17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި

 • ފައިސާ ބަހާފައި ވަނީ އިންނަމާދޫއިން މާލެ އައި ބަޔަކަށް
 • ކޮންމެ މީހަކަށް 500 ރުފިޔާގެ ނޫޓެއް ދީފައިވޭ
 • ފައިސާ ބެހި މީހާއަށް ގުޅާލުމުން އަޑު އިވޭ ކަމަކަށް ނުވި
ޙުސައިން ޙަސަން | hucenhassan

| 18 ސެޕްޓެންބަރ 2018 | އަންގާރަ 18:21 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ޕީޕީއެމް ޖަލްސާއަށް މާލެ ގެނައި މީހުންނަށް ފައިސާ ބަހަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ޕީޕީއެމްގެ ސައިޒު ދައްކާލުމަށް ބާއްވާ ޖަލްސާއަށް އަތޮޅު ތެރެއިން މާލެ ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯތަކުން ފެންނަނީ ވިލިމާލެ ފެރީޓާމިނަލް ސަރަހައްދަށް ކައިރި ކުރި ބޯޓަކުން ފޭބި ބަޔަކަށް ފައިސާ ބަހާ ތަނެވެ. އެގޮތުން ކޮންމެ މީހަކަށް 500 ރުފިޔާގެ ނަގުދު ފައިސާ ބަހާ ތަން ވީޑިއޯއިން ފެނެއެވެ. އޭގެ އިތުރުން އަޑުގަދަ ކުރާއެއް ބޭނުންކޮށްގެން ވާހަކަ ދެއްކި މީހަކު ބަނދަރު ސަރަހައްދުގައި ހުރެ، ބުނަމުން ދިޔައީ ރ. އިންނަމާދޫއިން މާލެ އައި މީހުން, ހަސަން ޝަރީފު ކިޔާ މީހަކާ ބައްދަލު ކުރުމަށެވެ.

އެނގިފައިވާ ހަސަން ޝަރީފަކީ ރ. އިންނަމާދޫ ސިއްހީ މަރުކަޒަށް ސަރުކާރުން އައްޔަންކޮށްފައިވާ ކޯޑިނޭޓަރެކެވެ. އޭނާއަކީ އިންނަމާދޫގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގައި ރޭވުމުގައި އިސްކޮށް އުޅޭ މީހެކެވެ. އާންމުވެފައިވާ ވީޑީއޯއިން ފެންނަ، ފައިސާ ބަހާ މީހާއަކީ އޭނާއެވެ.

އިންނަމާދޫއިން ޕީޕީއެމް ޖަލްސާއަށް މާލެ ގެނައި، މީހުންނަށް ފައިސާ ބެހި މައްސަލާއާ ގުޅިގެން އޭނާއަށް ގުޅާލުމުން، ފޯނުން ދައްކާ ވާހަކަ އަޑު ނީވޭ ކަމަށް ބުނެ ފޯނު ވަނީ ކަނޑާލާފައެވެ. ދެ ވަނަ ފަހަރަށް ގުޅާލުމުން އެހެން މީހެއްގެ އަތަށް ފޯނު ދީގެން، ހަސަން ޝަރީފާ ވާހަކަ ނުދެއްކޭނެ ކަމަށް ވަނީ ބުނެފައެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި ޕީޕީއެމްގެ ޖަލްސާއަށް އިންނަމާދޫއިން މީހުން ގެންދިޔައީ ބޮލަކަށް 2،000 ރުފިޔާ ދޭނެ ކަމަށް ބުނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މާލެ ދަތުރުކުރާ "މިހިރި ފަހެއް" ނަމަކަށް ކިޔާ ބޯޓެއް ކުއްޔަށް ހިފައިގެން 65 މީހަކު އިންނަމާދޫއިން މާލެ ވަނީ ގެނެސްފައެވެ. ފައިސާ ދީގެން މީހުން މާލެ ގެންނަ މައްސަލަ ބޮޑުވެފައިވާއިރު، ޕީޕީއެމުން ދަނީ އެކަން ދޮގު ކުރަމުންނެވެ.

ނަމަވެސް ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކުން މޯލްޑިވިއަންގެ ގިނަ އަދަދެއްގެ ފްލައިޓުތައް ޗާޓަރުކޮށްގެން މީހުން ދަނީ މާލެ ޖަމާކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދެކޭމީހާކިޔާމީހާ

2 މަސް ކުރިން

ލަދުކޮބައިބާ؟

1
1
ފިތުނަ

2 މަސް ކުރިން

ކޮބާ މައްސަލައަކީ?

5
10
mnm

2 މަސް ކުރިން

Hus vagu laari

1
1
nurabo

2 މަސް ކުރިން

Heybali nuvey.. nihaan reygaves buni male' anna meehunnah accommodation n food laari dheyneyey..

4
2