23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ވޮލީބޯލް

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

 • ފިރިހެން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހު މާލޭގައި
 • ފިރިހެން ވޮލީ މުބާރާތުގައި ޖުމްލަ 9 ގައުމު ވާދަކުރާނެ
 • އެ މުބާރާތަށް ވާއިރަށް ޒުވާނުންގެ މަރުކަޒު މަރާމާތުކޮށް ނިމޭނެ
ނާފިއު ރަޝީދު | NaphiuR

| 31 ޖެނުއަރީ 2017 | އަންގާރަ 19:46 | |

މަގުބޫލް

 1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
 2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
 6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
 7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
 8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ސީނިއާ ގައުމީ ވޮލީ ޓީމް -- ރާއްޖެއެމްވީ

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަން ވޮލީ މުބާރާތް މިއަހަރުގެ މާޗު މަހު ރާއްޖޭގައި ބާއްވާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

 

ލަތީފް މިހެން ވިދާޅުވީ މި މަހުގެ 27 އިން އާދީއްތަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދިޔަ އޭވީސީ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ ކޮލިފައިން ބުރު ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

 

މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 9 ގައުމަކުން ވާދަކުރުމަށް ހަމަޖެހިފައިވާ އިރު، އެ މުބާރާތަކީ ރާއްޖެއަށް ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

 

ފިރިހެން ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ސަރަހައްދުގެ ކޮލިފިކޭޝަން ރާއްޖޭގައި ބާއްވާން ނިންމިއިރު، އެ މުބާރާތަށް ވާއިރަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓު މަރާމާތުކޮށް ނިމޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

 

ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ބައިވެރިވެ ތިންވަނަ މަގާމު ހޯދާފަ އެވެ. އަދި އޭގެ ކުރީ އަހަރު ފިރިހެން ޓީމުން ވަނީ އެ މުބާރާތުގެ ދެވަނަ މަގާމު ވެސް ހޯދާފަ އެވެ.

 

މާޗު މަހު ބާއްވާ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ މުބާރާތަކަށް ވުމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިދާނެ ފެންވަރުގެ ކުޅުންތެރިން ރާއްޖޭގައި މިވަގުތު އެބަތިއްބެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް