12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ބޮލީވުޑް

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

  • މި ފިލްމުގައި ތަރިންގެ ގޮތުގައި ފެނިގެންދަނީ ސިދާތް މަލޯތަރާއާއި ސޯނާކްޝީ ސިންހާ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 31 ޖެނުއަރީ 2017 | އަންގާރަ 15:37 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު


ސިދާތް މަލޯތްރާ -- ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ ޔަޝް ޗޯޕްޅާ އުފައްދާފައިވާ މަޝަހޫރު ފިލްމެއް ކަމަށްވާ "އިއްތިފާގު"ގެ ރީމޭކެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

 

ރެޑް ޗިލީ އެންޓަރޓެއިންމަންޓާއި ދަރްމާ ޕްރޮޑަކްޝަން އަދި ބީއާރު ފިލްމްސް ގުޅިގެން އުފައްދާ މި ފިލްމުގައި ތަރިންގެ ގޮތުގައި ފެނިގެންދަނީ ސިދާތް މަލޯތަރާ އާއި ސޯނާކްޝީ ސިންހާއެވެ.

 

އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި މުމްބާއީގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމާ ގުޅޭ ގޮތުން ސިދާތް މަލޯތްރާ ބުނެފައިވަނީ މި ފިލްމަކީ ސީދާ "އިއްތިފާގު"ގެ ރީމޭކެއް ނޫން ކަމަށާއި ޒަމާނަށް ފައްތައިގެން ފިލްމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

 

އެހެންކަމުން މި ފިލްމް ވެގެން ގޮސްފައިވަނީ ދެގަޑިއިރަށް ވެސް ނުފެތޭ ކުރު ފިލްމެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

 

1969 ވަނަ އަހަރު އުފެއްދާފައިވާ "އިއްތިފާގުން" ފެނިގެން ގޮސްފައިވަނީ ރާޖޭޝްކަންނާ އާއި ނަންދޫ އެވެ. މި ފިލްމުގައި ރާޖޭޝް ކަންނާގެ ރޯލުން ފެނިގެންދާ ސިދާތް ބުނީ އޭނާއަކީ ރާޖޭޝް ކަންނާގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނާގެ ފިލްމުތައް ބަލަން ވަރަށް ޝައުގުވެރިވާ ކަމަށެވެ.

 

ނަންދޫގެ ރޯލުން މިފިލްމުގައި ފެނިގެން ދާނީ ސޯނާކްޝީ ސިންހާއެވެ.މި މި ފިލްމަކީ ޝިދާތް މަލޯތްރާ އާއި ސޯނާކްޝީ ސިންހާ އެއްފިލްމަކުން ފެނިގެންދާ ފުތަރަމަ ފިލްމެވެ.

 

މިސްޓްރީ ތްރިލާ ފިލްމެއް ބޮލީވުޑުން ނުފެންނަތާ ގިނަ ދުވަސް ތަކަކަށް ފަހު އެފަދަ ފިލްމެއް އުފައްދަން ފެށުމަކީ އަލުން އެބާވަތުގެ ފިލްމްތައް އުފެއްދުމުގެ މަސައްކަތަށް ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމެއް ކަމަށް ދެކޭ ކަމަށް ޝިދާތް ބުންޏެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުޅުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް