19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ނިއުރޭޑިއަންޓް

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

  • ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ނިއު އިން ވަނީ ބޮޑެތި ހޭދަތަކެއް ކޮށްފަ
  • މިދިޔަ ސީޒަނުގައި މުސާރަނުދީ ބައެއް ކުޅުންތެރިން ހުރެދާނެ: ޓެޑް
  • ކުޅުންތެރިންނަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ ދޭނަން: ޓެޑް
ލީވާން އަލީ | MrLeevaan

| 31 ޖެނުއަރީ 2017 | އަންގާރަ 19:43 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރިން ކުޅުނު ބައެއް ކުޅުންތެރިން -- ޓްވިޓަރ

ރެކޯޑު ބަޖެޓަކާއެކު ކުރިޔަށް އޮތް ސީޒަނަށް ނިކުތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް މުސާރަ ނުދޭކަން ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް އެޓީމުން މުސާރަ ނުދެއެވެ. މީގެ އިތުރުން މުސާރަ ނުދެނީ ޓީމު ދޫކޮށް އެހެން ކްލަބްތަކާ ކުރިޔަށް އޮތް ސީޒަނަށް ކުޅެން ސޮއިކޮށްފައިވާ ކުޅުންތެރިންކަން ވެސް ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ނިއުގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ޓެޑް) ވިދާޅުވީ، މިދިޔަ ސީޒަނުގައި މުސާރަނުދީ ބައެއް ކުޅުންތެރިން ތިބެދާނެ ކަމަށާއި، އެހެން ނަމަވެސް އެއީ އެންމެ މަހެއްގެ މުސާރަ ކަމަށެވެ.

 

އޭނާ ވިދާޅުވީ، ކުޅުންތެރިންނަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެޓީމަށް ދޭން ޖެހޭ ފައިސާ ދޫކުރިހާ އަވަހަށް ދޭނެ ކަމަށެވެ. މީގެ އިތުރުން ޓެޑް ވިދާޅުވީ، އެފްއޭއެމް އިން ވެސް އަންނަނީ ވީހާ ވެސް އަވަހަށް ފައިސާ ނިއުއަށް ދޫކުރަން މަސައްކަތްކުރަމުން ކަމަށެވެ.

 

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ބޮޑެތި ހޭދަތަކެއް މިހާތަނަށް ނިއު އިން ކޮށްފައިވާއިރު، އެޓީމުން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން، ބިދޭސީ ކޯޗެއް އަދި ބިދޭސީ ފިޒީޝަނެއް ބޮޑު އަގުގައި ގެނެސްފައެވެ. މީގެ އިތުރުން ޓީމުގައި ތިބި ބައެއް ކުޅުންތެރިންގެ މުސާރަ ވެސް އެ ކްލަބުން ވަނީ ބޮޑުކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް