19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ކެނެޑާ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

  • މި ހާދިސާ ކެނެޑާގެ ބޮޑު ވަޒީރު ސިފަކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކަމުގައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 31 ޖެނުއަރީ 2017 | އަންގާރަ 16:47 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ހާދިސާ އަށް ފަހު ފުލުހުން ފޯރިމަރަނީ -- ގޫގުލް

ކެނެޑާގެ ކުބެކް ސިޓީގެ މިސްކިތެއްގައި އާދީއްތަ ދުވަހުގެ ރޭ ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން 27 އަހަރުގެ މީހެއްގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތުގައި ހަ ދައުވާއެއް އުފުލައިފިއެވެ.

 

މި ހާދިސާ ކެނެޑާގެ ބޮޑު ވަޒީރު ސިފަކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ. އުމުރުން 27 އަހަރުގެ އެލެކްޒެންޑްރޭ ބިސޮނެޓްގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތުގައި ހަ ދައުވާއެއް އުފުލާފައިވާ އިރު ބަޑި ޖެހުމުގެ ހާދިސާގައި ހަ މީހަކު މަރުވެ އަށް މީހަކު ޒަޚަމްވިއެވެ.

 

މަންޒުރުދުށް މީހަކާ ހަވާލާދީ ރޮއިޓާސްގައި ރިޕޯޓުކޮށްފައިވަނީ ބަޑި ހިފައިގެން ހުރި ތިން މީހަކު ކުބެކް ސިޓީގެ "ކުބެކް ސިޓީ އިސްލާމިކް ސެންޓާރ" މިސްކިތުގައި 40 ވަަރަކަށް މީހުން ތިއްބާ ވަދެ ބަޑި ޖަހާފައިވާ ކަމަށެވެ.

 

ހާދިސާއާ ގުޅިގެން މިސްކިތުގެ "ރައީސް" މުހައްމަދު ޔަންގުނީ ވިދާޅުވެފައި ވަނީ މިއީ ވަރަށް އަނިޔާވެރި އަމަލެއް ކަމަށެވެ. އަދި އޭނާ ވަނީ މިކަން ހިނގީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

 

ރިޕޯޓުތައް ބުނާ ގޮތުން މިފަހުގެ އަހަރުތަކުގައި ކުބެކް ސިޓީގައި އިސްލާމް ދީނަށް ނަފްރަތު އުފެދުން ވަނީ އިތުރުވާން ފަށާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް