15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ރިޔާސީ އިންތިޚާބު 2018

ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ

  • ވަކި ދާއިރާއެއް ވަކި ގިންތިއެއް ނެތި ހުރިހާ ސިވިލް ސާވިސް މުއައްޒަފުންނަށް ވެސް މުސާރަބޮޑުވެގެން ދާނެ
  • މިނިމަމް ވޭޖެއް ކަނޑައެޅުމަށް ޓަކައި ކަމާގުޅޭ ހުރިހާ ފަރާތްތައް އެއް މޭޒެއްގެ ދޮށަށް ގެންނާނަން
އާމިނަތު ނުޒުހާ | nuzu8121

| 18 ސެޕްޓެންބަރ 2018 | އަންގާރަ 21:29 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
  4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
  5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
  7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
  8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު -- ރާއްޖެއެމްވީ

ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފައްޓަވާނެކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިބޫ ވިދާޅުވެެއްޖެއެެވެ.

ރިޔާސީ ކެންޑިޑޭޓަށް ޚާއްސަކޮށްގެން ރާއްޖެޓީވީން އަންގާރަ ދުވަހުގެރޭ ބޭއްވި "ރައްޔިތުންގެ ދަރުބާރު" މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަށްޓަކައި ކަމާގުޅޭ ހުރިހާ ފަރާތްތައް އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެތެރޭގައި އެއް މޭޒެއްގެ ދޮށަށް ގެންނަވާ އެކަމާއި މެދު މަޝްވަރާކުރައްވާނެކަމަށެވެ.

އިބޫ ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިންނާއި ބޭރު މީހުންނާއި މެދުވެސް މުސާރައިގެ ތަފާތުކުރުންތައް އެބައޮތްކަމަށެވެ. އިބޫ ވިދާޅުވީ ވަކި ދާއިރާއެއް ވަކި ގިންތިއެއް ނެތި ހުރިހާ ސިވިލް ސަރވިސް މުއައްޒަފުންނަށް ވެސް މުސާރަ ބޮޑުވެގެން ދާނެކަމަށެވެ.

އެމަނިކުފާނުގެ ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ މުއައްޒަފުންގެ އެންެމެ ބޮޑު އެއް ޝަކުވާއަކީ އެކަށީގެންވާ ގޮތެއްގައި ސަރވިސް ޗާޖާއި ޓިޕްސް ނުލިބޭ ކަމުގެ ޝަކުވާ ކަމަށެވެ. އިބޫ ވިދާޅުވީ، ސަރވިސް ޗާޖާއި ޓިޕްސް ދިނުމުގައި ގާނޫނެއްގައި ވަކި ޕަސެންޓެއް ކަނޑައެޅިފައި ނުވި ނަމަވެސް އެބޭފުޅުންގެ ސަރުކާރެއްގައި އެކަން ޒިންމާދާރު ގޮތެއްގައި ކުރޭތޯ މޮނިޓަރ ކުރައްވާނޭކަމަށެވެ.

"ގާނޫނެއްގައި ވަކި ޕަސެންޓެއް ކަނޑައެޅިފައެއް ނެތް. އެހެންނަމަވެސް ޓިޕްސްއާއި ސާވިސްޗާޖު ހަމަ ހަމަގޮތެއްގައި ލިބޭނެގޮތް ހަދައިދޭނަން" އިބޫ ވިދާޅުވިއެވެ.

އެބޭފުޅުންގެ ވެރިކަމެއްގައި ވަޒީފާގައި ޖިންސްގެ ތަފާތު ކުރުމާއި މުސާރައިގެ ތަފާތު ކުރުންތައް ނައްތާލައްވާނެކަމަށް އިބޫ ވިދާޅުވިއެެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ވަކި ޖިންސެއް ނެތި ވަޒީފާގެ އުޖޫރަ ހަމަހަމަކޮށްދޭނަން. ވަޒީފާދޭ ފަރާތުގެ ޝަކުވާ އެބައޮތް. ޗުއްޓީއެއް ނެގުމެއް ނެތި މުއައްޒަފު ގެއްލޭތަން އާދޭ، މިއަށް އެބަ ޖެހޭ ވަޒީފާ އަދާކުރާ މީހާގެ ޒިންމާއެއް ނަގަން" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ވަޒީފާ ދޭ މިހާއާއި ވަޒީފާ އަދާކުރާ ފާރާތުގެ ހައްގުތައް ކަށަވަރުވާންޖެހޭކަމަށެވެ. އަދި އެބޭފުޅުންގެ ވެރިކަމެއްގައި އެކަން ކަށަވަރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

MDA

3 މަސް ކުރިން

Iboo vareh nei

0
0
mdp

3 މަސް ކުރިން

Saabahey iboo

1
0