކަމަށް އަންހެން މީހާގެ ވަކީލު ވިދާޅުވެއްޖެއެވެ.

ކްރިސްޓީން ބްލޭސީ ފޯޑްސް ވަނީ ސުޕްރީމް ކޯޓަށް ޢައްްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި ބްރެޓް ކެވަނޯ އޭނާ ރޭޕް ކުރަން އުޅުނުކަމުގެ ތުހުމަތުކޮށްފައެވެ.

ބްލޭސީގެ ވަކީލް ވަނީ އެ މައްސަލައިގައި ސެނޭޓަށް ހެކިބަސް ދިނުމަށް އަންނަ ހަފްތާގައި އެތަނަށް ހާޒިރުވާން އޭނާގެ މުވައްކިލު އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ.

ބްލޭސީގެ ވަކީލް ލީސާ ބޭންކްސް ސީއެންއެންގައި ވިދާޅުވީ ބްލޭސީއަށް މަރުގެ އިންޒާރުދީ ފުރައްސާރަ ކުރަމުންދާކަމަށެވެ.

ވަކީލް ވިދާޅުވީ ސެނޭޓަށް ހެކިބަސްދިނުމުގެ ކުރިން ބްލޭސީ ބޭނުންވަނީ ކެވަނައުގެ މައްސަލަ އެފްބީއައިއިން ތަހުގީގުކުރުމަށްކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތު އެޅިފައިވާ ކެވަނައު އެ ތުހުމަތު ދޮގުކުރައްވާއިރު އެ މަނިކުފާނު ވައިޓް ހައުސްއަށް ދެވަނަ ފަހަރަށް ވަޑައިގެންފައި ވެއެވެ.

ކެލިފޯނިއާގައި ސައިކޮލޮޖީ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޕްރޮފެސަރ ކްރިސްޓީން ބްލޭސީ ތުހުމަތުކުރަނީ 1982 ވަނަ އަހަރު ވޮޝިންގޓަންގައި ކެވަނައު އާއި އޭނާއާއި ދެމީހުންގެ ފުރާވަރުގެ އުމުރުގައި އުޅުނުއިރު ކެވަނައު މަސްތުގެ ހާލުގައި ހުރެ އޭނާގެ ހެދުން ބާލުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ބްލޭސީ ބުނެފައި ވަނީ އެނދުމައްޗަށް އޭނާ ވައްޓާލުމަށްފަހު ހަޅޭއްލަވަން އުޅުމުން ކެވަނައު އޭނާގެ އަނގަމަތީގައި އަތްއަޅާފައިވާކަމަށެވެ.

އުމުރުފުޅުން 53 އަހަރުފުޅުގެ ކެވަނައު ވަނީ އެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއްކަމަށް ވިދާޅުވެފައެވެ.

ބްރެޓް ކެވަނޯ އަކީ ގިނަ މައްސަލަ ތަކެއްގައި ކޮންޒަވޭޓިވް ވިސްނުމަށް ބުރަވެ ވަޑައިގެންފައިވާތީ ދެބަސްވެވޭ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރެއްވި ފަނޑިޔާރު އެންތޮނީ ކެނެޑީގެ ބަދަލުގައެވެ.

ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިއުނާފް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ސުޕްރީމް ކޯޓަށް ޓްރަމްޕް ހޮއްވެވި ކެވަނައު އަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ މުޝީރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް