24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ފިލްމް ރައީސް

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

  • ރައީސް އަށް ފަސް ދުވަސް ތެރޭގައި 93.24 ކަރޯޑް ރުޕީސް ލިބިފަ
  • އިންޑިއާގެ މިނިވަން ދުވަހުވެސް 26.30 ކަރޯޑް ރުޕީސް ރައީސް އަށް ލިބުނު
ލީވާން އަލީ | MrLeevaan

| 31 ޖެނުއަރީ 2017 | އަންގާރަ 16:30 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


ފިލްމް ރައީސްގެ ޕޯސްޓަރު -- ގޫގުލް

ރާހުލް ޑޮލްކިއާ ޑައިރެކްޓްކޮށްފައިވާ ފިލްމް "ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17.8 ކަރޯޑް ރުޕީސް ލިބިއްޖެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

 

ބޮލީވުޑްގެ ގިނަ ރެކޯޑްތައް މުގުރާލަމުން އަންނަ ފިލްމު "ރައީސް" އަށް ފަސް ދުވަސް ތެރޭގައި 93.24 ކަރޯޑް ރުޕީސް ލިބިފައިވާއިރު، އެ ފިލްމު ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ތާރީހުގައި ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ އާމްދަނީއެއް ހޯދި ފިލްމަށެވެ.

 

ބޮލީވުޑްގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ޝާހުރުކް ހާން އަދި ޕާކިސްތާނުގެ މަޝްހޫރު އެކްޓްރެސް މަހީރާ ހާން ފެނިގެންދާ މި ފިލްމުގައި ނަވާޒުދީން ސިއްދީގް ވެސް ފެނިގެންދެއެވެ. މި ފިލްމަށް އިންޑިއާގެ މިނިވަން ދުވަހު ވެސް 26.30 ކަރޯޑް ރުޕީސް ވަނީ ލިބިފައެވެ.

 

މި ފިލްމާ އެންމެ ކައިރިން ވާދަކުރަމުން އަންނަނީ ރިތިކް ރޯޝަން ކުޅެފައިވާ ފިލްމް "ކާބިލް"އާ އެވެ. ފިލްމް ރައީސް ރިލީޒްކުރި ދުވަހު "ކާބިލް" ވެސް ރިލީޒްކޮށްފައިވާއިރު، އެ ފިލްމަށް ފާއިތުވެދިޔަ ފަސް ދުވަހު ލިބުނީ 70 ކަރޯޑް ރުޕީސް އެވެ.

 

"ކާބިލް" އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވީއިރު، ބަޖެޓުގައި ރިތިކްގެ މުސާރައެއް ނުހިމެނެއެވެ. މިފިލްމަށް އިންޑިޔާއިން ބޭރުން ލިބުނު އާމްދަނީއަށް ބަލާއިރު، އޮސްޓްރޭލިއާއިން 4،000 ޑޮލަރު އަދި ނިއުޒިލޭންޑުން 3،500 ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއާ ޚިލާފަށް ރައީސްއަށް އޮސްޓްރޭލިއާއިން 3،900 ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، ނިއުޒިލޭންޑުން 16،096 ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

 

ޝާހުރުކްގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު ހަތަރުވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މި ފިލްމަށް ވީއިރު، މި ފިލްމަށް ވުރެ ކުރީގައި އަދިވެސް އުޅެނީ، "ހެޕީ ނިއު އިޔާ" އާއި، "ޗެންނާއީ އެކްސްޕްރެސް" ގެ އިތުރުން "ދިލްވާލޭ" އެވެ. 85 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މިފިލްމު ހިޓަކަށް ވެގެންދާނީ ފިލްމަށް 100 ކްރޯޑް ރުޕީސް ލިބުމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް