20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ކްރިކެޓް

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

  • މުބާރާތުގެ ފުރަތަމަ ބުރުގައި ހަސަން ދެމަސް ހޭދަކުރާނެ
  • މި ފުރުސަތު ހަސަނަށް ލިބުނީ އޭނާގެ މޮޅު ކުޅުމުގެ ސަބަބުން
  • މިއީ ކްރިކެޓް ކުޅުންތެރިއަކަށް ބޭރު ގައުމަކުން ލިބުނު ފުރަތަމަ ފުރުސަތު
ނާފިއު ރަޝީދު | NaphiuR

| 31 ޖެނުއަރީ 2017 | އަންގާރަ 19:50 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން އިބްރާހިމް -- ރާއްޖެއެމްވީ

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން އިބްރާހިމަށް މެލޭޝިއާގެ ސްޓޭޓް ކްރިކެޓް ޓީމަކުން ފުރުސަތު ލިބިއްޖެ އެވެ.
 

މެލޭޝިއާގައި ކުޅުމުގެ ފުރުސަތު ހަސަން އަށް ލިބުނީ މެލޭޝިއާގެ ސްޓޭޓެއް ކަމަށްވާ ޕެނަންގް ސްޓޭޓުގެ ޓީމުންނެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގައި ހަސަން ދެ މަސް ދުވަހު އެޓީމާއެކު ހޭދަކުރާނެ އެވެ.
 

ކްރިކެޓް ބޯޑުން ބުނީ ޕެނަންގް ޓީމަށް ކުޅުމުގެ ފުރުސަތު ހަސަނަށް ލިބުނީ ދާދި ފަހުން މެލޭޝިއާގެ ގައުމީ ކްރިކެޓް ޓީމާއެކު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން ކަމަށެވެ.

 

މެލޭޝިއާގެ ކްރިކެޓް ބޯޑުގެ ރައީސްގެ ދައުވަތަކަށް މިދިޔަ މަހު 29 އިން މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެގައުމުގެ ގައުމީ ޓީމާއި 23 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ވަނީ އެކުވެރިކަމުގެ ހަތް މެޗު ކުޅެފަ އެވެ.
 

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހަސަން މެލޭޝިއާ އަށް ގޮސް ޓީމާ ގުޅޭނެ އެވެ. އޭނާގެ ފުރަތަމަ މުބާރާތަކަށް ވާނީ އެ ގައުމުގެ ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ގޮތުން ޕެނަންގް ކުޅޭ މުބާރާތެވެ. އެކި ސްޓޭޓްތަކުގެ މެދުގައި ކުޅޭ މި މުބާރާތަކީ ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްދާ މުބާރާތެކެވެ.
މިއީ ދިވެހި ކްރިކެޓް ތާރީހުގައި ރާއްޖޭގެ ކުޅުންތެރިއަކު ބޭރުގެ ކްލަބަކަށް ކުޅޭ ފުރަތަމަ ފަހަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް