16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި މާފުށީ ޖަލުގެ އޮޑިޓެއް ހައްދަވާނަން: އިބޫ

  • ޖަލަކީ އިންސާނުން ދިރިއުޅެން ހެޔޮވާވަރު ތަނެއް ނޫން
  • ޖަލުގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތައް ބަލާނަން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 18 ސެޕްޓެންބަރ 2018 | އަންގާރަ 21:30 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގައި މާފުށި ޖަލުގެ އޮޑިޓެއް ހައްދަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ރައްޔިތުންގެ ދަރުބާރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މާފުށީ ޖަލުގެ ހާލަތަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި މާފުށީގެ ޖަލުގެ ފުރިހަމަ އޮޑިޓެއް ކުރައްވާނެ ކަމަށެވެ. އިބޫ ވިދާޅުވީ، ޖަލުގެ ހާލަތު ރަގަޅު ކުރުމަށްޓަކައި ޖަލުގެ ކަންކަން ބެލެހެއްޓުމަށް އިތުރު މުވައްޒަފުންވެސް ބޭނުންވާ ކަމަށެވެ.

އިބޫ ވިދާޅުވީ، މިފާއިތުވެދިޔަ ދުވަސްތަކުގައި އަޑި ނޭނގޭ ގޮތަށް ބަޔަކު ޖަލުގައި ނިޔާވެފައިވާ ކަމަށާއި އެގޮތުން މި ދައުރުގެ ތެރޭގައި 20 ވަރަކަށް މަރު ހިނގާފައިވާ ކަމަށެވެ.

ޖަލަކީ އިންސާނުން ތިބެން ހެޔޮވާވަރު ތަނެއް ނޫން ކަން އަމިއްލަފުޅަށް ވެސް ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ އެކަންކަން ހައްލު ކުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ކަމުގައި ގޮދަނޑި އާއި އެ ނޫން ވެސް ތަކެތި ޖަލަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މި ސަރުކާރުން ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް އިބޫ ވިދާޅުވިއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް