20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ޗެލްސީ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

  • ކުރިޔަށް އޮތް ދެ މެޗު ޗެލްސީ ކާމިޔާބުކޮށްފިނަމަ ތަށްޓަށް ކުރަމުން އަންނަ އުންމީދުތައްވެސް ނިމުމަކަށް އަންނާނެ: ޕޮޗީޓޯ
  • ސަންޑަލޭންޑް އަދި މިޑިލްސްބްރޫއާ ދެކޮޅަށް ކުޅޭ މެޗުން ހަ ޕޮއިންޓް ހޯދުން މަޖުބޫރު: ޕޮޗީޓޯ
  • ޓޮޓެންހަމް އިން ޗެލްސީއާ އަރާ ހަމަކުރަން ބުރަ މަސައްކަތް ކުރަން ޖެހޭ: ޕޮޗީޓޯ
ލީވާން އަލީ | MrLeevaan

| 31 ޖެނުއަރީ 2017 | އަންގާރަ 17:30 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ -- ގޫގުލް

ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އެޓީމު އަތުލަން ފަސޭހަނުވާނެ ކަމަށް ޓޮޓެންހަމްގެ ކޯޗު ޕޮޗީޓޯ ބުނެފި އެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕޮޗީޓޯ ބުނީ އަންނަ އަންގާރަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް އަދި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އެޓީމު އަތުލާން އުނދަގޫވާނެ ކަމަށާއި، ތަށްޓަށް ކުރަމުން އަންނަ އުންމީދުތައް ވެސް ނިމުމަކަށް އަންނާނެ ކަމަށެވެ.

 

ޕޮޗީޓޯ ބުނީ ޓޮޓެންހަމް އިން ކުރަންޖެހޭ ކަމަކީ ކުޅެން ޖެހޭ މެޗުތަކަށް ވިސްނައި، ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓް ހޯދުމަށް އަމާޒު ހިފުން ކަމަށެވެ. އެގޮތުން އޭނާ ބުނީ ޓޮޓެންހަމް އިން ޗެލްސީއާ އަރާ ހަމަކުރަން ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

 

މީގެ އިތުރުން އޭނާ ބުނީ ސަންޑަލޭންޑް އަދި މިޑިލްސްބަރޯއާ ދެކޮޅަށް ކުޅޭ މެޗުން ހަ ޕޮއިންޓް ހޯދުން މަޖުބޫރު ކަމަށާއި، އެ ޕޮއިންޓްތަކަކީ އިދިކޮޅަށް ނިކުންނަ ޓީމުތަކަށް ވެސް މުހިންމު ޕޮއިންޓްތައް ކަން އެނގޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އެ ޕޮއިންޓްތަކަކީ ޓޮޓެންހަމަށް ވެސް މުހިންމު ޕޮއިންޓްތަކެއް ކަމަށެވެ.

 

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ޗެލްސީ އޮތީ ކުޅުނު 22 މެޗުން ލިބުނު 55 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ޗެލްސީގެ ފަހަތުން 47 ޕޮއިންޓާއެކު ދެވަނައިގައި އާސެނަލް އޮތްއިރު، ތިންވަނައިގައި ޓޮޓެންހަމް އޮތީ 46 ޕޮއިންޓާއެކުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް